މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,457 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 870 ވަނަ ޞަފްޙާ

ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ރައީސްގެ އަރިހުގައި ގާސިމް އެދިވަޑައިގެންފި

ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ރައީސްގެ އަރިހުގައި ގާސިމް އެދިވަޑައިގެންފި

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ރާއްޖޭގެ ކަނޑުން ގެއްލުނުބައި އަނބުރާ ހޯދަން ހަލުވި މަސައްކަތްތަކެއް ވިސްނުންތެރިކަމާއެކު ފައްޓަވައިދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި،  ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން 28 އޭޕްރީލް...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން (6)

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން (6)

” އަހަރެން މިރަށުން ދާނީ ޒާރާ ގޮވައިގެން” މުއާޒްގެ ޖުމްލައިން ޒާރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއާއެކު އޭނާގެ މޫނުމަތިން ހާސްކަމުގެ އަސަރުތައް މުއާޒަށް ފެނުނެވެ. ” އުނހު! މިހާރަކު ނޫން.. މިހާރަކު އަހަންނަކަށް ނުދެވޭނެ.. އެހެން ނޫނަސް މުއާޒް ތި ދައްކަނީ ކުޑަކަމެއްގެ ވާހަަކައެއް ނޫނެއްނު..” ތެޅިގަނެފައި ޒާރާއަށް ބުނެވުނެވެ. ” އެކަމަކު..ތިގޭގައި އެންމެ ހިނދުކޮޅަކުވެސް ޒާރާ ބަހައްޓާކަށް އަހަންނަކަށް ކުޅަދާނައެއް ނޫނޭ.. ޤަބޫލުކޮށްބަލަ! އަހަރެން ޒާރާދެކެ މިވާ ލޯބީގެ މިންވަރު ޚުދު އަހަންނަށްވެސް ބުނެދޭ...

ސަލާމާ ޢަބްދުލް ޢަލީމް
ހަނިމާދޫ ކައުންސިލް ޤުރުއާން ކްލާހުގައި އަންނަ ހަފްތާގައި ކިޔަވައިދޭން ފަށަނީ

ހަނިމާދޫ ކައުންސިލް ޤުރުއާން ކްލާހުގައި އަންނަ ހަފްތާގައި ކިޔަވައިދޭން ފަށަނީ

ހދ. ހަނިމާދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ފެށުމަށް ހަމަޖެހިފައިވާ ޤުރުއާން ކްލާހުގައި އަންނަ ހަފްތާގައި ކިޔަވައިދޭން ފަށަން ނިންމައިފިއެވެ. ހަނިމާދޫ ކައުންސިލްގެ ޤުރުއާން ކުލާސް ހިންގުމަށް އެ ކައުންސިލާއި ހދ.ނޮޅިވަރަމް، ގުލްހަޒާރުގެ އައިމިނަތު ހުސެއިންއާއި އެކު މިއަދު ވަނީ އެގްރިމެންޓްގައި ސޮއި ކޮށްފައެވެ. ހަނިމާދޫ ކައުންސިލުން މިދިޔަ އޮކްޓޯބަރ މަހު މި ކްލާހަށް ބައިވެރިން ހޯދަން އިއުލާން ކުރިއިރު، އެ ފުރުޞަތުގެ ދަށުން 91 ދަރިވަރުން ވަނީ ކްލާހުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާފައެ...

އިބްރާހިމް ޚަލީލް
ސަރުކާރު ހިންގާ އިއްތިހާދުގެ މާލޭ މޭޔަރު ޓިކެޓް އާޒިމާއަށް

ސަރުކާރު ހިންގާ އިއްތިހާދުގެ މާލޭ މޭޔަރު ޓިކެޓް އާޒިމާއަށް

މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބު (ބައި-އިލެކްޝަން)ގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައި، އެ އިއްތިހާދުގެ ޓިކެޓް  ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިއްޖެ އެވެ. އާޒިމާއަށް ސަރުކާރު ހިންގާ އިއްތިހާދުގެ ޓިކެޓް ކަށަވަރުވީ، މާލޭ މޭޔަރުގެ ބައި-އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީ އިއްތިހާދު ތަމްސީލްކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ހަމަވިއިރު، އެކަމަށް އާޒިމާ އެކަނި ކުރިމަތިލައްވާފައ...

