ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން އަތުލައިގެން ފައި ވަނީ 0.32 ކިލޯގެ ހެރޮއިންނާއި، 2.1 ކިލޯގެ މެފެޑްރޯން އެވެ.

Ad
rt

މިތަކެތީގެ ޖުމްލަ ބަރުދަނުގައި 2.4 ކިލޯގްރާމް ހުރިކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މަގުން އެތެރެކުރަން އުޅެނިކޮށެވެ.

ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި އެކި ފަހަރުމަތިން ކަސްޓަމްސްގެ މަސައްކަތުން އަންނަނީ އަތުލައިގަންނަމުންނެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުން އެނގޭ ގޮތުގައި 2023 ވަނަ އަހަރު އެކަނިވެސް ވަނީ ވައިގެ މަގުން ރާއްޖެ އެތެރެކުރި ޖުމްލަ 73.25 ކިލޯ ގްރާމްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.