މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 153 ވަނަ ޞަފްޙާ

ވިލާއިން ލަންކާ އަށް އެހީވުމަށް އެއްލައްކަ ޑޮލަރު ހަދިޔާކޮށްފި

ވިލާއިން ލަންކާ އަށް އެހީވުމަށް އެއްލައްކަ ޑޮލަރު ހަދިޔާކޮށްފި

ސްރީލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާއިން ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން، ރާއްޖޭގެ ވިލާ ގްރޫޕްގެ ފަރާތުން އެއްލައްކަ އެމެރިކާ ޑޮލަރު (100,000 ޑޮލަރު) ހަދިޔާކޮށްފިއެވެ. މި އެހީއާއި ގުޅިގެން ވިލާ ގްރޫޕްގެ ފަރާތުން މިއަދު ބުނެފައިވާ ގޮތުގައި، އެ ގްރޫޕްގެ ފަރާތުން، ސްރީ ލަންކާގެ ގުދުރަތީ ކާރިސާއާ ގުޅިގެން ކުރިއަށްގެންދާ އެހީތެރިކަމުގެ މަސައްކަތްތަކަށް 100,000 އެމެރިކާ ޑޮލަރު ވަނީ ހަދިޔާކޮށްފިއެވެ. މި އެހީއަކީ، ސްރީލަންކާއަށް ކުރި ވިއްސާރަ އާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ދިމާވ...

ޔުމްނާ ޢަލީ
އެންމެ ބޮޑު އެއް ޑްރެޖަރާއެކު ރަސްމާލެ ހިއްކުން ތިން ގުނަ އަވަސްކޮށްފި

އެންމެ ބޮޑު އެއް ޑްރެޖަރާއެކު ރަސްމާލެ ހިއްކުން ތިން ގުނަ އަވަސްކޮށްފި

ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ އަވަސްކުރުމަށްޓަކައި، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރެޖަރު ބޭނުންކުރަން ފަށާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރގެ ތެރޭގައި ހިމެނޭ، ޖަން ޑީ ނުލް ކުންފުނީގެ “ކްރިސްޓޯބަލް ކޮލޯން” ބޯޓުން މިއަދު ރަސްމާލޭ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. މި ޑްރެޖަރާއެކު، ރާއްޖޭގައި […]

ޔުމްނާ ޢަލީ
އެއިޑްސް ނައްތާލުމަކީ ދުނިޔޭގެ އެންމެންގެ ހިއްސާވާ ޒިންމާއެއް: ރައީސް

އެއިޑްސް ނައްތާލުމަކީ ދުނިޔޭގެ އެންމެންގެ ހިއްސާވާ ޒިންމާއެއް: ރައީސް

އެއިޑްސް ނައްތާލުމަކީ ދުނިޔޭގެ އެންމެންގެ ހިއްސާވާ ޒިންމާއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަގްވާމީ އެޑްސް ދުވަހާ ގުޅިގެން މިއަދު އެމަނިކުފާނު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ، މި ބަލި ނައްތާލުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި، “އެއިޑްސްއާ ކުރިމަތިލުމުގައި ދިމާވާ ހުރަސްތައް ގިރާކޮށް، އެކަމަށް އާ ބަދަލެއް ގެނައުން” މި ޝިޢާރުގެ...

ޔުމްނާ ޢަލީ
ސިލޯނާއެކު ދިވެހީން ޓެލެތޯނުން 11.4 މިލިޔަން ރުފިޔާ

ސިލޯނާއެކު ދިވެހީން ޓެލެތޯނުން 11.4 މިލިޔަން ރުފިޔާ

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެހީތެރިވުމަށް ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނުގެ ވަގުތު ހަމަވައިރު، 11.4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. ޕަބްލިކް ސާވިސް މީޑިއާ އިން އިސްނަގައިގެން ދިވެހި މީޑިއާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ، ޕީއެސްއެމުން އާންމުކުރި މި ތެލެތޯނުން ލިބުނު އެހީގެ ޢަދަދުތައް ދައްކާގޮތުން  ޖުމުލަ 11.4 މިލިޔަން ރުފިޔާ އާއި 43،000 ޑޮލަރު ވަނީ ލިބިފައެވެ. އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި ފެށި މި ޓެލެތޯނަށް، މިއަދު މެންދުރު 2:22 އާ […]

ޔުމްނާ ޢަލީ
ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި، 27 ނޮވެންބަރު 2025 ވީ ބުރާސްފަތި ދުވަހުއެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅި މި ބިލު ފާސްކޮށްފައިވަނީ 54 މެންބަރުންގެ ވޯޓާ އެކު އެވެ. ބިލާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ […]

ޔުމްނާ ޢަލީ
އަތޮޅު ކައުންސިލުތައް އުވާލާ ބިލު ތަޞްދީޤުކުރައްވައިފި

އަތޮޅު ކައުންސިލުތައް އުވާލާ ބިލު ތަޞްދީޤުކުރައްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ދަށުން އަތޮޅު ކައުންސިލުތައް އުފެއްދުމަށް ޤާނޫނުއަސާސީން ލާޒިމްކުރާ ކުރުން އުވާލުމަށް ހުށަހެޅުނު ބިލެކެވެ. ރައީސް މި ބިލު ތަޞްދީޤުކުރެއްވުމާއެކު، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައި، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ، 2025 ނޮވެންބަރު...

