މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 148 ވަނަ ޞަފްޙާ

ފިޝަރީޒް މިނިސްޓަރާއި ބައްދަލުވަންދެން އިހްތިޖާޖު ހުއްޓައެއްނުލާނަން: ބީކޭއެމްޔޫ

ފިޝަރީޒް މިނިސްޓަރާއި ބައްދަލުވަންދެން އިހްތިޖާޖު ހުއްޓައެއްނުލާނަން: ބީކޭއެމްޔޫ

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ އެދިލެއްވުމުގެ މަތިން މިނިސްޓަރާއި ބައްދަލުވަންދެން ކަންނެލި މަސްވެރިން ކުރަމުން އަންނަ އިހްތިޖާޖު ހުއްޓައެއްނުލާނެކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ބުނެފިއެވެ. އެ ޔޫނިއަނުގެ ބައެއް މެމްބަރުންނާއި ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެ މެމްބަރުންނާއި ދޯނިތައް ދޫކޮށްލުމަށް ގޮވާލައި ބީކޭއެމްޔޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިހްތިޖާޖުގެ ތެރެއިން އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް...

ޔުމްނާ ޢަލީ
ހަތަރު މަސާޖު ޕާލާއަކަށް ވިޔަފާރި ހުއްޓުވުމުގެ ނޯޓިސްދީ ތިން ބިދޭސީ އަންހެނުން ހައްޔަރުކޮށްފި

ހަތަރު މަސާޖު ޕާލާއަކަށް ވިޔަފާރި ހުއްޓުވުމުގެ ނޯޓިސްދީ ތިން ބިދޭސީ އަންހެނުން ހައްޔަރުކޮށްފި

މާލޭގައި ހިންގަމުން އައި ހަތަރު މަސާޖު ޕާލާއަކަށް ވިޔަފާރި ހުއްޓުވުމުގެ ނޯޓިސްދީ، ޤަވާއިދާ ޚިލާފަށް އުޅުނު ތިން ބިދޭސީ އަންހެނުން ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ހިންގަމުންދާ ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން ހިންގި ކަމެކެވެ. މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދިޔަ 4 މަސާޖު ޕާލާއެއް ވަނީ ބަލައިފާސްކޮށްފ...

ޔުމްނާ ޢަލީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިވުމަކީ އެތައް ގޮތަކުން ފައިދާ ހުރި ކަމެއް: ފަސްޓް ލޭޑީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިވުމަކީ އެތައް ގޮތަކުން ފައިދާ ހުރި ކަމެއް: ފަސްޓް ލޭޑީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިވުމަކީ އެތައް ގޮތަކުން ފައިދާ ހުރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މެޑަމް ސާޖިދާ މިހެން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިން ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަސްޓް ލޭޑީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒ...

ޔުމްނާ ޢަލީ
ނ.އަތޮޅުގައި ފަށާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ ހަވާލުކޮށްފި

ނ.އަތޮޅުގައި ފަށާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ ހަވާލުކޮށްފި

ސްޕެޝަލް އިކޮނޮމިކް ޒޯންސް (އެސްއީޒެޑް) ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ތަރައްގީކުރުމަށް ބޭނުންވާ ހުއްދަ ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ. އިގްތިސާދާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި އިގްތިސާދީ ތަރައްގީއަށް އަމާޒުކޮށްގެން ދޫކުރެވުނު މި ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. މި މަޝްރޫޢަކީ މީހުން ދިރިއުޅެވޭ ގޮތަށް 790 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ ބޮޑު އިންވެސްޓްމަންޓެކެވެ. މި ޓައުންޝިޕްގެ މުހިންމު...

