މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 306 ވަނަ ޞަފްޙާ

ތޯރިގް ޕީއެންސީއަށް ވަނީ އަމިއްލައަށް!

ތޯރިގް ޕީއެންސީއަށް ވަނީ އަމިއްލައަށް!

އެމްޑީޕީ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގު ޕީއެންސީ އަށް ބަދަލުކޮށްފައި ވަނީ އޭނާ އަށް ނޭނގިކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާއިރު، އެކަމަކީ ތޯރިގް އަމިއްލައަށް ކުރަށްވައިގެން އުޅޭ ކަމެއްކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ތުހުމަތު ކުރަށްވައިފިއެވެ. ތޯރިގް ވިދާޅުވެފައި ވަނީ، 25 ޑިސެމްބަރު 2024 ގައި އޭނާ ޕީއެންސީ އަށް ބަދަލުވެފައިވާކަމަށް އެމްޑީޕީ އަށް އަންގާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އޭނާ...

ޔުމްނާ ޢަލީ
ކާލްސްބާގު ރިޖަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ

ކާލްސްބާގު ރިޖަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ

ކާލްސްބާގު ރިޖަށް 4.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ބުނެފިއެވެ. ކާލްސްބާގު މިޑް އިންޑިއަން ރިޖަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ މާލެ އާއި 912 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. ކާލްސްބާގު ރިޖަކީ އިންޑިއާ ކަނޑާއި އަރަބި ކަނޑުގައި އޮންނަ ކަނޑުއަޑީގެ ރިޖެކެވެ. މި ރިޖް އޮންނަނީ އެފްރިކާގެ އަދި އިންޑޯ-އޮސްޓްރޭލިއަން ޓެކްޓޮނިކް […]

ޔުމްނާ ޢަލީ
ރައީސް މުޢިއްޒުގެ ހަމްދަރުދީގެ މެސެޖެއް، ކޮރެއާގެ ވަގުތީ ރައީސަށް

ރައީސް މުޢިއްޒުގެ ހަމްދަރުދީގެ މެސެޖެއް، ކޮރެއާގެ ވަގުތީ ރައީސަށް

އާދީއްތަ ދުވަހުގެ ހެނދުނު ދެކުނު ކޮރެއާގެ މުއަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުއްލި ޙާލަތުގައި ޖައްސަން އުޅުނު ޖެޖޫ އެއަރގެ ފްލައިޓެއް ވެއްޓި ހިނގި ހާދިސާއާއި ރައީސް ޑރ. މުހައްމަދު މުޢިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ. ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަންގ-މޮކްއަށް ރައީސް މުޢިއްޒު ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް މަތިންދާބޯޓު ވެއްޓި ހިނގާދިޔަ ހިތާމަވެރި ހާދިސާގެ ސަބަބުން އެތައް ބަޔަކު މަރުވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުންހިތާމައާ އެކުގައި...

ޔުމްނާ ޢަލީ
ހުޅުމާލެ ބްރިޖު ހައިވޭގައި ތިން ސައިކަލު ޖެހި އެކްސިޑެންޓެއް

ހުޅުމާލެ ބްރިޖު ހައިވޭގައި ތިން ސައިކަލު ޖެހި އެކްސިޑެންޓެއް

ހުޅުމާލެ ބްރިޖު ހައިވޭގައި ތިން ސައިކަލު ޖެހި ރޭ އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ ހުޅުމާލެ ބްރިޖު ހައިވޭގައި ތިން ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން ރޭ 12:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އެއް ސައިކަލު އަނެއް ސައިކަލު އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި، ފަހަތުން އައި އަނެއް ސައިކަލު ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ޖުމްލަ 5 މީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރެއިން […]

ޔުމްނާ ޢަލީ
ގޯތި ދޫކުރި މައްސަލައިގައި ހިމެނޭ ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި

ގޯތި ދޫކުރި މައްސަލައިގައި ހިމެނޭ ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގާ ގުޅިގެން ފުރުން މަނާކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ކުރި އަމުރު ބާތިލްކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި، މި ނުވަ މީހުންގެ ޕާސްޕޯޓު ދޫކޮށްލީ ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފާ މަޝްވަރާކުރުމަށްފަހު، އޭނާގެ ލަފާގެ މަތިންނެވެ. މި މައްސަލައިގައި މުޅިއެކު 20 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ. އޭގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީ...

