އެމްޓީސީސީގެ ފެރީތަކުގައި ބޭނުންކުރާ "އެއާ ސިކްނެސް ބޭގް" ކަރުދާހަށް ބަދަލުކޮށްފިއެވެ.

މޫދާއި ކަނޑަށް އެޅޭ ޕްލާސްޓިކް ކުނި މަދު ކުރުމުގެ ގޮތުންނާއި އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުގެ ގޮތުން އަދި ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ފެށުމެއްގެ ގޮތުން އެ ކުންފުނިން އެޅި ފިޔަވަޅެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

Ad
rt

އެއާ ސިކްނެސް ބޭގް އާއްމުކޮށް ބޭނުން ކުރަނީ ދަތުރުމަތީގައި ހޮޑުލެވޭ މީހުން ހޮޑުލުމަށެވެ. މި ކޮތަޅު އާއްމުކޮށް ދޫކޮށްލަނީ ކަނޑަށެވެ. އެހެންކަމުން، މިއީ ކަނޑަށް ދޫކޮށްލެވޭ ޕްލާސްޓިކް ކޮތަޅު މަދުކުރުމަށް އެމްޓީސީސީން އެޅިި ވަރަށް މުހިންމު ފިޔަވަޅެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެވްރެޖްކޮށް މަހަކު 26،000 ފަސިންޖަރުން އެމްޓީސީސީގެ ފެރީ ތަކުގައި ދަތުރު ކުރެ އެވެ. މިއީ އަހަރަކު ގާތްގަޑަކަށް 9.5 މިލިއަން ފަސިންޖަރުންނެވެ.