ޔުމްނާ ޢަލީ
ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ވެރިއަކަށް ކުރީ ސަރުކާރުގައި ވެސް އެ މަގާމު ހުރި މަރީ ހަމަޖައްސައިފި

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ވެރިއަކަށް ކުރީ ސަރުކާރުގައި ވެސް އެ މަގާމު ހުރި މަރީ ހަމަޖައްސައިފި

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ވެރިއެއްގެ ގޮތުގައި، ކުރީ ސަރުކާރުގައި ވެސް އެ މަގާމު ހުންނެވި މަރިޔަމް ހަބީބު (މަރީ) ހަމަޖައްސައިފިއެވެ. މަރީ އަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް ނޮޅިވަރަމް ސިއްހީ މަރުކަޒަށް ޢައްޔަނުކުރައްވާފައި ހުންނެވި ސިޔާސީ ވެރިޔާއެވެ. ކުރީ ސަރުކާރުގައި މަރީ ހުންނެވީ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސްގެ މަގާމުގައެވެ. ރައީސް ޞާލިޙްގެ ސަރުކާރު ނިމުމާއެކު މަރީ ޢައްޔަނުކޮށްފައިވާ މަޤާމުވެސް ނިމުމަކަށް އައިސްފައިވަނިކޮށް، މަރީ އަލުން ނޮޅިވަރަމް ސިއްހީ މަ...

ޔުމްނާ ޢަލީ
ދިވެހި ފުޓްބޯޅަ ލެޖެންޑް ހުރާ އައްޔަ ބާއްވާ ފުޓްސަލް މުބާރާތް ފަށައިފި

ދިވެހި ފުޓްބޯޅަ ލެޖެންޑް ހުރާ އައްޔަ ބާއްވާ ފުޓްސަލް މުބާރާތް ފަށައިފި

ދިވެހި ފުޓްބޯޅަ ލެޖެންޑް، ރާއްޖޭގެ ގައުމީ ޓީމަށާއި، ފުރަތަމަ ޑިޥިޝަން ގިނަ ޓީމްތަކަކަށް ކުޅެފައިވާ މަޝްހޫރު ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ ޝިޙާމް (ހުރާ އައްޔަ) އިންތިޒާމްކޮށްގެން ފުޓްސަލް މުބާރާތް ރޭ ފަށައިފިއެވެ. އައްޔަގެ ރަށް، މާލެ އަތޮޅު ހުރާގައި ”ހުރާ އައްޔަ ފުޓްސަލް ފިއެސްޓާ” ގެ ނަމުގައި ކުރިއަށް ގެންދާ ފޯރިގަދަ މި ފުޓްސަލް މުބާރާތަކީ ހުރާގައި ފުޓްބޯޅަ މުބާރާތެއް ނުބާއްވާތާ ދިގު މުއްދަތެއް ފާއިތުވުމަށްފަހު ބާއްވާ މުބާރާތެކެވެ. އަދި މިއީ މި މުބާރާތް (ހުރާ […]

ޔުމްނާ ޢަލީ
މަސްވެރިންގެ ދުވަހު ބާއްވާ، ބާރަށު ކައުންސިލް މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

މަސްވެރިންގެ ދުވަހު ބާއްވާ، ބާރަށު ކައުންސިލް މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން އެ ރަށުގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭސް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ އިޖުތިމާއީ އެއްބައިވަންތަކަން އިތުރު ކުރުމާއި، މަސްވެރިކަމުގެ ރޫހު އާލާކޮށް ދިރުވައި އަދި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމެވެ. މި މަސްރޭހުގައި 18 އަހަރުން މަތީގެ ދެ ޖިންސްގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ވާއިރ...

