ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން މިއަދު ބުނި 14 އަހަރުގެ އަންހެންކުއްޖާ އަމިއްލަ އަށް މިއަދު ގެއަށް އައިސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން މިއަދު ބުނި ކުއްޖަކީ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ.
ޝިބާ ރަޝީދު ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. އެއީ 2025 ނޮވެމްބަރު 28 ވަނަ ދުވަހުގެ 05:55 އެހާކަންހާއިރު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މިރޭ 23:19 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ އެކުއްޖާ ފެނިފައިވާކަމަށް ބުނެފައެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!