މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 307 ވަނަ ޞަފްޙާ

ހުޅުމާލޭގައި ބަނގުރާ ކައްކަމުން ދިޔަ ތަނެއް ބަލައި ފާސްކޮށް ތިން ބިދޭސީއަކު ހައްޔަރު

ހުޅުމާލޭގައި ބަނގުރާ ކައްކަމުން ދިޔަ ތަނެއް ބަލައި ފާސްކޮށް ތިން ބިދޭސީއަކު ހައްޔަރު

ހުޅުމާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ބަނގުރާ ކައްކަމުންދިޔަ ތަނެއް ބަލައިފާސްކޮށް، ބަނގުރަލާއެކު ތިން ބަންގްލަދޭޝް ރައްޔިތަކު ފުލުހުން ވަނީ ހައްޔަރުކޮށްފި އެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އެމްޑީ އަހަންނާން (51އ) އާއި ތުހިންމިއާ (34އ) އާއި މުހައްމަދު ޝަޖަލާލް (33އ) އެވެ. ފުލުހުން ވިދާޅުވީ، އެމްޑީ އަހަންނާން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ތިނަކުން ފޮށިގަނޑެއް ހިފައިގެން ދަނިކޮށް ފުލުހުންނަށް ފެނި، އޭނާގެ ހަރަކާތްތައް ބަލަމުންދަނިކޮށ...

އަލީ އާދިލް
ތިން ވުޒާރާއެއްގައި ރޯވުން: ތަހުގީގަށް ގެނައި އިންޑިއާގެ ޓީމު ފުރައިފި

ތިން ވުޒާރާއެއްގައި ރޯވުން: ތަހުގީގަށް ގެނައި އިންޑިއާގެ ޓީމު ފުރައިފި

12 ޑިސެމްބަރު 2024 ވަނަ ދުވަހު ތިން ވުޒާރާއެއްގައި އަލިފާން ރޯވި ހާދިސާގެ ތަހްގީގަށް ގެނައި އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު ފުރައިފިއެވެ. ފުލުހުން މިއަދު ބުނީ މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ޓީމާ ގުޅުނު އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު 2024 ޑިސެންބަރު 22 ވަނަ ދުވަހު ފުރާފައިވާ ކަމަށެވެ. ފުލުހުން ބުނިގޮތުގައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ވަނީ ހާދިސާ ހިނގި ތަން ބަލައި، […]

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކާއި ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކާއި ދެ މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ހިންގި އިޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށް ދެ މީހަކާއި 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބަލައި ފާސްކޮށްފައި ވަނީ ގ. ސްވިންގ ކިޔާ ގެއެކެވެ. އެ ގެ ބަލައި ފާސްކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އިޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހައްޔަރުކޮށްފައިވަނީ މާލެ، މއ. ކޮޓްން...

ޔުމްނާ ޢަލީ
ވައްކަމުގެ ކުށުގައި ގޭބަންދުކޮށްފައި ހުރި މީހަކު ފިހާރައެއް ފަޅާލައި ވައްކަންކޮށްފި

ވައްކަމުގެ ކުށުގައި ގޭބަންދުކޮށްފައި ހުރި މީހަކު ފިހާރައެއް ފަޅާލައި ވައްކަންކޮށްފި

ވައްކަމުގެ ކުށް ސާބިތުވެ ގޭބަންދުކޮށްފައި ހުރި މީހަކު ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށްނެގި މައްސަލާގައި ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މާލޭގެ މާފަންނުގައި ހުންނަ ”ސްޕައި އެންޑް ޓެކް” މޯބައިލް ފިހާރަ ދޮރު ހަލާކުކޮށްލައިގެން ވަދެ އެފިހާރައިން ވައްކަން ކޮށްފައިވާ މައްސަލާގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފޯނުތައް ހޯދާފައިވާ ކަމަށެވެ. ”ސްޕައި އެންޑް ޓެކް” މޯބައިލް ފިހާރަ ފަޅާލައި ވައްކަންކޮށްފައިވާ މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައި ވަނީ 26 ޑިސެމްބަރު 2024 ވަނަ ދުވަހުގެ...

