މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން އެ ސިޓީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު މާލޭގައި ހިންގި މާރާމާރީ އާއި އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ފުލުހުންގެ ހިދުމަތުން ފަށާފައިވާ ކަމަށެވެ. މިގޮތުން އައްޑޫގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުންގެ އިތުރު...
މުޙައްމަދު
ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އދ. ދިގުރަށު ކުނި ގޮނޑުން ފެނިއްޖެއެވެ. ފުލުހުން ބުނީ، އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދު 09:20 އެހާކަންހާއިރުއެވެ. ”މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން.” ފުލުހުން ބުންޏެވެ. އެ ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެ...
ތިލަދުން
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރަން މިރޭ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް ވިދާޅުވި ގޮތުގައި އެ ޖަލްސާ އޮންނާނީ މިރޭ 8:30 ގައެވެ. މަޖިލިހުގެ ނައިބު ރައީސް ކަމުން އީވާ އިސްތިއުފާ ދެއްވާފައި ވަނީ އޭނާއާ ދެކޮޅަށް މަޖިލިހަށް ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ގެންދަނިކޮށެވެ. އީވާ މަގާމުން ވަކި […]
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރަން މަޖިލިހަށް ހުށަހެޅި އިތުބާރުގެ މައްސަލައިގެ ވޯޓުގެ ކުރިން އީވާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. 50 މެމްބަރުންގެ ސޮޔާއެކު އީވާ މަޖިލީހުގެ ނައިބު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ހުށަހެޅީ 13 ނޮވެމްބަރު 2023 ގައެވެ. މި މައްސަލައިގެ ނޯޓިސް އީވާ އަށް ފޮނުވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މަޖިލީހުގެ ގަވައިދު ބުނާ […]
ޔުމްނާ ޢަލީ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގުން ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާ ހަވާލުކޮށްފިއެވެ. ރައީސް އޮފީހުން ބުނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގުން ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި ހަވާލުކޮށްފައިވާ ކަމަށެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގަން ދިފާއީ ވަޒީރާއި ހަވާލުކުރެއްވީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ 23 ނޮވެމްބަރު 2023 ގައި ޗުއްޓީއެއްގައި ރާއްޖެއިން ބ...
ޔުމްނާ ޢަލީ
ކިޔެވުމެކޭ އެއްވަރަށް ކުޅިވަރުގައި ވެސް ކުދިން ކުރިއަށްގެންދިއުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ރައީސްގެ އަނބިކަނބަލުން ސާޖިދާ މިހެން ވިދާޅުވީ، އިއްޔެ ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބޭއްވި ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓް 2023 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުދިންގެ ހެދިބޮޑުވުމުގައި ކުޅިވަރަކީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ފަސްޓްލޭޑީ މެޑަމް ސާޖިދާގެ...
ޔުމްނާ ޢަލީ
އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއާއި ގުޅިގެން އެ މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. 1 ޑިސެމްބަރު 2023 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ މާރާމާރީއަކާއިގުޅިގެން އެކަން އެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އެ އިދާރާއިން އިއްޔެ މެންދުރުފަހު ވަނީ ހާމަކޮށްފައެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން 30 އަހަރުގެ ދިވެހި ފިރިހެނެއް ޒަޚަމްވެފައިވާ ކަމަށާއި، މީހާގެ [...
ޔުމްނާ ޢަލީ
” އެންމެ ކުޑައިރުއްސުރެ ދޮންމަންމަ އަހަރެމެންނަށް ކުރަމުންދާ އަނިޔާ ބައްޕައަށް ފެންނާނެ! ބައްޕަގެ ކުރިމަތީގައިވެސް އެވަރަށް އެއްޗެހި ގޮވާ އަނިޔާވެސް ކުރޭ! އެކަމަކު އޭރުވެސް… މިހާރުވެސް… ދޮންމަންމައަށް ވިސްނައިދިނުމުގެ ބަދަލުގައި ބައްޕަ ވިސްނައިދެނީ އަހަރެމެންނަށް! މިއަދު ހިތަށް އަރާ އަހަރެމެންގެ މަންމަ އެހާ އަވަހަށް އަހަރެމެން ދޫކޮށްފައި ދިޔައީ ކީއްވެބާވައޭ؟” ޖުމާގެ ޖުމްލައިން ވާހިދަށް ދެލޯ މަރާލެވުނެވެ. އެއާއެކު ޖުމާ ދުއްވައިގަތީ ދޮރާއި ދިމާލަށެވެ. އޭނާ ދިޔަ ގޮތަކަށް ގެއިން ނިކުތުމުން ޒާރާއަށްވ...
ސަލާމާ ޢަބްދުލް ޢަލީމް
ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ބޭއްވުނީ ކާމިޔާބު ބައްދަލުވުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މިހާރު ކުރިއަށްދާ “ކޮޕް28″ ގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަތަމަ ފަހަރަށް އިއްޔެ ބައްދަލުކުރައްވައި، އެކިކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. ރައީސް @MMuizzu އާއި އެކު މިއަދު ކާމިޔާބު ބައްދަލުވުމެއް ވަނީ ކުރިއަށްގޮސްފައިއެވެ.އިންޑިއާއާއި ރާއްޖޭގެ އެކުވެރިކަން ފުޅާކުރެވޭނ...
