އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ރާއްޖެ އަށް 400،000 ޑޮލަރުގެ ހިލޭ އެހީ
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ރާއްޖޭގެ ސިއްހީ ދާއިރާއަށް 400،000 ޑޮލަރު (ގާތްގަނޑަކަށް 6.1 މިލިއަން ރުފިޔާ) ގެ ހިލޭ އެހީއެއް ހަދިޔާކޮށްފިއެވެ. މި އެހީ ދިނުމުގެ މަޤްޞަދަކީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވުމެވެ. ސިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެހީ ދެއްވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ފޯރަމުގައި، ޑަބްލިއުއެޗްއޯގެ އެޗްއައިއައިޕީ ޕ...