މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 150 ވަނަ ޞަފްޙާ

ކުރީގެ ސްކީމްތަކުގެ ދަށުން އެއްކޮޓަރީގެ ފްލެޓް ލިބުނު މީހުންނަށް ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭގޮތް ހަދަނީ

ކުރީގެ ސްކީމްތަކުގެ ދަށުން އެއްކޮޓަރީގެ ފްލެޓް ލިބުނު މީހުންނަށް ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭގޮތް ހަދަނީ

ބޯހިޔާވަހިކަމުގެ ކުރީގެ ސްކީމްތަކުގެ ދަށުން އެއްކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް، ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިޞްލާޙުކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، މާލޭ ސިޓީގެ ހެންވޭރު ރައްޔިތުންނާއެކު ކަލާފާނު ސްކޫލްގައި ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމެއްގައެވެ. މާލޭގެ އެހެން އަވަށްތަކާއެކު މީގެ ކުރިން ރައީސް ބޭއްވެވި ބައްދަލުވުންތަކެކޭ އެއްގޮތަށް ރޭގެ ބައްދަލުވުމުގައިވެސް، އެންމެ ގިނަ ރ...

ޔުމްނާ ޢަލީ
ވައިގެ މަގުން އެތެރެކުރަން އުޅުނު މިލިއަނެއްހާ ރުފިޔާގެ ޑުރަގު އަތުލައިފި

ވައިގެ މަގުން އެތެރެކުރަން އުޅުނު މިލިއަނެއްހާ ރުފިޔާގެ ޑުރަގު އަތުލައިފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި، ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނި ގޮތުގައި، ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި 1.2 ކިލޯގްރާމްގެ ކެނަބިސް މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ވަނީ އެ އިދާރާއިން އަތުލައިގެންފައެވެ. މިގޮތުން ހިފެހެއްޓި މަސްތުވާތަކެތީގެ މަގުމަތީ އަގު 936,000 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. މި އީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މަ...

ޔުމްނާ ޢަލީ
އަލިކޮ އިންވެސްޓްމެންޓުގެ މުރުމުރާއި މުރާލި ފެކްޓަރީއަށް ރެއިޑެއް، ބުޅާވެސް އުޅޭ!

އަލިކޮ އިންވެސްޓްމެންޓުގެ މުރުމުރާއި މުރާލި ފެކްޓަރީއަށް ރެއިޑެއް، ބުޅާވެސް އުޅޭ!

ސާފުތާހިރުކަމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ. ރާއްޖޭގައި އުޅޭ ބިދޭސީން އުޅެނީ ޤަވާޢިދުގެ ތެރޭގައިތޯއާއި، އެމީހުން ވިޔަފާރިކުރަމުން ދަނީ ޤާނޫނީ އިމުގެ ތެރެއިންތޯބަލައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އިމިގްރޭޝަން އިން މަޢުލޫމާތުދިން ގޮތުގައި، ޓާސްކްފޯސްއިން މިރޭ ހިންގި ރެއިޑު އޮޕަރޭޝަންގައި ވަނީ މާލޭގެ ދިލްކުޝާގޯޅީގައި، އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކ...

އަލީ އާދިލް
22 ރަށެއްގެ ދަނޑުވެރިންނާއި ކައުންސިލް އޮފިޝަލުންނާއެކު ދަނޑުވެރިކަމުގެ ތަމްރީނެއް

22 ރަށެއްގެ ދަނޑުވެރިންނާއި ކައުންސިލް އޮފިޝަލުންނާއެކު ދަނޑުވެރިކަމުގެ ތަމްރީނެއް

ދިވެހިރާއްޖޭގެ ދަނޑުވެރިން އަހުލުވެރިކުރުމުގެ ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ. މިއީ އެގްރިކަލްޗަރ މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީގެ ދަށުން މޯލްޑްވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް ”އެމް-ގެޕް” ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން ބާއްވާ ވޯކްޝޮޕެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕްގައި، ރާއްޖޭގެ 22 ރަށަކުން ޖުމްލަ 55 ފަރާތެއް ބައިވެރިވެފައިވެ...