ޔުމްނާ ޢަލީ
ކަންނެލި ދޯނިތަކަށް އެރީ ނަސޭހަތްތަކަށް އިޖާބަ ނުދިނުމުންނާއި ބިދޭސީން ބައިވެރިވަމުންދާތީ ޗެކްކުރުމަށް: ފުލުހުން

ކަންނެލި ދޯނިތަކަށް އެރީ ނަސޭހަތްތަކަށް އިޖާބަ ނުދިނުމުންނާއި ބިދޭސީން ބައިވެރިވަމުންދާތީ ޗެކްކުރުމަށް: ފުލުހުން

އިއްޔެއިން ފެށިގެން ބޮޑުކަންނެލި މަސްވެރިން ކުރަމުން އައި އިހްތިޖާޖުގެ ތެރެއިން ބައެއް ދޯނިތަކަށް އަރައި ފިޔަވަޅުއެޅީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ދޯނިތަކަށް ދަތިވާހެން އިހުތިޖާޖުކުރަމުންދާތީ ދިން ނަސޭހަތްތަކަށް އިޖާބަ ނުދިނުމުންނާއި، އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާތީ އެކަން ޗެކްކުރުމަށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ބުނީ، 2025 ޑިސެންބަރު 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖާ ގުޅިގެން ފާއިތުވި 24 ގަޑިއިރު ތެރޭގައި ފު...

ޔުމްނާ ޢަލީ
ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ފަށައިފި

ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ފަށައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 ރަސްމީކޮށް ފަށައިފިއެވެ. މިއީ ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް އެއްތަނަކުން ބައްދަލުވެ، މަޝްވަރާކޮށް، މުހިއްމު މަޢުލޫމާތުތައް ހިއްސާކުރުމަށް ބާއްވާ ދެވަނަ ކޮންފަރެންސްއެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަޢުދީ ޢަރަބިއްޔާގެ ސަފީރު، ޔަޙްޔާ އަލްޤަހްޠާނީއެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޙަ...

ޔުމްނާ ޢަލީ
ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ

ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ

ހުޅުމާލޭގައި ކަރަންޓްގެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފިހިގެން ފަރުވާދެމުން ދަނިކޮށް ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޢާއިލާ އަށާއި ސްޓެލްކޯގެ އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. ނިޔާވި ސްޓެލްކޯގެ މުވައްޒަފަކީ އި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް އެވެ. ސްޓެލްކޯއިން ބުނިގޮތުގައި އޭނާ އަކީ 21 އަހަރަށްވުރެ ގިނަ ދުވަހު އެ ކުންފުނީގައި ޚިދުމަތްކޮށްފައިވާ މުވައްޒަފެކެވެ. އޭނާ ނިޔާވިއިރު ހުރީ ސްޓެލްކޯގެ ސްޕަވައިޒަރެއްގެ މަގ...

ޔުމްނާ ޢަލީ
ކަސްޓަމްސް މުވައްޒަފުން ލަންކާ އަށް އެހީވުމަށް 135,700 ރުފިޔާ ހަދިޔާކޮށްފި

ކަސްޓަމްސް މުވައްޒަފުން ލަންކާ އަށް އެހީވުމަށް 135,700 ރުފިޔާ ހަދިޔާކޮށްފި

ސްރީ ލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން 135,700 ރުފިޔާ ހަދިޔާކޮށްފިއެވެ. ކަސްޓަމްސްއިން މި ފައިސާ ހަވާލުކުރީ ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީގެ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއާއެވެ. މި ފައިސާ ހަވާލުކުރުމުގެ މަޤްސަދަކީ ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ ކުރިން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ އިސްނެގުމާއެކު 37 މީޑިއާ ގުޅިގެން ލަންކާ އަށް އެހީ ހޯދުމަށް ވ...

ޔުމްނާ ޢަލީ
ކަރަންޓްގެ މައްސަލައެއް ހައްލުކުރަން އުޅެނިކޮށް ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ

ކަރަންޓްގެ މައްސަލައެއް ހައްލުކުރަން އުޅެނިކޮށް ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ

ހުޅުމާލޭގައި ކަރަންޓްގެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު ފަރުވާދެނިކޮށް މިއަދު ނިޔާވެއްޖެ އެވެ. މިދިޔަ ނޮވެމްބަރު 26 ގައި ހުޅުމާލޭ އިންޖީނުގޭގައި ހިނގި މި ހާދިސާގައި އެ މުވައްޒަފުގެ ގައިގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އޭނާ އަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ހަމަ އެދުވަހު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އަދި އޭނާ އިތުރު ފަރުވާ އަށް މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ […]

