މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 154 ވަނަ ޞަފްޙާ

އުދައްޔުގެ މަރު: ސަލާމަތްވި މީހާގެ މައްސަލާގައި ދައުލަތުން ހައި ކޯޓަށް

އުދައްޔުގެ މަރު: ސަލާމަތްވި މީހާގެ މައްސަލާގައި ދައުލަތުން ހައި ކޯޓަށް

ގއ. މާމެންދޫގައި އަހުމަދު އުދައްޔު މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުނުވެ ސަލާމަތްވި މީހެއްގެ މައްސަލަ އިސްތިއުނާފް ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ފެބްރުއަރީ, 2021 ގައި ގްރޫޕަކުން ގޮސް އުދައްޔުއަށް ހަމަލާދީ މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. އެހެންވެ, އެ ދެ މީހުން މެރުމަށް އެ ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. ނަމަވެސް […]

ހުސައިން ހަބީބް
ހުޅުމާލޭ ގެސްޓް ހައުސްއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭ ގެސްޓް ހައުސްއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު މިއަދު ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު މެންދުރު 12:14 ހާއިރު އެވެ. މި މީހާ ފެނިފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ހުރި ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިންނެވެ. މަރުވެފައި އޮއްވާ ފެނުނު މީހަކީ ފިރިހެނެކެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، ހަރަކާތްތެރިވާން ފަށާފައެވެ. މި މަރުގެ މައްސަލައާ […]

ޔުމްނާ ޢަލީ
ލަންކާއަށް އެހީތެރިވުމަށް ދިވެހި މީޑިއާތަކުން ބާއްވާ ޓެލެތޯން ފަށައިފި

ލަންކާއަށް އެހީތެރިވުމަށް ދިވެހި މީޑިއާތަކުން ބާއްވާ ޓެލެތޯން ފަށައިފި

އަވަށްޓެރި ސްރީލަންކާ އަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ދިވެހި މީޑިއާތަކުން އިސްނަގައިގެން ކުރިއަށް ގެންދާ “ސިލޯނާއެކު ދިވެހީން” ޓެލެތޯން މިއަދު ފަށައިފިއެވެ. މި ޚާއްސަ ޓެލެތޯން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މިރޭ މެންދަމު 1:00 ޖެހުމާ ހަމައަށެވެ. މި ޓެލެތޯން ފަށާފައި މިވަނީ މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ”ޑިތުވާ”އާ ގުޅިގެން އެޤައުމު ކާރިސީ ޙާލަތަކަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. ތޫފާނުގެ ސަބަބުން ސްރީލަންކާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބަ...

ޔުމްނާ ޢަލީ
މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ ޒުވާނަކު ހައްޔަރުކޮށްފި 

މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ ޒުވާނަކު ހައްޔަރުކޮށްފި 

މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދައި، އެފައިސާތައް ވިޔަފާރި އެކައުންޓްތަކަށް ޖަމާކުރުވައި ނަގަމުންދިޔަ މައްސަލައެއްގައި 23 އަހަރުގެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ތުޅާދޫ / މަންޒަރުގެ، މުޙައްމަދު ޝާވިން (23އ) އެވެ. ފުލުހުން ބުނިގޮތުގައި، ޝާވިން ހައްޔަރުކުރެވުނީ ޑޮލަރު މާރުކުރުމަށް ވައިބަރ ގްރޫޕަކުން ފެނުނު ފަރާތަކަށް 1250 ޑޮލަރު ޓްރާންފަރކުރުމަށްފަހު އެޑޮލަރަށްވާ ރުފިޔާ ނުދިނުމުގެ މައްސަލައަކާ ގުޅިގެންނެވެ. މި މައްސަ...

