ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ދިފާއީ ގުޅުން އިތުރަށް ވަރުގަދަ ކުރަން މިއަދު ދެ ގައުމުން މަޝްވަރާކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނެވެ. އަދި އިންޑިއާގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
High Commissioner of India to the Maldives H.E Munu Mahawar paid a Courtesy Call to the Hon. Minister @mgmaumoon. Discussion focused on existing defence cooperation between the two countries. pic.twitter.com/ox831yMEzr
— Ministry of Defence (@MoDmv) December 3, 2023
އިންޑިއާ ހައި ކޮމިޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުމަކީ އެކުވެރި މާހައުލެއްގައި ކުރެވުނު ބިނާ ކުރުވަނިވި، މަޝްވަރާތަކެއް ކަމަށެވެ. މި ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމާއި ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އޭގައިވެއެވެ.
ރާއްޖޭގެ ދިފާއީ ވުޒާރާއިން ބުނީ އިންޑިއާގެ ސަފީރު، ދިފާއީ ވަޒީރުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ކުރެއްވި މަޝްވަރާތަކުގެ އަމާޒަކީ ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ދިފާއީ އެއްބާރުލުން ކަމަށެވެ.
ދިފާއީ އަދި ސަލާމަތީ އެއްބާރުލުމާ ބެހޭ ގޮތުން ދިފާއީ ވަޒީރާއި އިންޑިއާ ސަފީރު މަޝްވަރާ ކުރެއްވި އިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އިންޑިއާ އަށް ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!