އިންޑިއާ އައުޓް ކެމްޕޭނު ހިންގެވީ ޔާމީނު: ޚަލީލު
އިންޑިއާ އައުޓް ކެމްޕެއިނުން މި ސަރުކާރު ބަރީއަވާ ކަމަށާއި، އެ ކެމްޕޭނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ފެށްޓެވި މަސައްކަތެއް ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ. ޚަލީލް މިހެން ވިދާޅުވީ، އިންޑިއާގެ “ވިއޯން ނިއުސް” އަށް ދެއްވި އިންޓަވިއުއެއްގައެވެ. ޚާރިޖީ ވަޒީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތީ ޒަމާންވީ ގާތްގުޅުމެއްކަމަށެވެ. އަދި އެގުޅުން ދެމެހެއްޓުމުގައި ދެޤައުމުންވެސް އެންމެ އިސްކަމެއްދެނީ ދެޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި އިތުބާރުކަ...