އިބްރާހިމް ޚަލީލް
އަރުހަމް މަރާލި މައްސަލަ އަލުން ބަލަން ހުކުމްކޮށްފި

އަރުހަމް މަރާލި މައްސަލަ އަލުން ބަލަން ހުކުމްކޮށްފި

ލޮރެންޒޯ ޕާކް ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ހއ. ހޯރަފުށީ/ނޫރީގޭ، އަހުމަދު އަރުހަމް މަރާލި މައްސަލާގައި ކުށް ސާބިތުނުވެ ސަލާމަތްވި މީހުންގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. މެއި، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި އަރުހަމް މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. މާވަށް އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު، މުހައްމަދު ސުފްޔާންގެ އިތުރުން މއ. ސީނަރީވިއު އާތިފް […]

ހުސައިން ހަބީބް
މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ހިންގަން ބޯޑެއް

މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ހިންގަން ބޯޑެއް

މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ހިންގުމަށް ބޯޑެއް އުފައްދައިފިއެވެ. “މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑު”ގެ ނަމުގައި މި ބޯޑު އުފައްދަވައި، މި ބޯޑަށް މެންބަރުން ހަމަޖެއްސެވިކަން ރައީސް އޮފީހުން ވަނީ މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކަށް އަންގާފައެވެ. ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގެ ޗެއާމަނަކީ ރާއްޖޭގެ އެތެރެ ހަށީގެ ޑޮކްޓަރު ޑރ. އަބްދުލް އަޒީޒް ޔޫސުފް އެވެ. ވައިސް ޗެއާމަނަކީ ހުސައިން ހަލީމް (ކުންނާރުގެ/ގދ.ގައްދޫ) އެވެ. ބޯޑަށް ހަމަޖައްސަވާފައިވާ ބޯޑުގައި...

ޔުމްނާ ޢަލީ
ފެނަކައިގެ ދަރަނީގެ މައުލޫމާތު ހާމަކުރަން ޖެހޭނެ: ހައިކޯޓް

ފެނަކައިގެ ދަރަނީގެ މައުލޫމާތު ހާމަކުރަން ޖެހޭނެ: ހައިކޯޓް

ފެނަކައިގެ ދަރަނީގެ ތަފްސީލްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ. ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދުތަކާއި އޭގެ ތަފްސީލްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ ނިންމުން ފެނަކައިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ފެނަކައިން ފައިސާ ދައްކަންޖެހޭ އެހެން ކުންފުނިތަކުގެ ނަންތަކާއި ތަފްސީލުތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު...

ހުސައިން ހަބީބް
ވިހެއުމަށްފަހު ކުނިގޮނޑަށް ކުއްޖާ އެއްލައިލި މަންމަ ޝަރީއަތް ނިމެންދެން ބަންދަށް

ވިހެއުމަށްފަހު ކުނިގޮނޑަށް ކުއްޖާ އެއްލައިލި މަންމަ ޝަރީއަތް ނިމެންދެން ބަންދަށް

ވިހެއުމަށްފަހު ކޮތަޅަކަށް ލައި ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ. ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އިއްޔެ ފެނިފައި ވަނީ އދ. ދިގުރަށު ކުނި ގޮނޑުންނެވެ. އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަނީ ސްރީލަންކާގެ އުމުރުން 30 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައެވެ. އޭނާ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން ބަނދުގައި ބަހައްޓަން ކޯ...

ޔުމްނާ ޢަލީ
މަންޑޭގެ އަގު ބޮޑު މުދަލާއި އެޕާޓްމެންޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ނުބެލި

މަންޑޭގެ އަގު ބޮޑު މުދަލާއި އެޕާޓްމެންޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ނުބެލި

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އެއިން ބޮޑު ފައިދާއެއް ހޯދި އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ އަގު ބޮޑު މުދާތައް އެއް އަހަރު ދުވަހަށް ހިފަހެއްޓި އަމުރު ބާތިލްކުރަން އޭނާ ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމައިފި އެވެ. މަންޑޭގެ މުދާ ހިފެހެއްޓީ ހުޅުމާލޭ ކޯޓުން ނެރުނު އަމުރެެއްގެ ދަށުންނެވެ. އެ އަމުރުގެ ދަށުން, ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ ހަތް […]

ހުސައިން ހަބީބް
މަޖިލީހަށް ވާދައެއް ނުކުރާނަން، ތާއީދު ކުރަނީ ޕީއެންސީ ކެންޑިޑޭޓަށް: ވައްޑޭ

މަޖިލީހަށް ވާދައެއް ނުކުރާނަން، ތާއީދު ކުރަނީ ޕީއެންސީ ކެންޑިޑޭޓަށް: ވައްޑޭ

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި، މަޖިލީހުގެ އިންތިޚާބުގައި ތާއީދު ކުރާނީ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓަށް ކަމަށް ހދ. ހިރިމަރަދޫ ކައުންސިލް ރައީސް މުހައްމަދު ވަހީދު (ވައްޑޭ) މިއަދު ވިދާޅުވެއްޖެއެވެ. ވިދިވިދިގެން ހަތަރު ވަނަ ދައުރު ހިރިމަރަދޫ ރައީސްކަން ކުރައްވަމުންގެންދަވާ ވައްޑޭ މިހެން ވިދާޅުވީ، އޭނާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޓިކެޓްގައި ހ...

ޔުމްނާ ޢަލީ
ރާއްޖެ-އިންޑިއާ ދިފާއީ ގުޅުން ވަރުގަދަ ކުރަން މަޝްވަރާކޮށްފި

ރާއްޖެ-އިންޑިއާ ދިފާއީ ގުޅުން ވަރުގަދަ ކުރަން މަޝްވަރާކޮށްފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ދިފާއީ ގުޅުން އިތުރަށް ވަރުގަދަ ކުރަން މިއަދު ދެ ގައުމުން މަޝްވަރާކޮށްފިއެވެ. ޑިފެންސް މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނެވެ. އަދި އިންޑިއާގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. High Commissioner of India to the Maldives H.E Munu Mahawar paid a Courtesy Call […]

މުޙައްމަދު
ޝިޔާން އާއި ޖާބިރު އެމްޑީޕީގެ ވިޕްލައިނާ ހިލާފުވި މައްސަލަ ބަލަނީ

ޝިޔާން އާއި ޖާބިރު އެމްޑީޕީގެ ވިޕްލައިނާ ހިލާފުވި މައްސަލަ ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރަން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވި ކަމަށް ބުނެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މައްސަލަ ބަލައި ދިނުމަށް އެދި ހުށަހަޅަން ނިންމައިފިއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތަރުޖަމާނު އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް މިއަދު ވިދާޅުވީ ވިޕްލައިނާ ހިލާފުވި ދެ މެންބަރުންގެ މައްސަލަ އެމްޑީޕީގެ ސެކްރެޓޭރިއަޓަށް […]

މުޙައްމަދު
ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހުން ޝަރީއަތް ނިމެންދެން ބަންދަށް

މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފިއެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން ނަމަ، މި ހަތަރު މީހުންނަކީ ވެސް މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ މީހުންނެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން […]

މުޙައްމަދު
ޕީއެންސީގެ ޕީޖީ ލީޑަރަކަށް މޫސަ

ޕީއެންސީގެ ޕީޖީ ލީޑަރަކަށް މޫސަ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް)ގެ ލީޑަރަކީ ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖުކަމަށް މިއަދު ޢިއުލާންކޮށްފިއެވެ. މިއަދު ކުރިއަށް ދާ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 25 ވަނަ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ދުވަހުގެ އެޖެންޑާ އިއްވަވަމުން ރިޔާސަތުން ހުށަހަޅާކަންކަމުގެ ތެރެއިން ވަނީ ޕީއެންސީގެ ޕީޖީ ލީޑަރަކީ މޫސާ ސިރާޖުކަން އެ ޕާޓީން […]

ޔުމްނާ ޢަލީ
ޑިމޮކްރެޓްސްގެ ފުރަތަމަ ރައީސަކަށް ހަސަން

ޑިމޮކްރެޓްސްގެ ފުރަތަމަ ރައީސަކަށް ހަސަން

ދަ ޑިމޮކްރެޓިކްސްގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ފުރަތަމަ ރައީސްގެ މަގާމު އެ ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކާމިޔާބު ކުރައްވައިފިއެވެ. ހޮނިހިރު ދުވަހު އޮތް އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ރައީސްކަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ހަސަން ކާމިޔާބު ކުރެއްވީ، އެސްޓީއޯގެ ކުރީގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދެވެ. އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާ އަށް ދިގު އިންތިޒާރެއް ކުރަންޖެހުނުއިރު، […]

ޔުމްނާ ޢަލީ