މުޙައްމަދު
ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުން ހިނގާ ޚަރަދު ދަތުރުފުޅު ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރަން ރައީސް ނިންމަވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސް ވަނީ ހަމަޖައްސަވާފަ ކަމަށެވެ. ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތް ރައީސް މުޢިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުޅެއް […]
ޔުމްނާ ޢަލީ
މާލޭ ސިޓީގެ މޭޔަރު ހޮވުމަށާއި، ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރުމަށް ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި އެއިން ކޮންމެ މަގާމަކަށް ވާދަކުރަން ފޯމު ހުށަޅުއްވާފައި ވަނީ އެންމެ ބޭފުޅެއްކަމުން ޕްރައިމަރީއަކަށް ނުގޮސް އެ ބޭފުޅުންނަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެއްޖެއެވެ. އެމްޑީޕީން މިއަދު ބުނީ، މާލެ ސިޓީ ކައުންސިލްގައި ހުސްވެފައިވާ މަޤާމްތަކަށް ޝައުޤުވެރިކަންފާޅު ކުރުމަށް އެ ޕާޓީން ހުޅުވާލި މުއްދ...
ޔުމްނާ ޢަލީ
މިއަހަރު ދުނިޔޭގެ ޓްރެވެލް ޕާސަނަލިޓީގެ އެވޯޑު ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަށް ލިބިވަޑައިގެންފިއެވެ. މައުސޫމަށް މި އެވޯޑު ލިބިވަޑައިގަތީ ވޯލްޑް ޓްރެވަލް އެވޯޑު ހަފްލާގައެވެ. މި ހަފްލާގައި ދޭ ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔާގެ އެވޯޑަކީ ކޮންމެ އަހަރަކުވެސް ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ޝަހުސިއްތަށް ދޭ އެވޯޑެވެ. ނިމުނު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މައުސޫމް އެ މަގާމަށް އައްޔަނުކުރެއްވީ 2020 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އޭނާގެ ވަޒީރު […]
އަޙްމަދު ވަހީދު
އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކެއްގެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ބުނީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް […]
މުޙައްމަދު
ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2023ގެ ވޯލްޑް ލީޑިން ހަނީމޫން ރިސޯޓަކަށް ހއ. އަތޮޅުގެ އެންމެ އުތުރު ބިތުގައި އޮންނަ ޖޭއޭ މަނަފަރު ރިސޯޓު ހޮވިއްޖެއެވެ. 82 ކޮޓަރި/ވިލާ ހުންނަ ފަސް ތަރީގެ މަނަފަރަށް ވަނީ 2021 ވަނަ އަހަރު ވެސް އެ މަގާމު ލިބިފައެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2023 ހަފްލާ ބާއްވާފައި ވަނީ ރޭ އެކުވެރި އިމާރާތުގެ ދުބާދީގެ “ބްރުޖް އަލް އެރެބް” ހޮޓެލް ގައެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2023 ވޯލްޑް ލީޑިން ހަނީމޫން […]
ޔުމްނާ ޢަލީ
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިން ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމްގެ އިސްތިއުނާފީ މައްސަލަ ވަކި ގޮތަކަށް ނުނިމި އޮއްވައި ހައި ކޯޓުން ރިސެސް އަށް ހިނގައްޖެއެވެ. ހައި ކޯޓުން ބުނީ އެ ކޯޓުގެ ގަވައިދުގެ ހަތަރު ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިއްޔެ އިން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށް ރިސެސް އަށް ދިއުމަށް […]
މުޙައްމަދު
ލަސްތީނަށް އެހީތެރިވުމަށް ފަންޑް ރައިޒް ކުރުމަށް އާބަންކޯ ބާއްވާ ހަރަކާތަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބު ބޮޑުކަމަށާއި، އެހެންވެ މިއަދާއި މިރޭ ވެސް މިހަރަކާތުގައި ހިމެނޭ ޖަމްބަލް ސޭލް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އާބަންކޯގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ބާއްވާ ފަންޑް ރެއިސިންގް އިވެންޓް އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު، އެ ކުންފުނިން ބުނީ އެ ކުންފުނީގެ މުވައްޒަފުން އިސްނަގައިގެން ލަސްތީނަށް އެހީތެރިވުމަށް ބޭއްވުނު ފަންޑް ރެއިސިންގް އިވެންޓ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ ވިލާތަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ދަތުރުފުޅު ކާމިޔާބު ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށް ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފިއެވެ. ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވި ކަމަށްޓަކައި މާތް ﷲ ސުބުހާނަހޫ ވަތައާލާ އަށް ހަމްދުކޮށް އެމަނިކުފާނަށް ވަރަށް އިހްލާސްތެރިކަމާއެކު ކޯލިޝަންގެ ލީޑަ...
މުޙައްމަދު
ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ މަގާމު ހަތަރު ވަނަ ފަހަރަށް ރާއްޖެ ދިފާއުކޮށްފިއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލްއަގްވާމީ އެންމެ ޝަރަފުވެރި އެވޯޑް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ “ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން” ހަތަރު ވަނަ ފަހަރަށް ރާއްޖެ އަށް ލިބުނުކަން އިއުލާން ކުރީ ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ވަނަތަކަށް އެވޯޑް ދިނުމަށް ރޭ ބޭއްވި ގްރޭންޑް ފައިނަލް ހަފްލާގައެވެ. އެކުވެރި އިމާރާތުގެ ދުބާދީގެ “ބްރުޖް އަލް އެރެބް” ހޮޓެލްގައި ބޭއްވި މިހަފްލާގައި ރާއްޖެ މި...
ޔުމްނާ ޢަލީ