ޔުމްނާ ޢަލީ
އެކްސިޑެންޓްވި ސައިކަލް ދުއްވި މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި

އެކްސިޑެންޓްވި ސައިކަލް ދުއްވި މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި

ހުޅުމާލޭ ފޭސް 2ގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށާއި، އޭނާ އަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ 27 ޑިސެންބަރު 2024 ވަނަ ދުވަހު ދަންވަރު 01:50 އެހައިކަންހާއިރު ހުޅުމާލޭ ފޭސް 2، ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ އުޅަނދެއްގައި، ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި […]

ޔުމްނާ ޢަލީ
މަންމޯހަން ސިންގް އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ

މަންމޯހަން ސިންގް އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ. މިގޮތުން “އެކްސް” ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް ރާއްޖެއަށް ކުރެއްވި ތާރީޚީ ޒިޔާރަތުގެ ހަނދާން އާކުރައްވާފައެވެ. އަދި އެ ޒިޔާރަތްވެގެންދިޔައީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމުގެ މުހިންމު ނިޝާނަކަށް ކަމަށް ރައީސް ވިދާޅުވެފަވެއެވެ. މީގެ އިތުރުން، ތަމައްދުނު ހާސިލްކުރެއ...

ޔުމްނާ ޢަލީ
އާރުޑީސީ ޚިޔާނާތާއި ގުޅިގެން ބަލާފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފި

އާރުޑީސީ ޚިޔާނާތާއި ގުޅިގެން ބަލާފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފި

ކުރީގެ އެމްޑީޕީގެ ސަރުކާރުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) ގެ ތެރޭގައި ހިންގި ކަމަށް ބުނާ ޚިޔާނާތުގެ މައްސަލަތަކުގެ ތަޙްޤީޤާ ގުޅިގެން، އެ ކުންފުނީގެ ކުރީގެ އިސްވެރިންނާ ގުޅުންހުރި ތިން ތަނެއް ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފިއެވެ. ފުލުހުން ރޭ ހާމަކުރި ގޮތުގައި، އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ތަނާއި، އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންއާ ގުޅުންހުރި ދެ ތަނެއް […]

ޔުމްނާ ޢަލީ
ޢަލީ ހަމީދުގެ ކުންފުންޏަކަށް 44 މިލިއަން ރުފިޔާ ދިން މައްސަލަ އަވަސްކުރަން އަންގައިފި

ޢަލީ ހަމީދުގެ ކުންފުންޏަކަށް 44 މިލިއަން ރުފިޔާ ދިން މައްސަލަ އަވަސްކުރަން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދުގެ ކުންފުންޏަކަށް ދައުލަތުން 44 މިލިއަން ރުފިޔާ ދިން މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހްގީގުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް، ދިވެހި ފުލުހުންގެ ޚިދުމަމަތަށް އިއްޔެ އަންގައިފިއެވެ. މިކަން ހާމަކޮށް ޕީޖީ އޮފީހުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙަމީދުގެ މަޞްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓަކާ ގުޅިގެން، 2023 ވަނަ އ...

ޔުމްނާ ޢަލީ
ޖަޕާން އެއަރލައިންސްގެ ސިސްޓަމްތައް ސައިބަރ ހަމަލާއަކަށްފަހު އާންމު ހާލަތަށް

ޖަޕާން އެއަރލައިންސްގެ ސިސްޓަމްތައް ސައިބަރ ހަމަލާއަކަށްފަހު އާންމު ހާލަތަށް

ޖަޕާން އެއަރލައިންސްގެ ސިސްޓަމްތައް ސައިބަރ ހަމަލާއަކަށްފަހު އަނބުރާ އާންމު ހާލަތަށް ގެނެސްފިއެވެ. ޖަޕާން އެއަރލައިންސް (ޖޭއޭއެލް) އިން ބުރާސްފަތި ދުވަހު ބުނެފައިވަނީ އެ ކުންފުނީގެ ސިސްޓަމްތައް އަނބުރާ އާންމު ހާލަތަށް ގެނެސް އެދުވަހު ވިއްކާ ޓިކެޓްތައް ވިއްކަން ފަށާފައިވާ ކަމަށެވެ. މިއީ ސައިބަރ ހަމަލާއެއްގެ ސަބަބުން ބޭރާއި އެތެރޭގެ ބައެއް ދަތުރުތަކަށް ޑިލޭތަކެއް އައުމަށްފަހުގައެވެ. ޖޭއޭއެލްއިން ކުރިން ބުނެފައިވާ ގޮތުގައި މި ހަމަލާ ފެށިފައިވަނީ ހެނދުނު 7:24 ގައެވެ. އަދި އެތެރޭގެ އަދި ބޭރުގެ ސިސްޓަ...

