އިންޑިއާއިން ރާއްޖެއަށް ދިން 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕްގެ މުއްދަތު އިތުރުކޮށްދީފި
އިންޑިއާއިން ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށް (ރޯލްއޯވަރ ކޮށް) ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައެވެ. ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ، މި ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމިއޮތްކަން ހާމަކުރުމުގެ ގޮތުން، ދިވެހި ސަރުކާރުން...