ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން، ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ، އަތޮޅު ބުރުގެ މެޗުތަކުގެ ތެރެއިން ހދ. އަތޮޅު ބުރުގެ މެޗުތައް މިރޭ ފެށުމަށް ހަމަޖެހިއްޖެއެވެ.

ހދ. އަތޮޅުގެ ފަރާތުން މި މުބާރާތުގައި ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ، ކުމުންދޫ، ނޭކުރެންދޫ، ނައިވާދޫ ނޮޅިވަރަންފަރު، މަކުނުދޫ، ނެއްލައިދޫ އަދި ކުޅުދުއްފުއްޓެވެ.

Ad
rt

ހދ. އަތޮޅުގެ ބުރު ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ފުރަތަމަ ގުރޫޕުގައި ހިމެނެނީ ކުމުންދޫ، ނޭކުރެންދޫ، ނައިވާދޫ އަދި ނޮޅިވަރަންފަރެވެ. ދެވަނަ ގްރޫޕުގައި ހިމެނެނީ މަކުނުދޫ ނެއްލައިދޫ އަދި ކުޅުދުއްފުއްޓެވެ.

މިރޭ ހދ. އަތޮޅު ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވާއިރު، ގުރޫޕު އެކެއްގެ ދެ މެޗު މިރޭ ކުޅެވޭނެއެވެ. އެއީ ކުމުންދޫ އާއި ނޭކުރެންދޫ ބައްދަލު ކުރާ މެޗާއި ނައިވާދޫ އަދި ނޮޅިވަރަންފަރު ބައްދަލުކުރާ މެޗެވެ. ފުރަތަމަ މެޗު 21:15 ގައި ފެށުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗު ފަށަން ހަމަޖެހިފައިވަނީ 22:15 ގައެވެ.

މާދަމާ، ހދ.ގެ ދެވަނަ ގުރޫޕުގައި ހިމެނޭ މަކުނުދޫ އާއި ނެއްލައިދޫގެ މެޗެއް އޮންނާނެއެވެ.

މި މުބާރާތުގެ މަކުނޫދޫ ދާއިރާގެ ޓީމްތަކުގެ މެއިން ސްޕޮންސަރަކީ ޑައިރެކްޓް ލޮޖިސްޓިކްސް އެވެ.