މަޑުއްވަރީގައި އައިސް ޕްލާންޓް ބަހައްޓައިދޭނެ ބަޔަކު ހޯދަން އަލުން ބީލަމަށް ލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކ. ގާފަރާއި ރ. މަޑުއްވަރީގައި އައިސް ޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން މިދިޔަ މަހު ބީލަމަށް ހުޅުވާލުމުން ލިބުނު އަގު ބޮޑުކަމަށް ފެންނާތީ މިހާރު ވަނީ އަލުން ބީލަމަށް ލާފަ އެވެ.

Ad
rt

އިއުލާނުގައިވާ ގޮތުން، ޝައުގުވެރިވާާ ފަރާތްތަކުން 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ އެވެ. މި ފީ ބަލައިގަންނާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި މަސައްކަތާ ބެހޭ ހުރިހާ ލިޔެކިޔުންތައް، މާދަމާ އިން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

ބީލަން ހުޅުވުން އޮންނާނީ، ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، އަންނަ މަހުގެ 3 ވަނަ ދުވަހު ހެނދުނު 10:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަ ޖަލްސާކުރާ މާލަމުގަ އެވެ. ބީލަން ހުށަހަޅާއިރު، 30،000ރ. ގެ ބިޑު ސެކިއުރިޓީއެއް ހުށަހަޅަން ޖެހެ އެވެ.

މި ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމަށް އަށް މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާ ސަރުކާރުން ވަނީ ރާއްޖެ އަށް ހަމަޖައްސައިދީފަ އެވެ.