“މޯލްޑިވްސް އިންޓަރނޭޝަނަލް ފިއުޗަރ ސީރީޒް 2019” ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުއްވައިދެއްވައިފި “މޯލްޑިވްސް އިންޓަރނޭޝަނަލް ފިއުޗަރ ސީރީޒް 2019” ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުއްވައިދެއްވައިފިއެވެ. މި މުބާރާތް ހުޅުއްވައިދެއްވުމަށް ފަހުބޭއްވެވި ރަސްމިއްޔާތުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައެވެ މިރަސްމިއްޔާތު މިއަދު އޮތީ މާލޭ ކުޅިވަރު އެކުވެނީގ...
އިބްރާހިމް އަސްވާޤް
ރާއްޖޭގައި ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ވަރަށް ބާރަށް ފެތުރޭކަމަށް ތަޖުރިބާކާރު ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ. އައިޖީއެމްއެޗްގެ ސީނިއާ ޕެޑިއަޓްރިޝަން އެއްގެ މަޤާމުގައި ހުންނަވާ ޑރ.ފައިސަލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. “އަތާއި ފަޔާއި އަނގާގެ ބިހިތައް ބާރަށް އެބަފެތުރޭ ޢަލާމާތްތައް ފެނިއްޖެނަމަ އިސްކޫލަށް ނުފޮނުވާ. ގިނަކުދިން ކުޅޭއެއްޗެހިތައް، ދޮރުގެ އަތްގަނޑުތައްކަހަލަ ގިނައިން އަތް ޖެހޭތަންތަން ރަނގަޅަށް ސާފުކުރައްވާ” ފައިސަލްގެ ޓުވީޓުގައި ވިދާޅު...
ޔުމްނާ ޢަލީ
އައްޑުއަތޮޅާއި ފުވައްމުލަކު އަތޮޅު، ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާމެދު މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މި ދެ އަތޮޅަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ، ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ފޮނުވުމުގެ އެންމެބޮޑު ބޭނުމަކީ ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކ...
އިބްރާހިމް އަސްވާޤް
ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކޮށް ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުމަށާއި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު...
އިބްރާހިމް އަސްވާޤް
އ.ދ.ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް) ގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓެޓިވް، ޑޮކްޓަރ މުނީރު ސަފިލްޑިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މުލީއާގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ޑޮކްޓަރ މުނީރު ސަފިލްޑިން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދ...
އިބްރާހިމް އަސްވާޤް
ޕާކުކުރުމުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ މާލޭގައި، އަގު ދީގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސަން ނިންމައިފިއެވެ. މާލޭ ސިޓީ ކައުންސިލުގެ 74 ވަނަ ބައްދަލުވުމުގައި މިގޮތަށް ނިންމާ، މި އުސޫލު މިއަދުވަނީ ކައުންސިލުގެ ވެބްސައިޓުގަޔާއި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެކައުންސިލުން އެކުލަވާލާފައިވާ އުސޫލުގައިވާގޮތުން، އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރެވޭނީ މ. ދަންޑެހެލުގެ (ސުޕްރީމް ކޯޓު ކުރިމަތީގައި) ހަދާފައިވާ ޕާކިންގ ޒޯނު...
Thiladhun
ކޮންމެ މީހަކީވެސް ޤައުމަށްޓަކައި، އަމިއްލަ ދިރިއުޅުމަށްޓަކައި، މަސައްކަތްތެރި މީހަކަށް ވުމުގެ އަޒުމް ކަނޑައަޅައި، ރާއްޖޭއަކީ އުފެއްދުންތެރިކަމުން ކުރިއަރާފައިވާ ޤައުމަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު، “ފަންނު އެކްސްޕޯ 2019” ލޯންޗް ކުރުމުގެ ގޮތުން މިރޭ ނެޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފު...
އިބްރާހިމް އަސްވާޤް
އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއަށް ފަންޑުކުރުމަށް އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. އޯއައިސީގެ ކުއްލި ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހޮނިހިރު ދުވަހުގެ ރޭ ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށްފަހު، މިއަދު ވަނީ ޔޫއޭއީގެ އަބޫދާބީއަށް ވަޑައިގެންފައެވެ. ޔޫއޭއީގައި ޝާހިދު ވަނީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާއި ބައްދަލު ކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި...