ޔުމްނާ ޢަލީ
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކުރަން ފާސްކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކުރަން ފާސްކޮށްފި

ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އޮފީސް ހިންގުމުގެ ޚަރަދު ކުޑަކުރުމަށްފަހު، ކުރީގެ ނައިބު ރައީސުންނަށް ޢިނާޔަތްތަކެއް ދިނުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންމެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލަކީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނަށް ގެނައި އިސްލާހެކެވެ. ސަރުކާރުގެ ފަރާތުން މި އިސްލާޙު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ. ނޮވެންބަރު 27 ގައި މަޖިލީހަށް ހުށަހެޅި މި ބިލު ފާސްވީ، ވޯޓުގައި ބައިވެ...

އަލީ އާދިލް
ކުޅުދުއްފުށްޓަށް 50 ގްރާމް ޑައިމޯފިން ގެންދަން އުޅުނު މީހާ އުމުރަށް ޖަލަށް

ކުޅުދުއްފުށްޓަށް 50 ގްރާމް ޑައިމޯފިން ގެންދަން އުޅުނު މީހާ އުމުރަށް ޖަލަށް

ހދ. ކުޅުދުއްފުށި ސިޓީ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އުމުރަށް ޖަލަށްލާން، އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލާގައި އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ ކުޅުދުއްފުށީ ލޫނާ، އަލީ މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. މި ހުކުމް އިއްވާފައިވަނީ އާދިއްތަ ދުވަހުއެވެ. އަލީ މުހައްމަދު ހައްޔަރުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު، ކުޅުދުއްފުށްޓަށް މަސްތުވާތަކެތި ގެންދަން އުޅުނުކަމުގެ...

އަލީ އާދިލް
ހިޔާ ފުލެޓެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

ހިޔާ ފުލެޓެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުވައި، މަސްތުވާތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދިވެއްސަކާއި އުޒްބެކިސްތާނުގެ ހަތަރު އަންހެނުން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ނޮވެމްބަރު 29 ވަނަ ދުވަހުގެރޭ 21:49 އެހާކަންހާއިރު ހުޅުމާލޭގައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ. ރަސްގެތީމު / ކިއުބާ، ޙުސައިން ސޮލާހު (40އ) އާއި އުޒްބެކިސްތާނުގެ 4 އަންހެނުންކަމަށްވާ ޒަރީމާ ގުލަމޮވ...

ޔުމްނާ ޢަލީ
ތިލަދެކުނު ފުޓްސަލް މުބާރާތުގައި 14 ޓީމު، ހަނިމާދޫ-ފިނޭ މެޗުން މާދަމާ މުބާރާތް ފަށަނީ

ތިލަދެކުނު ފުޓްސަލް މުބާރާތުގައި 14 ޓީމު، ހަނިމާދޫ-ފިނޭ މެޗުން މާދަމާ މުބާރާތް ފަށަނީ

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ ގެ ގުރުއަތުލުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ. ހދ. އަތޮޅު ކައުންސިލުން ބުނިގޮތުގައި މިމުބާރާތުގެ ފިރިހެން ޑިވިޜަންގައި 9 ޓީމު އަދި އަންހެން ޑިވިޜަންގައި 5 ޓީމު ބައިވެރިވެފައިވެފައިވެއެވެ. ހދ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ”ތިލަދުން” އަށް ވިދާޅުވީ، މި މުބާރާތަށް ނައިވާދޫ މިހާރު ދަނީ ތައްޔާރުވަމުން ކަމަށެވެ. މިގޮތުން މުބާރާތަށް ދަނޑު ތައްޔާރުކުރުމާއި، ޓީމުތަކަށް މަރުޙަބާ...

