މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުން ކުރެވޭ ގޮތް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކުރުމާމެދު ދެ ގައުމުން މަޝްވަރާކޮށްފިއެވެ. ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ މި މަޝްވާރަތަށް ކޮށްފައެވެ. ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭނެފަދަ މިއުޗުއަލް ރެކޮގްނިޝަން އެގްރީމެންޓް އެއްގައި ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި. pic.twitter.com/YvFCSa2vJr — Ministry of Tra...
އިބްރާހިމް އަސްވާޤް
ދިވެހި ޒުވާނުންނަށް އަދި ވަކިން ޚާއްޞަކޮށް ދިވެހި އަންހެން ކަނބަލުންނަށް ބޭނުންވަނީ ވަޒީފާގެ ބާޒާރުގައި ފުރުޞަތުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ފަރުކޮޅުފުށީގައި ކުރިޔަށްދާ ޖޮބް ފެއާއަށް ޒިޔާރަތްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ކުރިޔަށްދާ މި ޖޮބް ފެއާއަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއް...
އިބްރާހިމް އަސްވާޤް
މިނިމަމް ވޭޖާއި އެކު މިއަންނަ އަހަރު، ރައްޔިތުން ޓުއަރިޒަމް އާއި މެދު ދެކުނު އުންމީދުތައް ބަދަލުކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ޓުއަރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ސަރުކާރު އައި އިރު އެއްވެސް ލިޔެކިޔުމެއްވެސް ފެންނަން ނެތް ކަމަށެވެ. އެހެންނަމަވެސް މިހާރު ހުރިހާ ރަށަކާއި ބެހޭ ހުރިހާ މައުލޫމާތެއް ހޯދާ ނިމިފައި ވާކަމަށެވެ. އެގޮތުން ހުރިހާ ރަށެއްގެ ސެކިޔުރިޓީ ކަންކަން ހުރި […]
Thiladhun
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަތަން ދަސްކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ބީއެމްއެލް ފެތުން ތަރިން” ޕްރޮގުރާމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ބައެއް މަސައްކަތްތައް ފަށައިފިއެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ފަތަން ދަސްކޮށްދިނުމަށް، މި ޕްރޮގުރާމުގައި ހަރަކާތްތެރިވާނޭ ކޯޗުންނަށް ޚާއްޞަ ސެޝަންތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. ބީއެމްއެލް އިން ބުނި ގޮތުގައި މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ބައ...
Thiladhun
ޓޫރިޒަމް ދާއިރާގެ ޖޮބްފެއާ ފަރުކޮޅު ފުށީގައި އިއްޔެ ފެށިއިރު ސްކޯލަޝިޕްގެ 11 ފުރުސަތާއި 100 އަށްވުރެ ގިނަ އިންޓާންޝިޕް ފުރުސަތު އޮންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. އިއްޔެ ފަރުކޮޅުފުށީގައި ފެށި މި ޖޮބްފެއާ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާއިރު ސްކޯލާޝިޕްތަކާއި އިންޓާންޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޓޫރިޒަމް ދާއިރާގެ 67 ރިސޯޓް ބައިވެރިކޮށްގެން ފެށި މި ފެއަރގައި ފެއާގައި ދިވެހިންނަށް ހާއްސަކޮށްގެން 500 އަށްވުރެ ގިން ވަޒީފާ ވަނީ ހުޅުވ...
އިބްރާހިމް އަސްވާޤް
ޢާއިލީ ޢަދުލުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލުހޯދުމަށް ޓަކައި “ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް”ގެ ނަމުގައި ސިމްޕޯޒިއަމެއް މިއަދު ފަށައިފިއެވެ. ޖުޑީޝަލް އެކެޑަމީ އާއި ޔުނިސެފް މޯލްޑިވްސްއާއި ފެމިލީ ކޯޓާއި ފެމިލީ ލީގަލް ކްލިނިކް ގުޅިގެން، ބަނޑޮސް މޯލްޑިވްސްގައި މި މަހުގެ 27 އިން 30 އަށް ކުރިއަށް ގެންދާ މި ސިމްޕޯޒިއަމް އިފްތިތާޙްކޮށް ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީއެވެ. 3 […]
އިބްރާހިމް އަސްވާޤް
ނެތިހިނގައިދާނޭ ކަމުގެ ބިރުއޮތް ދިރުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލު ކުރުމުގެ މުއާހަދާ ނުވަތަ ” ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޯރާ ” (ސައިޓީސް) ގެ 18 ވަނަ ކޮންފަރަންސް އޮން ޕާރޓީސް (ކޮޕް18) ގައި ރާއްޖެއިން އާންމުގޮތެއްގައި އެކްސްޕޯރޓްކުރާ ހުއިފިލަނޑާގެ ދެބާވަތެއް ކަމުގައިވާ ފަޅުބަޓާއި ކަނޑުބަޓު ހިމެނޭ ގޮތަށް 3 ބާވަތެއްގެ ހުއިފިލަނޑާ ސައިޓީސް ކޮންވެންޝަންގެ އެޕެންޑިސް 2 ގައި ލިސްޓް ކުރަން ނިންމައިފިއެވެ. މިނިންމުން […...