އަލީ އާދިލް
ހުޅުމާލެ ފޭސް 2 އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ހުޅުމާލެ ފޭސް 2 އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ހުޅުމާލެ ފޭސް 2 އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ގެއްލިގެން ހޯދަމުންދަނީ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ. ފުލުހުންގެ މައުލޫމާތު ދޭގޮތުގައި، ޝިބާ ރަޝީދު ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. އެއީ 2025 ނޮވެމްބަރު 28 ވަނަ ދުވަހުގެ 05:55 އެހާކަންހާއިރު ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު، […]

އަލީ އާދިލް
ރައީސް އިނގިރޭސިވިލާތަށް

ރައީސް އިނގިރޭސިވިލާތަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސި ރަސްގެފާނު ހިޒް މެޖަސްޓީ ކިންގ ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް، އިނގިރޭސިވިލާތަށް ރޭ ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނީ ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސް.އެމް.އައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން” ގައެވެ. މި މުހިންމު ބައްދަލުވުމުގައި، ބައިނަލްއަޤުވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެ...

ޔުމްނާ ޢަލީ
ފުޅާދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ތައިލެންޑް އަންހެނެއް ގދ. ތިނަދޫއިން ހައްޔަރުކޮށްފި

ފުޅާދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ތައިލެންޑް އަންހެނެއް ގދ. ތިނަދޫއިން ހައްޔަރުކޮށްފި

ގދ. ތިނަދޫގައި ފުޅާދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތައިލެންޑް އަންހެނެއް ހައްޔަރުކޮށްފިއެވެ. ފުލުހުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ، މި އޮޕަރޭޝަން ހިންގާފައިވަނީ ރޭ 23:30 ހާއިރުކަމަށެވެ. މި އޮޕަރޭޝަންގައި އެ ރަށު ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނެކެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ބަދުއަޚްލާގީ...

އަލީ އާދިލް
ޖަޕާނުން ކަސްޓަމްސްއަށް 82 ފޫޓުގެ ޕެޓްރޯލް އުޅަނދެއް ހަދިޔާކޮށްފި

ޖަޕާނުން ކަސްޓަމްސްއަށް 82 ފޫޓުގެ ޕެޓްރޯލް އުޅަނދެއް ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 82 ފޫޓުގެ ޕެޓްރޯލް އުޅަނދެއް ހަދިޔާކޮށްފިއެވެ. މިއީ، ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ސަރވެއިލެންސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ހަދިޔާކުރި އުޅަނދެކެވެ. މި އުޅަނދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު ވަނީ ކަސްޓަމްސް ބިލްޑިންގގައި ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ދިވެހި ސަރުކާރުގެ ފަރާތުން އުޅަނދާ ރަސްމީކޮށް ޙަވާލުވެ ވަޑައިގެންނެވީ ދާޚިލީ ސަލާމަތާއި ފަންނިއްޔ...

އަލީ އާދިލް
''ޑިޓުވާ'' ތޫފާން ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށް

''ޑިޓުވާ'' ތޫފާން ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށް

ސްރީލަންކާ އަށް މިހާރު އަރާ ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ”ޑިޓުވާ” ތޫފާން ހއ. ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށްކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުން މިއަދު ބުނީ، ”ޑިޓުވާ” ތޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުގައި، ސްރީލަންކާގެ އުތުރު އައްސޭރިފަށާއި ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނު ސަރަހައްދުގައި ކަމަށެވެ. […]

ޔުމްނާ ޢަލީ
ޕީއެސްއެމްގެ އެމްޑީ ނަސްރީން އިސްތިއުފާ ދެއްވައިފި

ޕީއެސްއެމްގެ އެމްޑީ ނަސްރީން އިސްތިއުފާ ދެއްވައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ނަސްރީން އިސްތިއުފާ ދެއްވީ ކުރު މުއްދަތެއްގެ ތެރޭގައި އެ މަގާމުގައި ހިދުމަތް ކުރެއްވުމަށް ފަހުގަ އެވެ. ނަސްރީން ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އޭނާ، އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެ އެވެ. ދައުލަތުގެ މީޑިއާއާ ގުޅިވަޑައިގެންނެވިތާ 15 އަހަރު ވެފައިވާ […]

ޔުމްނާ ޢަލީ
މޫސުމީ މި ކާރިސާއަކީ މޫސުމީ ބަދަލުތައް އިތުރުވަމުންދާކަމުގެ ހިތާމަވެރި އިންޒާރެއް: ރައީސް

މޫސުމީ މި ކާރިސާއަކީ މޫސުމީ ބަދަލުތައް އިތުރުވަމުންދާކަމުގެ ހިތާމަވެރި އިންޒާރެއް: ރައީސް

