މާލޭގެ ގެއެއްގެ ތެރޭގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި ދެ މީހުންނަށް ވެސް އަނިޔާވެ، މިހާރު ހޮސްޕިޓަލުގައި ފަރުވާދޑން ފަށައިފި އެވެ.
މީޑީއާތަކަށް މަޢުލޫމާތުދެލުން ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 2025 ޑިސެންބަރު 9 ވަނަ ދުވަހުގެ 10:05 އެހާކަންހާއިރުއެވެ. މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ބަލާފައެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ. މީގެ ތެރެއިން 64 އަހަރުގެ ފިރިހެން މީހާގެ ބުރަކައްޓަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައެވެ. ދެމީހުންނަށް ވެސް އަނިޔާވެފައިވާތީ، ދެމީހުންނަށް ވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި މާރާމާރީއަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި ހިންގި މާރާމާރީއެކެވެ.
މިފަދަ ހަމަނުޖެހުންތަކުގައި ބައިވެރި ނުވުމަށް އަދި ގުޅުންތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށްފުލުހުން އިލްތިމާސްކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!