"ދައްކާ ބިރަކަށް" އިންޝާﷲ އަޅުގަނޑެއް ފަހަތަކަށް ނުޖެހޭނެކަމަށާއި ނުފޫޒުން އެއްކިބާވެހުރެ އިމިގްރޭޝަން ގާނޫން ފުރިހަމައަށް ތަންފީޒުކުރާނެކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހުރުމަށް އިމިގްރޭޝަން އިން ދޫކުރި ވިސާއާ ހިލާފުވި ބަންގްލަދޭޝް މީހަކު އިމިގްރޭޝަން އިން ޑީޕޯޓު ކޮށްލުމަށް އަލިއަޅުއްވާ ލައްވާ ހަނަފީ އިތުރަށް ބުނެފައިވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯއްދާނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހްގެ މިވެރިކަމުގައި ކަމަށާއި އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނީ ރައްޔިތުންގެ ހިދުމަތުގައި ކަމުގައެވެ.
ޓޫރިސްޓު ވިސާގައި އައިސް ފިލައިގެން ރާއްޖޭގައި އުޅޭ ބިދޭސިންގެ އަދަދު ވަނީ އިތުރުވެފައިވާއިރު މިރޭ ޑީޕޯޓުކޮށްލި މީހާއަކީ ކޮން މަސައްކަތެއް ކުރަން ރާއްޖެ އައި މީހެއް ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.
އިމިގްރޭޝަނުން ރޭވެސް ވަނީ ގަވައިދާ ހިލާފަށް ބިދޭސިން ރެކްރޫޓު ކުރުމުގައި އުޅުނު ބަންގްލަދޭޝްގެ ފިރިހެނަކު ޑީޕޯޓުކޮށްލައިފަ އެވެ. "މާސްޓާ" ކިޔާ ބަންގްލަދޭޝްގެ އެމިހާ އަކީ ގިނަ އަދަދެއްގެ ބިދޭސީންތަކެއް ގަވައިދާ ހިލާފުވުމަށް މެދުވެރިވި ސަބަބެއް ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު ވަނީ ވިދާޅުވެފަ އެވެ.
އިމިގްރޭޝަނުން ބުނީ މިއަހަރުގެ މިހާތަނަށް ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 11 މީހަކުވެސް ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!