ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި، ގާތްގަނޑަކަށް 2.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނި ގޮތުގައި، ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި 3 ކިލޯގެ ކެނަބިސް މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ވަނީ އެ އިދާރާއިން އަތުލައިގެންފައެވެ.

Ad
rt

މިގޮތުން ހިފެހެއްޓި މަސްތުވާތަކެތީގެ މަގުމަތީ އަގު 2.4 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މިތަކެތި އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މަގުން އެތެރެކުރަން އުޅެނިކޮށެވެ.

މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މަސައްކަތްތައް ހުއްޓުވުމަށް ކަސްޓަމްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދުނު އިތުރު ކާމިޔާބީއެކެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ކަސްޓަމްސް އިން ދަނީ ކުރަމުންނެވެ.