ޔުމްނާ ޢަލީ
މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށްގެން ފޭރުނު މީހަކު ހައްޔަރުކޮށްފި

މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށްގެން ފޭރުނު މީހަކު ހައްޔަރުކޮށްފި

އެހެން މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގައި 33 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަޙްމަދު ޙައްސާން ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ ވައިބަރ އެކައުންޓެއް މެދުވެރިކޮށް 150,000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހީލަތުން ހޯދިކަމުގެ ތުހުމަތުގައެވެ. ފުލުހުން ހާމަކުރާ ގޮތުގައި، މި މައްސަލައިގައި ޖުމްލަ 150,300 ރުފިޔާ މަކަރަށް ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، އޭގެ ތެރެއިން...

ޔުމްނާ ޢަލީ
ސެލޫނަކަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި

ސެލޫނަކަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި

މާލޭގައި ހުންނަ ސެލޫނެއްގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގައި، އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް، ސަސްޕެންޑްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި ހާދިސާ ފުލުހުންނަށް ރިޕޯޓްކުރެވުނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މީހަކު ސެލޫނަކަށް ވަދެ ހަމަނުޖެހުން އުފައްދައި، ތަކެއްޗަށް ގެއްލުންދީ އަދި އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަސަރީވި...

ޔުމްނާ ޢަލީ
ގަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ 11 ވިޔަފާރިއެއް ބަންދުކޮށްފި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލައިފާސްކުރުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން ގަވާއިދާ ޚިލާފަށް ހިންގާ 35 ބިދޭސީ ވިޔަފާރިއެއް އިންސްޕެކްޓްކޮށް، އޭގެ ތެރެއިން 11 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ. އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި، ބިދޭސީންނަށް ހުއްދަ ނުދޭ ދާއިރާ...

ޔުމްނާ ޢަލީ
ދެ ގެއެއް ބަލާފާސްކޮށް ވޭޕާ ގުޅޭ 544 ތަކެތި އަތުލައިފި

ދެ ގެއެއް ބަލާފާސްކޮށް ވޭޕާ ގުޅޭ 544 ތަކެތި އަތުލައިފި

ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގެ ދެ ގެއެއް ބަލާފާސްކޮށް، ޖުމްލަ 544 އައިޓަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުންގެ އިދާރާއިން މިރޭ ބުނީ، މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ޑިސެންބަރު 5 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. މިގޮތުން މި އޮޕަރޭޝަންގައި ވަނީ މާލޭގެ ދެ ގެއެއް ބަލާފާސްކޮށްފައެވެ. މިއީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ވޭޕް އާއި ގުޅުންހުރި އައިޓަމްތަކުގެ […]

ޔުމްނާ ޢަލީ
މުހައްމާގެ ހާލު ރަނގަޅު، މާދަމާ ހޮސްޕިޓަލުން ދޫކޮށްލާނެކަމަށް ބެލެވޭ

މުހައްމާގެ ހާލު ރަނގަޅު، މާދަމާ ހޮސްޕިޓަލުން ދޫކޮށްލާނެކަމަށް ބެލެވޭ

18 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)ގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބިއްޖެއެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުކަން ވެސް ކުރަށްވާފައިވާ މުހައްމާ އަށް ހާޓްއެޓޭކެއްޖެހިގެން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި އަންނަނީ ފަރުވާދެމުންނެވެ. އޭނާގެ ހިތުގެ ސާޖަރީއެއް އިއްޔެ ހަދާފައިވާއިރު، މުހައްމާގެ ގާތް އެކުވެރިއަކު ”ތިލަދުން” އަށް ބުނީ، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އަދި މާދަމާ ހޮސްޕިޓަލުނ...

