ބިދޭސީން ދަންވަރު ހިންގާ ގާނޫނާއި ޚިލާފް ކަންކަން ހުއްޓުވުމުގެ އޮޕަރޭޝަނެއް ފަށަނީ
ދަންވަރު މާލޭގެ އާންމު ތަންތަނުގައި އުޅޭ ބިދޭސީންނާއި ޗެކްކުރުމުގެ އޮޕަރޭޝަނެއް މިރޭ ފަށަން އަންގަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ މީސްމީޑިއާ މެދުވެރިކޮށް އާންމުކުރެއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވެފައިވާގޮތުގައި، ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީއާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމު...