Skip to main content
Topic Archive

#އިމިގްރޭޝަން

21 Stories filed
ބެކްލޮގުގައި އޮތް 2،600 ޕާސްޕޯޓު ކްލިއާކޮށް، އާދިއްތައިގައި ފުރިހަމަ ޚިދުމަތް ފަށަނީ
Raajje

ބެކްލޮގުގައި އޮތް 2،600 ޕާސްޕޯޓު ކްލިއާކޮށް، އާދިއްތައިގައި ފުރިހަމަ ޚިދުމަތް ފަށަނީ

ޕާސްޕޯޓު ބުކްލެޓް ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން މެދުކެނޑުމެއް އައިސްފައިވާ ޕާސްޕޯޓުގެ ޚިދުމަތް، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ފުރިހަމައަށް ލިބެމުންދާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތަށް އެޅުނު ހުރަހުގެ ސަބަބުން މިހާރު ބެކްލޮގުގަ...

ހަނިމާދޫގައި އިމިގްރޭޝަން އޮފީހެއް ހުޅުވައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ހަނިމާދޫގައި އިމިގްރޭޝަން އޮފީހެއް ހުޅުވައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ހދ. ހަނިމާދޫގައި މޯލްޑިވިސް އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި ޕާސްޕޯޓްގެ ޚިދުމަތް ރޭ ފަށައިފިއެވެ. ހަނިމާދޫ ކައުންސިލުން ބުނިގޮތުގައި އިމިގްރޭޝަން ހަނިމާދޫ ޕާސްޕޯޓް ކަލެކްޓިންގ ޕޮއިންޓް 17 ޑިސެމްބަރ 2025 ވީ ބުދަ ދުވަހުގެ ރޭ ވަނީ ހުޅުވާފައެވެ. އެހެންކަމުން ޕާސްޕޯޓުގެ ޚިދުމަތް ހަނިމާދޫ އިމިގްރޭޝަން އޮފީހުން ލިބެމުންދާނެކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ. އިމިގްރޭޝަންގެ އޮފީހެއް ގާއިމުކުރުމަށް ހަނިމާދޫ ކައުންސިލް އިދާރާގެ ތެރެއިން ކައުންސިލުން ވަނީ އިމިގްރޭޝަނަށް އޮފީސް ޖާގަ ހަމަޖައްސައިދީފައެވެ....

ތިން ސްޕާއެއް ބަންދުކޮށް ބިދޭސީން ހިންގަމުންދިޔަ ދެ ވިޔަފާރިއެއް ހުއްޓުވައިފި
Raajje

ތިން ސްޕާއެއް ބަންދުކޮށް ބިދޭސީން ހިންގަމުންދިޔަ ދެ ވިޔަފާރިއެއް ހުއްޓުވައިފި

މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ހިންގަމުން އަންނަ ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ދެނެގަތުމާއި، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން މާލޭގައި ހުރި ތިން ސްޕާ/ސެލޫން ބަންދުކޮށް އަދި ބިދޭސީން ހިންގަމުން ދިޔަ ދެ ވިޔަފާރިއެއް ހުއްޓުވައިފިއެވެ. އިމިގްރޭޝަނުން ބުނިގޮތުގައި ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރޭ ވަނީ މާލޭގައި ހިންގަމުން...

ހަތަރު މަސާޖު ޕާލާއަކަށް ވިޔަފާރި ހުއްޓުވުމުގެ ނޯޓިސްދީ ތިން ބިދޭސީ އަންހެނުން ހައްޔަރުކޮށްފި
Raajje

ހަތަރު މަސާޖު ޕާލާއަކަށް ވިޔަފާރި ހުއްޓުވުމުގެ ނޯޓިސްދީ ތިން ބިދޭސީ އަންހެނުން ހައްޔަރުކޮށްފި

މާލޭގައި ހިންގަމުން އައި ހަތަރު މަސާޖު ޕާލާއަކަށް ވިޔަފާރި ހުއްޓުވުމުގެ ނޯޓިސްދީ، ޤަވާއިދާ ޚިލާފަށް އުޅުނު ތިން ބިދޭސީ އަންހެނުން ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ހިންގަމުންދާ ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން ހިންގި ކަމެކެވެ. މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދިޔަ 4 މަސާޖު ޕާލާއެއް ވަނީ ބަލައިފާސްކޮށްފ...

އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23 އިން ފެށިގެން
Raajje

އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23 އިން ފެށިގެން

އީ-ވިސާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ މި ނޮވެންބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. މި ޚިދުމަތް ރަސްމީކޮށް 10 ނޮވެންބަރު 2025 ގައި ތަޢާރަފްކޮށްފައިވީނަމަވެސް، އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުޙަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އެޕްލިކޭޝަންތައް ބަލައިގަތުން ފަށާނީ 23 ނޮވެންބަރު 2025 އިން ފެށިގެން ކަމަށް އިމިގްރޭޝަނުން ނެރުނު މެސެޖެއްގައި ބުނެފަވެއެވެ. އީ-ވިސާއަށް އެދި ހުށަހެޅުމަށް ޢަމަލުކުރަންޖެހޭ ގޮތުގ...

ސެޕްޓެމްބަރު މަހު އަތޮޅުތަކުގައި 960 ޕާސްޕޯޓު ހައްދައިދިން
Raajje

ސެޕްޓެމްބަރު މަހު އަތޮޅުތަކުގައި 960 ޕާސްޕޯޓު ހައްދައިދިން

މިދިޔަ ސެޕްޓެމްބަރު މޯލްޑިވްސް އިމިގްރޭޝަނުން 3884 ޕާސްޕޯޓު ހަދައިދީފައިވާކަމަށް އެ އިދާރާގެ ތަފާސް ހިސާބުން ދައްކައިފިއެވެ. އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބުން އެނގޭގޮތުގައި މީގެ ތެރެއިން އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އިމިގްރޭޝަންގެ އޮފީސްތަކުން 960 ޕާސްޕޯޓު ވަނީ ހަދައިދީފައެވެ. އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އިމިގްރޭޝަންގެ 18 އޮފީހަކުން ޕާސްޕޯޓު ދޫކޮށްފައިވާއިރު މީގެ ތެރެއިން މިދިޔަ މަހު އެންމެ ގިނަ ޕާސްޕޯޓު ދޫކޮށްފައި ވަނީ އައްޑޫ ސިޓީގެ މަރަދޫގައި ހުންނަ އިމިގްރޭޝަން އޮފީހުންނ...

ނ. މަނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
Raajje

ނ. މަނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ނ. މަނަދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަނަދޫގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި ސިޔާސަތުގެ ދަށުން މ...

ބުޅާމަހުން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ މީހާ، ބޯބާލަން ގޮސް ހުއްޓާ ހައްޔަރުކޮށްފި
Raajje

ބުޅާމަހުން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ މީހާ، ބޯބާލަން ގޮސް ހުއްޓާ ހައްޔަރުކޮށްފި

ބުޅާމަހުގެ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ އިޢުލާނު ކޮށްފައި ވަނިކޮށް އިމިގްރޭޝަން އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން އޭނާ ހޯދައި މިހާރު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފުލުހުން...

ޕާސްޕޯޓު ގެއްލުމުން ކުރާ ޖޫރިމަނާ ކުޑަކޮށްފި
Raajje

ޕާސްޕޯޓު ގެއްލުމުން ކުރާ ޖޫރިމަނާ ކުޑަކޮށްފި

ދިވެހި ޕާސްޕޯޓު ގެއްލުމުން ކުރާ ޖޫރިމަނާ ކުޑަކޮށްފިއެވެ. މި ޖޫރިމަނާ ކުޑަކޮށްފައިވަނީ ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދަށް ގެނައި އެއްވަނަ އިސްލާހުގެ ދަށުންނެވެ. ޕާސްޕޯޓު ގެއްލުމުން، އަލުން އައު ޕާސްޕޯޓެއް ހައްދަން ނަގާ ޖޫރިމަނާ 2،000 ރުފިޔާއަށް ވުރެ ބޮޑުނުވާ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދު ވަނީ އިސްލާހުކޮށް، މިއަދު ވަނީ ގެޒެޓުކޮށްފައެވެ. ކުރިން ގަވާއިދުގައި އޮންނަ ގޮތުން، ޕާސްޕޯޓު ގެއްލިއްޖެ ނަމަ 5،000 ރުފިޔާއާއި 20،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ. އަދި ދެވަނަ […]

ބާޖެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި
Raajje

ބާޖެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ބާޖެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ އިދާރާ އިން ވިދާޅުވީ މިއީ އިންޑޮނޭޝިއާ އިން ރާއްޖެއަށް ދަތުރުކުރަމުން އައި ޓަގްބޯޓެއްގެ ކަފުގައި އޮތް ބާޖެއް ކަމަށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އެ ގައުމުން ރާއްޖެ އަށް ދަތުރުކުރަމުން އައި ޓަގު ބޯޓު (މުތާ ކޮރަލް) ފަހަތުގައި އޮތް ބާޖުގައި ބަޔަކު އުޅޭކަން ފާހަގަކުރެވިގެން އެކަން ޓަގުބޯޓުގެ ފަރާތުން ރިޕޯޓްކުރުމުން، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވ...