ޔުމްނާ ޢަލީ
ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް

ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް

ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ވޭޕް އަދި ވޭޕް ކާޓްރިޖް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފިއެވެ. މީޑީއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ، މިކަމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕާއި ކާޓްރިޖް ވަނީ ހޯދާފައިވާކަމަށެވެ. ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ޑިސެންބަރު 5 ވަނަ ދުވަހު، ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކޯޓު އަމުރެއްގެ […]

އަލީ އާދިލް
ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލް ތަސްދީގު ކުރައްވައިފި

ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލް ތަސްދީގު ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ތިން ވަނަ އިޞްލާޙުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި އިޞްލާޙުގެ ދަށުން، ޑްރަގް ވިޔަފާރިކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާއި، ވަކި ބަރުދަނަކަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ. މި އިޞްލާޙުގެ މައިގަނޑު ބޭނުމަކީ މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވައި، ބޭނުންކުރާ މިންވަރު މަދުކުރުމުގެ އިތުރުން، ފަރުވާ ދިނުމަށް އިސްކަންދީ، މަސްތުވާތަކެއްޗަށް ދެ...

ޔުމްނާ ޢަލީ
އާ ދިރާސީ އަހަރަށް ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި

އާ ދިރާސީ އަހަރަށް ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި

އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ތަޢުލީމާބެހޭ ވުޒާރާއިން ފަށައިފިއެވެ. ތަޢުލީމީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އަތޮޅުތަކުގެ ރަށްރަށަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އައު ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރުކުރުމަށް، ސްކޫލްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ވުޒާރާގެ އަމާޒަކީ ސްކޫލްތައް ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުން...

އަލީ އާދިލް
ޒަކާތު ނިޒާމުގެ ޤާނޫނީ އޮނިގަނޑު ކަނޑައަޅާ ޤާނޫނުގެ ބިލު ތަސްދީޤުކުރައްވައިފި

ޒަކާތު ނިޒާމުގެ ޤާނޫނީ އޮނިގަނޑު ކަނޑައަޅާ ޤާނޫނުގެ ބިލު ތަސްދީޤުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ކަނޑައަޅާ، ޒަކާތުގެ ބިލު މިއަދު ވަނީ ތަސްދީޤުކުރައްވާފައެވެ. މި ޤާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ޒަކާތް ދެއްކުމާއި، ބަލައިގަތުމާއި، ބެހުމުގެ ކަންކަން ހަރުދަނާކޮށް، ޒަކާތުގެ ނިޒާމު ހިންގާނެ އުޞޫލުތައް ކަނޑައެޅުމަށް އެކުލަވައިލެވުނު ޤާނޫނެކެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޒަކާތުގެ ފައިސާ ބެލެހެއްޓުމަށްޓަކައި “ޒަކާތު ފަންޑު” ގެ ނަމުގައި ފަންޑެއް އުފެދިގެ...

ޔުމްނާ ޢަލީ
ދައުލަތުން ބަޖެޓުން ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށް، މެމްބަރުން އަދަދު ހަމަނުވެ އަދާލަތު އުނިވެއްޖެ

ދައުލަތުން ބަޖެޓުން ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށް، މެމްބަރުން އަދަދު ހަމަނުވެ އަދާލަތު އުނިވެއްޖެ

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރި މުއްދަތާއި ހަމައަށް 10،000 މެމްބަރުންގެ އަދަދު ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ. އީސީން ބުނީ، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ދުވަސް ކަމަށްވާ މިދިޔަ ނޮވެމްބަރު 25 ގެ ނިޔަލަށް 10،000 މެމްބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގައި ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދެނީ 10،000 މެމްބަރުން ހަމަވާ […]

ޔުމްނާ ޢަލީ
ރައީސް ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުން އާދީއްތަ ދުވަހުގެ ރޭ

ރައީސް ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުން އާދީއްތަ ދުވަހުގެ ރޭ

ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ރައީސްގެ ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމުގެ މި މަސައްކަތްޕުޅުގެ ތެރެއިން ހެންވޭރުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވޭ ބައްދަލުވުން އ...

ޔުމްނާ ޢަލީ