މަޑުއްވަރީގައި އައިސް ޕްލާންޓް ބަހައްޓައިދޭނެ ބަޔަކު ހޯދަން އަލުން ބީލަމަށް ލައިފި އެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކ. ގާފަރާއި ރ. މަޑުއްވަރީގައި އައިސް ޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން މިދިޔަ މަހު ބީލަމަށް ހުޅުވާލުމުން ލިބުނު އަގު ބޮޑުކަމަށް ފެންނާތީ މިހާރު ވަނީ އަލުން ބީލަމަށް ލާފަ އެވެ. އިއުލާނުގައިވާ ގޮތުން، ޝައުގުވެރިވާާ ފަރާތްތަކުން 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ އެވެ. މި […]
އިބްރާހިމް އަސްވާޤް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ބޭއްވެވި ‘މިލަދެކުނު އަދަބީ ޢީދު 2019’ ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިރޭ މަނަދޫ ބަނދަރު ސަރަޙައްދުގައި ބޭއްވެވި މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޢީދުގެ އަދަބީ އެކި މުބާރާތްތަކުން 1 ވަނައަށް އައި ދަރިވަރުންނާއި ސްކޫލްތަކަށް ހަނދާނީ ލިޔުމާއި އިނާމު ޙަވާލުކޮށްދެއްވާފައެވެ. އަދި މި އަދަބީ ޢީދުގައި ތަރި ލިބުނު ސްކޫލުތަކަށް އިނާމު ދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. އަދަބީ ޢީދަކީ ދި...
އިބްރާހިމް އަސްވާޤް
އެމްޓީސީސީގެ ފެރީތަކުގައި ބޭނުންކުރާ “އެއާ ސިކްނެސް ބޭގް” ކަރުދާހަށް ބަދަލުކޮށްފިއެވެ. މޫދާއި ކަނޑަށް އެޅޭ ޕްލާސްޓިކް ކުނި މަދު ކުރުމުގެ ގޮތުންނާއި އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުގެ ގޮތުން އަދި ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ފެށުމެއްގެ ގޮތުން އެ ކުންފުނިން އެޅި ފިޔަވަޅެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެއާ ސިކްނެސް ބޭގް އާއްމުކޮށް ބޭނުން ކުރަނީ ދަތުރުމަތީގައި ހޮޑުލެވޭ މީހުން ހޮޑުލުމަށެވެ. މި ކޮތަޅު އާއްމުކޮށް ދޫކޮށްލަނީ ކަނޑަށެވެ. އެހެންކަމުން، […...
އިބްރާހިމް އަސްވާޤް
ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު މާލެ އަތޮޅު ގުޅިފަޅުގައި ޤާއިމު ކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައިކަމަށާއި ނޭޝަނަލް ޑްރަގް އޭޖެންސީ މިހާރު ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ، ޒަމާނީ ވަސީލަތްތަކާއިއެކު ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކޮށް ޚިދުމަތް ފުޅާ ކުރުމަށްޓަކާ ނޭޝަނަލް ޑްރަގް އެޖެންސީގެ އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނެޝަނަ...
ޔުމްނާ ޢަލީ
ހުޅުމާލެ ފަތާ ޓްރެކް ސަރަހައްދުގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ތަރައްގީކުރި ޕަބްލިކް ފާހާނަތައް މިއަދު ހުޅުވައިފިއެވެ. އެޗްޑީސީން ބުނީ މި ޕަބްލިކް ފާހާނަ ބަރީގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ފާހާނަ ހުންނާނެ ކަމަށާއި ނުކުޅޭދޭ މީހުންނަށް ހާއްސަ ފާހާނަ ހުންނާނެ ކަމަށެވެ. އަންހެނުންނަށް ހާއްސަ ފާހާނާގައި އަރާމުކޮށް އިށީނދެ އިނދެވޭނެ ގޮތަށް ގާތުން ކިރުދޭ ކޮޓަރިއެއް ގާއިމްކޮށް މި ކޮޓަރީގައި ނެޕީ ބަދަލުކުރުމަށް މޭޒަކާއި މޫނު ދޮންނަ ތަށި ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފިރިހ...
އަފްރާހް އަބްދުލް ރަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަށް މިއަދު ހަވީރު ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މަނަދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ‘މިލަދެކުނު އަދަބީ ޢީދު 2019’ ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް މަނަދޫއަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާއަށް ނ. މަނަދޫއިން މަރުޙަބާ ދެންނެވުން pic.twitter.com/jerCLJ3wF9 — The President's Office (@presid...
އިބްރާހިމް އަސްވާޤް
ގުޅިފަޅުގައި ތަރައްގީކުރާ އިންޓަނޭޝަނަލް ޕޯޓުގެ ކޮންސަލްޓެންސީ މަސައްކަތް އެއް މިލިއަން ޑޮލަރަށް ހަވާލުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީ ބުނީ ކޮންސަލްޓެންސީ މަސައްކަތް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށް ކަމަށެވެ. އެއީ ޑެންމާކްގެ ކުންފުނި ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ކުންފުންޏަށެވެ. މި މަސައްކަތުގެ ސަބް ކޮންސަލްޓެންޓުންނަކީ ވޯޓާ ސޮލިއުޝަންސް އަދި ކްލެރިއަން މޯލްޑިވްސް އަދި ބީޗް ރޮކް ވެން...
