ޑްރަގް އޮޕަރޭޝަންގައި އައްޑޫއިން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ ‘އޮޕަރޭޝަން އަލިމަގު’ގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ބޮޑު އޮޕަރޭޝަނެއްގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މި އޮޕަރޭޝަނަކީ އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް ފަރާތްތަކަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަނެކެވެ. ފުލުހުން ބުނި ގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު 10 މީހުންގެ ތެރެއިން 6 މީހެއްގެ ބަންދުގެ މުއްދަތު...