ޔުމްނާ ޢަލީ
ސިލޯނާއެކު ދިވެހީން ޓެލެތޯންގެ ވަގުތު މާދަމާ މެންދުރު 2 ޖެހުމާހަމަށް އިތުރުކޮށްފި

ސިލޯނާއެކު ދިވެހީން ޓެލެތޯންގެ ވަގުތު މާދަމާ މެންދުރު 2 ޖެހުމާހަމަށް އިތުރުކޮށްފި

އަވަށްޓެރި ސްރީލަންކާ އަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާ އާއި ގުޅިގެން އެ ގައުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ދިވެހި މީޑިއާތަކުން އިސްނަގައިގެން ކުރިއަށް ގެންދާ “ސިލޯނާއެކު ދިވެހީން” ޓެލެތޯންގެ ވަގުތު އިތުރުކޮށްފިއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑީއާ އިން އިސްނަގައިގެން ދިވެހި 37 މީޑީއާ އަކާއި ގުޅިގެން ފަށާފައިވާ މި ޓެލެތޯން ފެށީ މިއަދު ހެނދުނު 9 ޖެހިއިރުގައެވެ. ކުރިން ނިންމާފައި އޮތީ މި ޓެލެތޯން މިރޭ 1 ޖެހުމާހަމައަށް ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް މިހާރު […]

ޔުމްނާ ޢަލީ
ރާއްޖެ-ތައިލެންޑް ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމަށާއި ތަމްރީނުދިނުމުގެ އެއްބަސްވުމެއް

ރާއްޖެ-ތައިލެންޑް ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމަށާއި ތަމްރީނުދިނުމުގެ އެއްބަސްވުމެއް

ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ މަޤްސަދަކީ ދެ ޤައުމުގެ ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، މީހުން ތަމްރީނުކުރުމުގެ ފުރުސަތުތައް ފަހިކުރުމެވެ. ތައިލެންޑްގެ ކުޅިވަރު ވުޒާރާގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބ...

ޔުމްނާ ޢަލީ
ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެންކުއްޖާ އަމިއްލައަށް ގެއަށް، ހާލު ރަނގަޅު

ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެންކުއްޖާ އަމިއްލައަށް ގެއަށް، ހާލު ރަނގަޅު

ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން މިއަދު ބުނި 14 އަހަރުގެ އަންހެންކުއްޖާ އަމިއްލަ އަށް މިއަދު ގެއަށް އައިސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން މިއަދު ބުނި ކުއްޖަކީ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ. ޝިބާ ރަޝީދު ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. އެއީ 2025 ނޮވެމްބަރު 28 ވަނަ […]

ޔުމްނާ ޢަލީ
އިހަވަންދޫގެ ފުރަތަމަ ހާފިޒާ ރައްޔާ، ރަށަށް ހޯދައިދިން ޝަރަފާއި ފަޚްރުގެ އަގުވަޒަންކޮށްފި

އިހަވަންދޫގެ ފުރަތަމަ ހާފިޒާ ރައްޔާ، ރަށަށް ހޯދައިދިން ޝަރަފާއި ފަޚްރުގެ އަގުވަޒަންކޮށްފި

އިހަވަންދޫގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަަސްކޮށް ހާފިޡުކަމުގެ ސަނަދު ހާސިލުކުރި، މަރްޔަމް ރައްޔާ އަޙްމަދު، (20 އަހަރު) ނޫތަރި، އެ ރަށަށް ހޯދައިދިން ޝަރަފާއި ފަޚްރުގެ އަގު ރޭ ވަޒަންކޮށްފިއެވެ. ރައްޔާގެ މަތިވެރި މި މާތް ކާމިޔާބީގެ އަގުވަޒަންކުރުން އޮތީ އިހަވަންދޫ ކައުންސިލުން ހއ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި “ރަސްތަރި ޤުރްއާން މުބާރާތް 2025″ގެ ނިންމުމަށް ރޭ އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އިހަވަންދޫ ދަރިއެއް ފުރަތަމަ ފަހަރަށް ކީރިތި ޤުރް...

ޔުމްނާ ޢަލީ
މުދާ އުފުލާ ދޯންޏެއް އަޑިއަށްދާތީ ފުލުހުން ހަރަކާތްތެރިވެއްޖެ

މުދާ އުފުލާ ދޯންޏެއް އަޑިއަށްދާތީ ފުލުހުން ހަރަކާތްތެރިވެއްޖެ

ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ، މުދާ އުފުލާ ދޯންޏެއް އަޑިއަށްދާތީ ފުލުހުން ހަރަކާތްތެރިވެއްޖެ އެވެ. ފުލުހުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، ވިލިގިއްޔާއި ވާދޫއާ ދިމާ ބޭރުން “ފެހިލާ” ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 16:59 އެހާކަންހާއިރު އެވެ. މި ދޯނީގައި ތިން މީހުން ތިބި ކަމަށް ވެސް ފުލުހުންގެ މައުލޫމާތުތަކުން އެނގެ އެވެ. މި ރިޕޯޓާ ގުޅިގެން މެރިން ފުލުހުން ވަނީ ވަގުތުން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ....

އަލީ އާދިލް