ސަނީ ޢުމަރުގެ ބަންދަށް 30 ދުވަސް، ޝަރީޢަތް ނިމެންދަން ބަންދުކުރަން ވިސްނަނީ
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޑރ. ހުސައިން ސަނީ ޢުމަރުގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނީ، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހާފައިވާކަމަށެވެ. ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، ސަނީ ޢުމަރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ މ...