ޔުމްނާ ޢަލީ
ގްރޭޓާ މާލެ ގުޅާލުމުގެ މަޝްރޫއުއަށް ފަައިސާ ހޯއްދަވަން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓާއި ޚާރިޖީ ވަޒީރު ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ. އޯއައިސީގެ ކުއްލި ބައްދަލުވުމަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ހޮނިހިރު ދުވަހުގެ ރޭ ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށްފަހު، މިއަދު ވަނީ ޔޫއޭއީގެ އަބޫދާބީއަށް ވަޑައިގެންފައެވެ. ޔޫއޭއީގައި ޝާހިދު ވަނީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާއި ބައްދަލު ކުރައްވާފައެވެ. ފޮރިން މިނިސްޓ...
ޔުމްނާ ޢަލީ
ރަށްރަށުން އަންނަ ފެރީތަކަށް ހާއްސަ ޓާމިނަލެއް މާލޭގައި ހެދުމަށް، ހަމަޖައްސާފައިވާކަމަށް، މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ އިންޑަސްޓްރިއަލް ވިލެޖްގައި ފެރީ ޓާމިނަލެއް ހަދަން ނިންމީ ރަށްރަށުން އަންނަ ހުރިހާ ފެރީތަކެއް އެމްއެމްއެމްއޭ ސަރަހައްދަށް ކައިރިކުރަން ޖެހޭތީ، އޭގެ ސަބަބުން އާއްމުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. އަދި ޓާމިނަލްގެ އަމަލީ މަސައްކަތް، އަންނަ ހަފްތާގައި ފަށަން ހަމަޖެހިފައިވާ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފ...
Thiladhun
5 ސެޕްޓެންބަރު 2019 ވީ ބުރާސްފަތި ދުވަހު ބޭއްވެވި، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 47 ވަނަ ޖަލްސާއިން ފާސްކުރެއްވި މަސްވެރިކަމާ ބެހޭ ބިލް، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފިއެވެ. މިއަދު ރައީސް ސޯލިހް ތަސްދީޤުކުރެއްވި މި ބިލަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާޙައުލާއި، ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ބެހޭ ބިލެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވ...
Thiladhun
ކަނޑުމަހުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް (ސާމްޕްލަރ) ހޯދަން އިއުލާނުކޮށްފިއެވެ. ސަރުކާރުގެ ގެޒެޓްގައި ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވޯލްޑް ބޭންކާއި ދިވެހި ސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގާ މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓްގައި ހިންގޭ ކަނޑުމަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމްގެ ދަށުން ބޮޑުކަންނެލީގެ މަސްވެރިކަމުން މައުލޫމާތު ނެގުމަސް ދެ ސާމްޕ...
އަފްރާހް އަބްދުލް ރަޝީދު
މާލެ ސިޓީގައި ތޮއްޖެހުން ކުޑަކޮށް، ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކަމާބެހޭ މުއައްސަސާތަކާ މިއަދު މަޝްވަރާކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މާލޭގެ މަގުތަކުގައި އިތުރަށް ޖާގަހެދުމާ، ބާރުބޮޑުވެ އުޅަނދުފަހަރު ދުއްވުމުގެ އިތުރުން ހިނގާބިނގާވާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ޤަވާއިދާ ޚިލާފަށް ޕާކުކުރުމުގެ...
އިބްރާހިމް އަސްވާޤް
މިހާރު ރާއްޖޭގައި ހިންގާ ޖާނަލިޒަމް ކޯސްތައް ހަރުދަނާކޮށް، އިންވެސްޓިގޭޓިވް ޖާނަލިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ނޫސްވެރިކަމުގެ އެވޯޑް 2018 ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ނޫސްވެރިކަން ތަރައްޤީކުރުމަށް މި ސަރުކާރުގެ ސިޔާސަތުތަކެއް ހުރިކަން ފާހަގަކުރައްވައި އެއީ ހެ...
އިބްރާހިމް އަސްވާޤް
އދ.ގެ އާއްމު މަޖިލީހުގައި، ފަލަސްތީނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި، އެޤައުމާ ގުޅުންހުރި ގަރާރުތަކުގައި، އެޤައުމާ އެއްކޮޅަށް ވޯޓު ދެއްވާ، އެޤައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހެދުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ މައި ޖަމިއްޔާ، އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދުވަނީ، ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ. T...
Thiladhun