އަފްރާހް އަބްދުލް ރަޝީދު
“ދައްކާ ބިރަކަށް” އިންޝާﷲ އަޅުގަނޑެއް ފަހަތަކަށް ނުޖެހޭނެކަމަށާއި ނުފޫޒުން އެއްކިބާވެހުރެ އިމިގްރޭޝަން ގާނޫން ފުރިހަމައަށް ތަންފީޒުކުރާނެކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ހުރުމަށް އިމިގްރޭޝަން އިން ދޫކުރި ވިސާއާ ހިލާފުވި ބަންގްލަދޭޝް މީހަކު އިމިގްރޭޝަން އިން ޑީޕޯޓު ކޮށްލުމަށް އަލިއަޅުއްވާ ލައްވާ ހަނަފީ އިތުރަށް ބުނެފައިވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯއްދާނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހްގެ މިވެރިކ...
ޔުމްނާ ޢަލީ
ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު ކަމަކީ، ހިކުމަތްތެރި، މުރާލި ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުންކަމަށާއި އެފަދަ ބަޔަކު އުފެއްދޭނީ އެ ސިފަތައް ހުރި ޓީޗަރުންނަށް އޮންނަ ހުރުމަތް މަތިކޮށް މޮޅު ދަރިވަރުން ޓީޗަރުންނަށް ވާން އިނާޔާތް ދީ އަބުރުވެރިކަމާއެކު އުޅެވޭނެ އާމްދަނީއެއް ދީގެން ކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. މިިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން، ގައުމީ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން...
އިބްރާހިމް އަސްވާޤް
ސަރުކާރުގެ މުޅި މިސްރާބު އަމާޒު ކޮށްފައި ހުރީ، ރާއްޖެއަށް ބޭނުންވާ މަތީ ފެންވަރުގެ އިންސާނީ ވަސީލަތްތައް ޤާއިމުކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިދިޔަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިޔުން ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅުދައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކި މަރ...
ޔުމްނާ ޢަލީ
ސަގާފީ ތަރިކައިގެ ބިލާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ސަޤާފީ ތަރިކައިގެ ބިލަކީ މިއަހަރުގެ އޯގަސްޓްމަހުގެ 28 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. ސަޤާފީ ތަރިކައިގެ ބިލަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައ...
އިބްރާހިމް އަސްވާޤް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، މައްޗަންގޮޅި ތިބްރޯޒް މުޙައްމަދު ޖިނާޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ. މުޙައްމަދު ޖިނާޙަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މުޙައްމަދު ޖިނާޙް މީގެ ކުރީން ހުންނެވީ ގްރީން ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ ޖެނެރަލް މެނޭޖަރުކަމުގެ މަޤާމުގައެވ...
އިބްރާހިމް އަސްވާޤް
ހއ. ކެލާ ބަނދަރުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީގެ ވެހިކަލްތައް މިއަދު ގެނެސްފިއެވެ. ކެލާ ބަނދަރު ހެދުމަށް ހައުސިން މިނިސްޓްރީން ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ދެހާހަށް ވުރެ ބޮޑު އާބާދީއެއް ކެލާގައި ދިރިއުޅޭއިރު ކުރިން އެރަށުގައި އޮތީ 400 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރެކެވެ. ނަމަވެސް ކެލާގެ އާބާދީއާއި، ދުއްވާ ކަނޑުއުޅަނދު ފަހަރާ އަޅާބަލާއިރު ބަނދަރުގެ ދަތިކަން ރައްޔިތުން ދިޔައީ ތަހައްމަލު […]
އަފްރާހް އަބްދުލް ރަޝީދު
މިނެއް، ހަމައެއް، ހައްދެއް ނެތި އޮތްހާކަމެއް މާލެއަށް ޖަމާ ކުރުމަކީ މާލޭގައި ހުރި ބޮޑެތި މައްސަލަ ތަކުގެ އަސްލުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ. އަލީ ހުސައިން މިހެން ވިދާޅުވީ މާލޭ ސިޓި ކައުންސިލުން އިއްޔެ އޮތް ބައްދަލު ކުރެއްވުމަކަށް އިސާރާތް ކުރައްވައެވެ. އަލީ ހުސައިންގެ ޓުވީޓުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގައި ލާމަރުކަޒީީ ނިޒާމު ޤާއިމު ކުރުމުގައި މާލޭ ސިޓީ ކައުންސިލަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަމަށެވެ. ދިވެހިރާްއްޖޭގައި ލ...
އިބްރާހިމް އަސްވާޤް
އަޅާނުލެވި އޮތް 57 ސްކޫލްގެ ތެރޭގައި އަސާސީ ހިދުމަތް ނުލިބޭ ސްކޫލްތައްވެސް ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާތިޔާ ވިދާޅުވީ، ރާއްޖޭގައި ވަރަށް ބޮޑަށް އެހީވާންޖެހޭ ސްކޫލްތައް އެބަހުރި ކަމަށާއި، ހުރިހާ ސްކޫލެއް އޮތީ އެއް ފެންވަރެއްގައި ނޫން ކަމަށެވެ. އަޅާނުލެވި އޮތް 57 ސްކޫލްގެ ތެރޭގައި އަސާސީ ހިދުމަތް ނުލިބޭ ސްކޫލްތައްވެސް ހިމެނޭ، ޓީޗަރުންނާއި ދަރިވަރުން ބޭނުންކުރާނެ ފާހާނާއެ...
ޔުމްނާ ޢަލީ