އަލީ އާދިލް
ހިފަހައްޓައިގެން އުޅުނީ ބަނގުރަލުގެ ވިޔަފާރިކުރަން އުޅުން މީހެއް

ހިފަހައްޓައިގެން އުޅުނީ ބަނގުރަލުގެ ވިޔަފާރިކުރަން އުޅުން މީހެއް

މާލޭގެ މަޖީދީމަގުން ބަނގުރަލުގެ ވިޔަފާރިކުރަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ، އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް އާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިރޭ މާލޭގެ މަޖީދީމަގުން ހުއްޓުވައި ބަލައި ފާސްކޮށް ބަނގުރަލާ އެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގދ. ގައްދޫ / ރެޑް މާގެ، މުޙައ...

އަލީ އާދިލް
އެމްޑީޕީގެ މެންބަރުން ޕީއެންސީގެ ދަފްތަރުގައި ޖައްސާ މައްސަލައެއް

އެމްޑީޕީގެ މެންބަރުން ޕީއެންސީގެ ދަފްތަރުގައި ޖައްސާ މައްސަލައެއް

އެމްޑީޕީގެ ދަފްތަރުގައި ތިބި މެންބަރުން ޕީއެންސީގެ ދަފްތަރުގައި ޖައްސާ ކަމަށް ބުނެ އެ މައްސަލަ ބެލުމަށް އެމްޑީޕީއިން ގޮވާލައިފިއެވެ. މިއަދު ނެރުނު ނޫސް ބަޔާނެއްގައި އެމްޑީޕީއިން ބުނެފައިވާ ގޮތުގައި، އެ ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ވަގަށް އެހެނިހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އަދި ވަކިން ހާއްސަ ގޮތެއްގައި ޕީއެންސީގެ ދަފްތަރުގައި ހިމަނަމުންދާ ކަމުގެ ގިނަ ޝަކުވާތަކެއް އެ ޕާޓީއަށް ލިބިފައިވާކަމަށެވެ. މީގެ ތެރޭގައި ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެމްޑީޕީގެ ބައެއް އާންމު މެމްބ...

އަލީ އާދިލް
އެއްކޮށްލި ދެ މިނިސްޓްރީއަށް ކިޔާނެ ދިވެހި ނަން ހަމަޖައްސައިފި

އެއްކޮށްލި ދެ މިނިސްޓްރީއަށް ކިޔާނެ ދިވެހި ނަން ހަމަޖައްސައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލާ ގުޅިގެން، ދެ މިނިސްޓްރީއަކަށް ދިވެހިބަހުން ކިޔާނެ ނަންތަކެއް ހަމަޖައްސަވާފައެވެ. ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް ދިވެހިބަހުން ކިޔާނެ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ “މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ” އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަ...

އަލީ އާދިލް
ޑިސެމްބަރު އުމްރާއަށް މިއަހަރު 6373 މީހުން ގޮސްފައިވޭ

ޑިސެމްބަރު އުމްރާއަށް މިއަހަރު 6373 މީހުން ގޮސްފައިވޭ

މިއަހަރުގެ ޑިސެމްބަރު މަހު 6373 މީހުން އުމްރާއަށް ގޮސްފައިވެގޮސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފި އެވެ. ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މިއަހަރު އުމްރާގެ އަޅުކަން އަދާކުރުމަށް އެކި ކުންފުނިތަކުގެ ހަވާލުގައި މައްކާއަށް ގޮސްފައިވާ މި 6373 މީހުންގެ ހާލު ވެސް ރަނގަޅެވެ. އަދި މި ޑިސެމްބަރު މަހު ރާއްޖެއިން އުމްރާއަށް ގޮސްފައިވާ އެންމެހައި އަޚުންނާއި އުޚުތުންގެ ހާލުވެސް ރަނގަޅު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއަހަރު ރާއްޖެއިން އުމް...

އަލީ އާދިލް
ޓާޓާ އިމާރާތުން މަގުމައްޗަށް ފެން ދޫކުރުމުން ފިޔަވަޅުއަޅައިފި

ޓާޓާ އިމާރާތުން މަގުމައްޗަށް ފެން ދޫކުރުމުން ފިޔަވަޅުއަޅައިފި

މާލޭގެ އަމީރުއަހުމަދު މަގުގަައި އިންޑިއާގެ ޓާޓާ ކުންފުނިން އަޅަމުން އަންނަ ފްލެޓުތައް ހުންނަ އިމާރާތުން މަގުމައްޗަށް ފެން ދޫކޮށްފައިވާތީ މާލެ ސިޓީ ކައުންސިލުން ފިޔަވަޅުއަޅައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ އަމީރުއަހުމަދު މަގުގަައި ހަދަމުންދާ ޓާޓާ އިމާރާތުން ”ވޭސްޓް ފެން” މަގުމައްޗަށް ދޫކޮށްފައިވުމުން ފިޔަވަޅުއަޅާފައިވާ ކަމަށެވެ. މީގެ އިތުރުން މާލޭގެ އަބަދަށްފެހިމަގުގައި ހަދަމުންދާ އިމާރާތެއްގައި ސޭފްޓީ ނެތި ވެލްޑިންގ ކުރަމުންދާތީ މަސައްކަތް ހުއްޓުވުމަށްފަހު ފިޔަވަޅުއަޅާފައިވާ ކަމަށް ސ...