މޫސުން ގޯސްވުމުގެ ސަބަބުން ދެކުނު އިރުމަތީ އޭޝިޔާގެ އެކި ޤައުމުތަކަށް ކުރިމަތިވަމުންދާ ހިތާމަވެރި ހާދިސާތަކާ ގުޅިގެން، ރައީސް ޑރ މުޙައްމަދު މުޢިއްޒު އެ ޤައުމުތަކަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ މި ކާރިސާތަކަކީ މޫސުމީ ބަދަލުތައް އިތުރުވަމުންދާކަމުގެ ހިތާމަވެރި އިންޒާރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައި، ތައިލެންޑް، އިންޑޮނޭޝިޔާ އަދި ވިއެޓްނާމްގައި މޫސުން ގޯސްވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ،...

ޔުމްނާ ޢަލީ
ހައިވޭގައި ހިނގި އެކްސިޑެންޓްގައި ދިވެހި ފިރިހެނަކަށާއި އިންޑިއާ އަންހެނަކަށް އަނިޔާވެއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓްގައި ދިވެހި ފިރިހެނަކަށާއި އިންޑިއާ އަންހެނަކަށް އަނިޔާވެއްޖެ

ހުޅުމާލެއިން މާލެއަށް ދާ ހައިވޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން ދިވެހި ފިރިހެނަކަށާއި، ސައިކަލްގެ ފަހަތުގައި އިން އިންޑިއާ އަންހެނަކަށެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2025 ނޮވެމްބަރު 29 ވަނަ ދުވަހުގެ ހެނދުނު 09:00 ހާއިރު ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހަ...

ޔުމްނާ ޢަލީ
ދިއްދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި

ދިއްދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި

ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ. މި ގޮފި ހުޅުވައިދެއްވީ މިރޭ ދިއްދޫ އިސްލާމީ މަރުކަޒުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގ...

ޔުމްނާ ޢަލީ
އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ފޭސް 3 ހިއްކުން ހަލުވިކޮށްފި

އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ފޭސް 3 ހިއްކުން ހަލުވިކޮށްފި

ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކުރުމުގެ ގޮތުން، އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވަނީ މި މަސައްކަތުގެ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ވެސް އާންމުކުރައްވާފައެވެ. ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ކުރިން ވެސް މި މަސައްކަތް ހަލުވިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ނޮވެމްބަރު 25، 2025 ދުވަހުގެ ރޭ މާލޭގެ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވައި...

ޔުމްނާ ޢަލީ
ރައީސްގެ ތަހުނިޔާ ދިއްދޫ ރައްޔިތުންނަށް، ރޯދައިގެ ކުރިން އެކިރަށްރަށުގައި 15 ވަރަކަށް މިސްކިތް ހުޅުވޭނެ

ރައީސްގެ ތަހުނިޔާ ދިއްދޫ ރައްޔިތުންނަށް، ރޯދައިގެ ކުރިން އެކިރަށްރަށުގައި 15 ވަރަކަށް މިސްކިތް ހުޅުވޭނެ

ރާއްޖޭގެ އެކި ރަށްރަށުގައި ބިނާ ކުރަމުން އަންނަ 15 ވަރަކަށް މިސްކިތުގެ މަސައްކަތް ނިންމައި، އަންނަ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ހުޅުވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ. ރައީސް މިކަން ހާމަކުރެއްވީ، ހއ. ދިއްދޫގައި މިއަދު ހުޅުވުނު އިސްލާމީ ދާއިރާގެ ތަންތަން ހުޅުވުމުގެ މުނާސަބާގައި އެރަށުގެ ރައްޔިތުންނަށް ފޮނުއްވި ތަހްނިޔާގެ މެސެޖެއްގައެވެ. ދިއްދޫގައި މިއަދު ހުޅުވުނު އިސްލާމީ މަރުކަޒުގައި ހިމެނެނީ މިސްކިތަކާއި، އިސްލާމީ ކުތުބުޚާނާއަކާއި، ކީރިތި ޤުރުއާނާ ބެހޭ ޤައ...

ޔުމްނާ ޢަލީ