66 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
Raajje

66 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

66 ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނީ މިއީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގައި 14 ތަނެއް ބަލައި، ފާސްކޮށްފައިވާ ކަމަށާއި އިމިގްރޭޝަންގެ ބެލުުގެދަށަށް ގެންދިޔަ ބިދޭސީން މިހާރުތިބީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޑިޓެންޝަނަށް ސެންޓަރުގައި ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 65 މީހަކާއި އިންޑިއާގެ މީހެއްކަމަށް އިމިގްރޭޝަނުން ބުނ...

ވިސާގެ ހިދުމަތް ދެން ދޭނީ ކުރީގެ ސްޓާސިނަމާ އިމާރާތުން
Business

ވިސާގެ ހިދުމަތް ދެން ދޭނީ ކުރީގެ ސްޓާސިނަމާ އިމާރާތުން

މޯލްޑިވްސް އިމިގްރޭޝަންގެ ވިސާ ޑިވިޝަން ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ބަދަލުކޮށްފިއެވެ. އިމިގްރޭޝަނުން ބުނީ މާދަމާއިން ފެށިގެން ވިސާ އާއި ގުޅޭ ހުރިހާ ހިދުމަތެއް ދެމުންދާނީ ކުރީގެ ސްޓާ ސިނަމާ ހިންގި މ. ސްޓާ ކުލައުޑުގެ އަށްވަނަފަންގިފިލާގައިކަމަށެވެ. އަދި މި ބަދަލާއެކު އިމިގްރޭޝަނުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަވާނެ ކަމަށްވެސް އެ އިދަަރާއިން ބުންޏެވެ. ވިސާ އާއި ގުޅޭ ހިދުމަތްތައް އިމިގްރޭޝަނުން މިހާރު ދެނީ އޮންލައިންކޮށެވެ. އެގޮތުން ބިޒްނަސް ވިސާ، ސްޕެޝަލް ވިސާ، މެރިއޭޖް ވިސާ، […]

އާ އަހަރުގެ ފުރަތަމަ ފަތުވެރިޔާއާއެކު ''މޯލްޑިވްސް ބޯޑަރ މައިލްސް" ފަށައިފި
Raajje

އާ އަހަރުގެ ފުރަތަމަ ފަތުވެރިޔާއާއެކު ''މޯލްޑިވްސް ބޯޑަރ މައިލްސް" ފަށައިފި

މިފެށުނު، 2021 ވަނަ އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއާއެކު މޯލްޑިވްސް ބޯޑަރ މައިލްސް’ ޕްރޮގްރާމް ފަށައިފިއެވެ. މިއީ މުޅި ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމަކީ ކޯވިޑް19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނެގުމާއެކު، މިނިސްޓްރީ އ...

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއެއް ހުއްޓުވައިފި
Raajje

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއެއް ހުއްޓުވައިފި

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއެއް ހުއްޓުވާފައިވާ ކަމަށް މޯލްޑިވްސް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ. މިގޮތުން ހިފެހެއްޓި އެއް 2 ބިދޭސީންނަކީ ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ދެ ބިދޭސީއެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މީގެ އިތުރުން ހިފެހެއްޓި3 ވަނަ ބިދޭސީ މީހާއަކީ ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑު ބޭނުންކޮށް އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި މީހެއް ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ. މި ތިން ބިދޭސީންނާއި ގުޅޭ އ...

ރާއްޖޭގެ ފަތުރުވެރިކަން: ނޮވެމްބަރު މަހުގެ ޢަދަދުތަކުން އައު އުންމީދެއް
Raajje

ރާއްޖޭގެ ފަތުރުވެރިކަން: ނޮވެމްބަރު މަހުގެ ޢަދަދުތަކުން އައު އުންމީދެއް

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލައި، ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ސަރުކާރާއި، ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު މަހުން މަހަށް އިތުރުވެގެން ދިޔުމަކީ މުޅި ރާއްޖޭގެ އިޤްތިޞާދަށް ދިރުންލިބި، އުންމީދު އާލާވެގެންދާ ކަމެކެވެ. މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަ...