ރައީސް ޑ. މުހައްމަދު މުޢިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރަށްވައްވަން ފައްޓަވަނީ ސިލްސިލާ ބައްދަލުވުންތަކެއްކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފަށްޓަވަނީ ސިލްސިލާ ބައްދަލުކުރެއްވުންތަކެއް ކަމަށެވެ،

Ad
rt

މި ބައްދަލުވުންތަކުގެ ތެރެއިން 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި ސޯޝަލް ސެންޓަރުގައި ބާއްވަވާ ފުރަތަމަ ބައްދަލުކުރެއްވުން ޚާއްޞަކުރެވިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް ކަމަށް ހީނާ ވިދާޅުވިއެވެ.

''މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ދަޢުވަތު ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް އަރުވަން'' ހީނާ ވިދާޅުވެފަވެއެވެ.

ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ވެސް ރައީސް ގެންދަވަނީ ބައްދަލުކުރަށްވަމުންނެވެ. މިގޮތުން ރައީސް ގަލޮޅު ރައްޔިތުންނާ މިރޭ ބައްދަލުކުރަށްވާނެއެވެ. ރައީސް ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ 216 ޑިސެމްބަރު 2025 ވާ އަންގާރަ ދުވަހުގެރޭ 20:30ގައި ޢިމާދުއްދީން ސްކޫލްގައެވެ.

މީގެ އިތުރުން ރައީސް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެއެވެ. ރައީސް ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަަހުގެރޭ 20:30ގައި ޞަލާޙުއްދީންސްކޫލްގައެވެ.

މި ބައްދަލުވުންތަކަށް ސަރުކާރުން ވަނީ ހެންވޭރާއި ފޭސް ދެއެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ.

މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ވިލިމާލޭގައި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާއެކު 23 ނޮވެމްބަރު 2025 ގައި ރައީސް ބާއްވަވާފައިވާއިރު، ދެވަނަ ބައްދަލުވުން 25 ނޮވެމްބަރުގައި ވަނީ މައްޗަންގޯޅީގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރަށްވާފައެވެ. ތިންވަނަ ބައްދަލުވުން 4 ޑިސެމްބަރު ގައި މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާއެކު ވަނީ ބާއްވާފައެވެ. މީގެ ހަތަރު ވަނަ ބައްދަލުވުން ރައީސް ވަނީ 7 ޑިސެމްބަރު 2025 ވާ އާދީއްތަ ދުހުގެ ރޭ ހެންވޭރުގައި ދިރިއުޅޭ ރައްޔިތުންނާއެކު ބާއްވަވާފައެވެ. އެހެންކަމުން ގަލޮޅު ރައްޔިތުންނާއެކު ރައީސް ބާއްވަވާނީ މިފަދަ ފަސް ވަނަ ބައްދަލުވުމެވެ. އަދި ދެވަނަ ފިޔަވަހީގައި އުޅޭ މީހުންނާއެކު ބާއްވަވާނީ ހަ ވަނަ ބައްދަލުވުމެވެ.