ރާއްޖެ ހުޅުވާލި ފަހުން 27 ހާހަށްވުރެ ގިނަ ފަތުރުވެރިން
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލި ފަހުން ވޭތުވި ތިންމަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް27،217 ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި އަދަދަކީ މިއަހަރުގެ އޯގަސްޓުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުންވެރިންގެ އަދަދާއި އަޅާ ބަލާއިރު %56 އިތުރު ވުމެއް ކަމަށެވެ. މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން، 15 ވަނަ ދުވަހާއި ހަމައަށް 8350 ފަތުރުވެރިން ވަނީ ރާއްޖެ...