ޔުމްނާ ޢަލީ
ވައިގެ މަގުން އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި

ވައިގެ މަގުން އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން އަތުލައިގެން ފައި ވަނީ 0.32 ކިލޯގެ ހެރޮއިންނާއި، 2.1 ކިލޯގެ މެފެޑްރޯން އެވެ. މިތަކެތީގެ ޖުމްލަ ބަރުދަނުގައި 2.4 ކިލޯގްރާމް ހުރިކަމަށް ކަސްޓަމްސް އިން ބުންޏެވެ. މިތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މަގުން އެތެރެކުރަން އުޅެނިކޮށެވެ. ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި އެކި ފަހަރުމަ...

ޔުމްނާ ޢަލީ
މުހައްމަދު ދީދީ ފެނިއްޖެ، ހާލު ރަނގަޅު

މުހައްމަދު ދީދީ ފެނިއްޖެ، ހާލު ރަނގަޅު

އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ. ގެއްލިގެން ހޯދީ ޏ. ފުވައްމުލަކު، ސްޓެއްލާ (ދޫޑިގަން) މުހައްމަދު ދީދީއެވެ. މުހައްމަދު ދީދީ އަކީ ޔަލަމްލަމް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ގޮސް އުޅުނު މީހެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، މުހައްމަދު ދީދީ ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ’’ޔަލަމްލަމް ކުންފުނިން އުމްރާއަށް ގޮސް ހުއްޓައި ގެއްލުނު ޢުމްރާވެރިޔާ ފެނިފައިވާ […]

ޔުމްނާ ޢަލީ
މޫކޭއާއި ޔާސިރު ފުރުން މަނާކޮށްފި

މޫކޭއާއި ޔާސިރު ފުރުން މަނާކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަން ފުރުންމަނާކޮށްފިއެވެ. ފުލުހުން ބުނީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން މޫކޭ އާއި ޔާސިރު ފުރުން މަނާކުރުމުގެ އަމުރެއް ހޯދައި، ފުރުން މަނާކޮށް އެކަން އެ ދެބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ. މި ދެ ބޭފުޅުން ފުރުން މަނާކުރިއިރު، ނިމުނު އެމްޑީޕީގެ ސަރުކާރުގައި، އާރުޑީސީގެ ތެރޭގައި ހިންގި ކަމަށް ބުނާ […]

ޔުމްނާ ޢަލީ
ބޮންޑެޑް ވެއާހައުސްގައި ހުރި މުދަލަށް ޑިއުޓީ ދައްކަން އަންގައި ތަހްގީގު ފަށައިފި

ބޮންޑެޑް ވެއާހައުސްގައި ހުރި މުދަލަށް ޑިއުޓީ ދައްކަން އަންގައި ތަހްގީގު ފަށައިފި

ރާއްޖެ އެތެރެކޮށް މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓުތަކެއް ގެއްލުނުކަމަށް ބުނާ މައްސަލާގައި، އެ ބޮންޑެޑް ވެއާހައުސްގައި ހުރި މުދަލަށް ޑިއުޓީ ދެއްކުމަށް އަންގައި، މިކަމާ ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ. ”ބޮންޑެޑް ވެއާހައުސް އެއްގައި ހުރި 34،000 އެއްހާ ސިނގިރޭޓު ކާޓޫނު ގެއްލިއްޖެ” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް އެކްސްގައި ހިއްސާކުރަށްވަމުން  ވަޒީރު އިހްސާން ވ...

ޔުމްނާ ޢަލީ
އުމްރާއަށް ދިޔަ 63 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ

އުމްރާއަށް ދިޔަ 63 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ

ޔަލަމްލަމް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް 63 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެ ގްރޫޕުން މައުލޫމާތު ދީފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ ޏ. ފުވައްމުލަކު، ސްޓެއްލާ (ދޫޑިގަން) މުހައްމަދު ދީދީ ކަމަށް ޔަލަމްލަމްއިން ބުނެފައިވެއެވެ. މުހައްމަދަކީ އިއްޔެ މެންދުރުފަހު ސައުދީ ފްލައިޓު SV839އިން ދަތުރުކުރި އުމްރާވެރިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް އެ ގްރޫޕުން ހާމަކޮށްފައިވެއެވެ. ޔަލަމްލަމްއިން ދިން މައުލޫމާތުގައިވާ ގޮތުން، އުމްރާގެ އަޅުކަން ފުރި...

އަލީ އާދިލް