ރާއްޖޭގައި 790 މިލިއަން ޑޮލަރުގެ ސަސްޓެއިނަބަލް ޓައުންޝިޕެއް ގާއިމްކުރަން ހުއްދަދީފި
ސްޕެޝަލް އިކޮނޮމިކް ޒޯންސް (އެސްއީޒެޑް) ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ތަރައްގީކުރުމަށް ބޭނުންވާ ހުއްދަ، ސަރުކާރުން ބޯޑް އޮފް އިންވެސްޓްމަންޓްސް މެދުވެރިކޮށް އިއްޔެ ދޫކޮށްފިއެވެ. އިގްތިސާދާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި އިގްތިސާދީ ތަރައްގީއަށް އަމާޒުކޮށްގެން ދޫކުރެވުނު މި ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. މި މަޝްރޫޢަކީ މީހުން ދިރިއުޅެވޭ ގޮތަށް 790 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ ބޮޑު އިންވެސ...