ޔުމްނާ ޢަލީ
ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން މާދަމާ ފަށަނީ

ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން މާދަމާ ފަށަނީ

ދިވެހިރާއްޖޭގެ ޙައްޖާއި ޢުމްރާގެ ދާއިރާ ހަރުދަނާކުރުމަށް ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި މުހިއްމު ކޮންފަރެންސް ކުރިޔަށްދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި އިވެންޓަކީ ކޮންފަރެންސަކާއި، ޙައްޖު ޢުމްރާގެ ޚިދުމަތްދޭ ފަރާތްތަކުގެ މައުރަޒެއް (އެގްޒިބިޝަން) އެކުލެވޭ ގޮތަށް ބާއްވާ އިވެންޓެކެވެ. މި މައުރަޒުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، ޢުމްރާގެ ޚިދުމަތްދޭ ކުން...

ޔުމްނާ ޢަލީ
ޖުވާ ޖިނާއީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

ޖުވާ ޖިނާއީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

‏ރާއްޖޭގައި ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށަކަށް ހަދަން އިސްލާހް ހުށަހަޅައިފިއެވެ. އެކަން ޢިއުލާން ކުރެއްވީ މިއަދު ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފައެވެ. ޖުވާ ކުޅުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކ...

ޔުމްނާ ޢަލީ
ވަގަށް އެތެރެކުރަން އުޅުނު 2.7 މިލިއަން ރުފިޔާގެ ވޭޕް އަތުލައިގެންފި

ވަގަށް އެތެރެކުރަން އުޅުނު 2.7 މިލިއަން ރުފިޔާގެ ވޭޕް އަތުލައިގެންފި

‏މުދާ ޝިޕްމެންޓެއްގައި ފޮރުވައިގެން ވަގަށް އެތެރެކުރަން އުޅުނު 2.7 މިލިއަން ރުފިޔާގެ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނީ، ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވިގެން 2025 ޑިސެންބަރު 04 ވަނަ ދުވަހު ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ. އެ ޝިޕްމަންޓް ބަލާފާސްކުރިއިރު ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ....

ޔުމްނާ ޢަލީ
''އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ޞިނާޢަތު ފުޅާކޮށް މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން''

''އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ޞިނާޢަތު ފުޅާކޮށް މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން''

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ޞިނާޢަތު ފުޅާކޮށް މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާއި ގުޅުވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށި ދުވަހުން ފެށިގެން މަސްވެރިކަމަކީ ދިވެހީންގެ ސަގާފަތާއި އާދަކާދައާ ވަރަށް ބޮޑަށް ގުޅިފައިވާ ފަޚުރުވެރި މަސައްކަތެކެވ...

ޔުމްނާ ޢަލީ
''ކުރިއަށްދާނީ ދެފުށްފެންނަ ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް އަހަންމިއްޔަތުކަން ދޭ ޤައުމެއްގެ ގޮތުގައި''

''ކުރިއަށްދާނީ ދެފުށްފެންނަ ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް އަހަންމިއްޔަތުކަން ދޭ ޤައުމެއްގެ ގޮތުގައި''

ދިވެހިރާއްޖެ ކުރިއަށްދާނީ ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން، ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް އަހަންމިއްޔަތުކަން ދޭ ޤައުމެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އިއްޔެ ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަކީ ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން، ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް އަހަންމިއްޔަތުކަން ދޭ ޤ...

ޔުމްނާ ޢަލީ
ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވައިލައްވައިފި

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވައިލައްވައިފި

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ “ސާކް ޗާޓަރ ޑޭ”ގެ މުނާސަބަތުގައި ސާކްގެ ސެކެޓްރީ ޖެނެރަލަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. ސާކް ޗާޓަރ ޑޭގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ. ރައީސް މުޢިއްޒުގެ މެސެޖުގައި، ސާކްގެ ރޫހު އަލުން އާލާކުރުމުގެ ގޮތުން އިތުބާރު ކަށަވަރުކުރުމަށް ސާކް ސަމިޓް އަލުން ބޭއްވުމުގެ […]

ޔުމްނާ ޢަލީ