ޔުމްނާ ޢަލީ
މިހާރު ދިވެހިންގެ އަމާޒަކަށް ވާންވީ، ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަޤްބޫލުކަމުގެ ފައިދާ، މިހާރަށްވުރެވެސް ފުޅާ ގޮތެއްގައި، ވަކިވަކި ފަރުދުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައި، ފަރުދުންގެ އިޤްތިޞާދަށް އެނގުންވާނެ ފަދައިން ރަށު ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތ...
އިބްރާހިމް އަސްވާޤް
ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ނުވަތަ އީއައިއޭ ހެދުމަކާ ނުލައި މަޝްރޫޢުތަކެއް ފަށާފައިވުމުގެ ސަބަބުން، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ފެނަކަ ކޯޕަރޭޝަން ޖޫރިމަނާ ކޮށްފިއެވެ. އީޕީއޭ އިން ފެނަކަ ޖޫރިމަނާ ކޮށްފައިވަނީ އީއައިއޭ ހެދުމަކާ ނުލައި ފަސް ރަށެއްގެ އިންޖީނުގެ ހެދުމުގެ މަސައްކަތް ފަށާފައިވުމުންނެވެ. އެ އެޖެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 4/93، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން އެކ...
Thiladhun
މަޝްހޫރު ހިޓްމޭން ސީރީޒްގެ ގޭމް “ހިޓްމޭން 2” ގެ އާ ލޮކޭޝަންގައި ރާއްޖޭގެ ރިސޯޓެއް ހިމަނައިފިއެވެ. ގޭމްގައި ރާއްޖޭގެ ރިސޯޓު ހިމަނާފައިވާ ލޮކޭޝަން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޑައުންލޯޑްކުރެވޭނެއެވެ. މި ރިސޯޓަކީ ފިކްޝަނަލް ރިސޯޓެކެވެ. މާނަ އަކީ އެ ރިސޯޓަކީ އަސްލު ރާއްޖޭގައި އޮންނަ ރިސޯޓެއް ނޫނެވެ. އެމީހުން ރިސޯޓަށް ދީފައި އޮތް ނަމަކީ “ހޭވެން އައިލެންޑް” އެވެ. މި އާ ލޮކޭޝަންގެ މިޝަން ފަށާނީ މިދިޔަ ޖޫން މަހުގައި އެ މީހުންގެ ކުރީގެ މިޝަން […]
އަފްރާހް އަބްދުލް ރަޝީދު
ދުނިޔޭގެ އެންމެ ފުރަތަމަ “ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން” އަކީ ދިވެހިރާއްޖެ ކަމުގައި އިޢުލާނުކޮށްފިއެވެ. މިކަން އިޢުލާނުކޮށްފައިވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްދިޔަ ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތަކާބެހޭ ވިޔަފާރި ފޯރަމުގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއަދު ބޭއްވި މި ދަންފަޅީގައި ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ކުރިމ...
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާއިރު، އޮޅުވާލާފައިވާ ސައްޙަ ނޫން ލިޔެކިޔުންތައް ހުށަހަޅާކަން ފާޙަގަވެފައި ވާކަމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓް އިން ބުނެފިއެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ފަދަ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށާއި، އަދި މިހާރު އެ ފަރާތްތައް، މޯލްޑިވްސް ޕޮލިސް ސާވިސް އަށް ރިޕޯޓްކޮށްފައ...
Thiladhun
ޓުއަރިޒަމް މިނިސްޓްރީން ކުރިޔަށް ގެންދިޔަ މުވައްޒަފުންގެ ސާވިސް ޗާޖާއި ގުޅޭ އިންސްޕެކްޝަން ނިމިއްޖެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި، އޮފަރޭޝަން ހިންގުނީ ދިވެހި ރާއްޖޭގެ ދިފާއީ ބާރާއި ފުލުހުންނާއި ގުޅިގެންކަމަށާއި، އިންސްޕެކްޝަންގައި ޖުމްލަ 1061 ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން ބަލާފާސްކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވ...
Thiladhun
މި އަހަރުގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފެންޝަން އޮފީހާއި މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން ގުޅިގެން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ. “ތްރީ ޖެނެރޭޝަން ވޯކް” ގެ ނަމުގައި އުމުރުން ދުވަސްވީ މީހުންނާއި އާއިލާތައް ބައިވެރިވާ މިހިނގާލުމުގެ ބޭނުމަކީ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮކަމާއި އުފާވެރިކަންމަތީ އުޅުމަށް ކުރެވެން ހުރިކަންކަމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އުމުރުން ދުވަސްވީ މީހުން މުޖުތަމައަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކ...
އަފްރާހް އަބްދުލް ރަޝީދު
ޓޫރިޒަމް ދުވަހާއި ގުޅިގެން ދިވެހިންނަށް 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިއަންނަ ހުކުރު ދުވަހު ބާއްވާ، ޓުއަރިޒަމް ޖޮބް ފެއާރ އަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޖޮބް ފެއަރއަށް ވެގެން ދާނެކަމަށެވެ. އެގޮތުން ފަރުކޮޅު ފުށީގައި ބާއްވާ މި ފެއާގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ހިލޭ ދަތުރު ވެސް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. “ޖޮބްފެއާގައި […]
Thiladhun