އަޙްމަދު ދާއޫދު
ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއުޅުނު މަސްބޯޓެއް އަތުލައިފި

ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއުޅުނު މަސްބޯޓެއް އަތުލައިފި

ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއުޅުނު މަސްބޯޓެއް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަތުލައި ގެންފިއެވެ. އެމްއެންޑީއެފް އިން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، ގާނޫނާއި ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފައިވާ ކަމަށެވެ. އެ ބޯޓް އަތުލައި ގެންފައި ވަނީ އެމްއެންޑީއެފް އެއަރ ކޯރ ޑްރޯން ގެ އެހީގައި ލޮކޭޓް ކުރުމަށްފަހު ކޯސްޓްގާޑްގެ ބެލުމުގެ ދަ...

އިބްރާހިމް ޚަލީލް
ފެނަކައިގެ ކުރީ އެމްޑީ ސައީދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ފެނަކައިގެ ކުރީ އެމްޑީ ސައީދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ނިމުނު އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން (ފެނަކަ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދާއި، އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުގެ ފަރާތުން ކްރައިމިނަލް ކޯޓަލް މިއަދު ފޮނުވައިފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނީ ފެނަކައިގެ ކުރީގެ އެމްޑީ ސައީދާއި، އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ނާޖާއިޒު...

ޔުމްނާ ޢަލީ
ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުން މެޖިސްޓްރޭޓެއްގެ މަގާމު ގެއްލިއްޖެ

ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުން މެޖިސްޓްރޭޓެއްގެ މަގާމު ގެއްލިއްޖެ

ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމްގެ މަގާމު ގެއްލިއްޖެ އެވެ. ޖޭއެސްސީން ބުނީ ސިވިލް ކޯޓުގައި ނިމިފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ދަރަނި އިސް މެޖިސްޓްރޭޓް މުއާވިޔަތު ދައްކާފައިނުވާ ކަމަށެވެ. އަދި ޖޭއެސްސީގެ ތަހުގީގު ކޮމެޓީގައި އޭނާ އެކަމަށް އެއްބަސްވެފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެހެންވެ، އިސް މެޖިސްޓްެރޭޓް މުއާވިޔަތުގެ ކިބައިން ފަނޑިޔާރުކަމުގެ އެ...

ހުސައިން ހަބީބް
ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފި

ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފި

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން، މި ފަތުރުވެރިޔާ އަށް މަރުޙަބާ ކިޔާފައި ވަނީ ދިވެހި ސަޤާފީ ބޮޑުބެރުގެ ހަރަކާތްތަކާއި އެކުގައެވެ. މިއަހަރު ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އޮސްޓްރިޔާގެ އަންހެނެކެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ ފިރިމީހާއާއި 2 ކުދިންނާއެކުގައެވެ. މި ޢާއިލާއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް...

ޔުމްނާ ޢަލީ
ބައެއް ވުޒާރާތަކުގެ ނަންތަކަށާއި، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް

ބައެއް ވުޒާރާތަކުގެ ނަންތަކަށާއި، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައި، ބައެއް ވުޒާރާތަކުގެ ނަން ބަދަލުކުރައްވައިފިއެވެ. މި ބަދަލުތައް ގެންނަވައި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ބާއްވާފައެވެ. ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާއި ވުޒާރާތަކުގެ ނަންތަކަށް ގެންނެވި ބަދަލުތައް 1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ކަމަށް، ތ ބުރުނި، ނިވައިދޮށުގެ މޫސާ...

ޔުމްނާ ޢަލީ
ހައުސިންގގެ ކުރީގެ އިސްވެރިންނަށް ދަޢުވާކުރުމަށް އޭސީސީން މަޝްވަރާ ފަށައިފި

ހައުސިންގގެ ކުރީގެ އިސްވެރިންނަށް ދަޢުވާކުރުމަށް އޭސީސީން މަޝްވަރާ ފަށައިފި

‘ގެދޮރުވެރިޔާ’ ސްކީމްގެ ދަށުން ފްލެޓްތައް ދޫކުރުމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފިއެވެ. އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ދަޢުވާކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ރަސްމީކޮށް ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ވީ އެންމެ އަވ...

އަލީ އާދިލް