ނ. ލަންދޫ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް، ރައީސްގެ ވައުދުފުޅެއް ފުއްދަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ނ. ލަންދޫގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތްދޭން ފަށައިފިއެވެ. މިއީ 1100އެއްހާ މީހުންގެ އާބާދީއެއް އޮންނަ ލަންދޫގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ލިބިގެންދިޔަ ބޮޑު ލުޔެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ ކުރިން މި މަރުކަޒުން ޚިދުމަތް ދެމުން އައީ ދުވާލަކު 16 ގަޑިއިރަށެވެ. މި ބަދަލާއެކު، ރައްޔިތުންނަށް ކޮންމެ ވަގުތެއްގައިވެސް ޞިއްޙީ އެހީތެރިކަން ހޯދުމުގެ ފުރުޞަތު މިހާރު މިވަނީ ފަހިވެގެންގޮސްފައެވެ....