އެސްޓީއޯގެ ޗެއާޕާސަނަކަށް އާމިރު މަންސޫރު ހަމަޖައްސައިފިއެވެ. އާމިރު މަންސޫރަކީ ލިލީ އެފްއެމްބީގެ މެނޭޖިން ޑިރެކްޓަރެކެވެ. އާމިރު މަންސޫރުގެ އިތުރުން މިއަދު ވަނީ އެސްޓީއޯގެ ބޯޑަށް މުހައްމަދު މުރާދު ވެސް އައްޔަނުކޮށްފައެވެ. އައު ސަރުކާރާއެކު އެސްޓީއޯ ބޯޑަށް ވަނީ ބަދަލުތަކެއް ގެނެސަފައެވެ. އެގޮތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ ހަފްތާގައި ޝިމާދު އިބްރާހީމް ވެސް ވަނީ އައްޔަންކޮށްފައެވެ. އެސްޓީއޯގެ ބޯޑުގައި ޗެއާމަންގެ އިތުރުން ހަ ޑިރެކްޓަރުން ތިބެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ...
އަޙްމަދު ވަހީދު
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،703،204 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 12.9 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 1.5 މިލިއަން ފަތުރުވެރިންނެވެ. މި އަހަރުގ...
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް ހިންގަމުންދާ ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު އިތުރު 30 ވީލްޗެއާ ހަދިޔާކުރުމަށް ނިންމައިފިއެވެ. މިއާއެކު، 2017 ވަނަ އަހަރުން ފެށިގެން ބޭންކުން ހިންގާ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 90 އަށް ވުރެ ގިނަ ރަށެއްގެ 230 އަށް ވުރެ ގިނަ ފަރާތަށް ވީލްޗެއާ ވަނީ ހަދިޔާކޮށްފައެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު […]
އަޙްމަދު ވަހީދު
ހަޅުތާލު ކުރުމުގެ ހައްގު ހަނިކުރި ގަވާއިދަކީ ގާނޫނުއަސާސީއާ ހިލާފު ގަވާއިދެއް ކަމަށާއި ނަމަވެސް މިއަދުން ފެށިގެން ހަ މަސް ދުވަހަށް އެ ގަވާއިދަށް އަމަލު ކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މީގެ 12 އަހަރު ކުރިން 2011 ވަނަ އަހަރު ސަރުކާރުން ހަދާފައިވާ، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގެ ގަވާއިދު އޮންނަ ގޮތުން މުވައްޒަފުންނަށް ހަޅުތާލު ކުރެވޭނީ ސުލްހަވެރިކަމާ އެކު މަޝްވަރާ ކުރުމަށް ފަހު […]
ހުސައިން ހަބީބް
ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް އައްޑޫ ސިޓީގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްދާކަމަށާއި، މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި އޮޕަރޭޝަނަކީ އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހިންގާ ހާއްސަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ޑިސެމްބަރު 3 ވަނަ ދުވަހު ފަށާފައިވާއިރު، މި އޮޕަރޭޝަނުގައި މިހާތަނަށް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި 10 މީހުން ހ...
ޔުމްނާ ޢަލީ
މާލޭގެ ކެފޭއެއްގެ ތެރޭގައި ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިމި, ހުކުމާ ހަމައަށް ހިނގައްޖެ އެވެ. ޖުލައި، 2017 ގައި މާލޭގެ ކެފޭއެއްގެ ތެރޭގައި ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް، މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ […]
ހުސައިން ހަބީބް
ރައްޔިތުންގެ މަޖިލިހުގެ ދައުރު މި މަހުގެ 18 ގެ ނިޔަލަށް ދަންމާލުމަށް މަޖިލިހުން މިއަދު ފާސްކޮށްފިއެވެ. މަޖިލިހުގެ ތިން ވަނަ ދައުރު އެންމެ ފުރަތަމަ ދަންމާލަން ފާސް ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެ ދުވަހުގެ ޖަލްސާގައި ނިންމާފައި ވަނީ މާދަމާގެ ނިޔަލަށް މަޖިލިހުގެ ދައުރު ނިންމާލުމަށެވެ. މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާ ގޮތަށް އޮންނަނީ މި މަހުން ފެށިގެންނެވެ. އެކަމަކު، މިއަދުގެ ޖަލްސާގައި […]
މުޙައްމަދު
ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ތަޢުލީމާއި ތަމްރީނު ދިނުން އެންޓި ކޮރަޕްޝަން އެކެޑެމީއެއް އުފައްދައި، އެ އެކެޑަމީގެ މަސައްކަތް ފަށަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުވެއްޖެއެވެ. މާދަމާ އަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އެންޓި ކޮރަޕްޝަން ދުވަހުއެވެ. މި އެކަޑަމީގެ މަސައްކަތް ފަށަން އޭސީސީން ނިންމާފައި ވަނީ އެދުވަހުގެ މުނާސަބަތުގައި މާދަމާ ބާއްވާ ޖަލްސާ ގައެވެ. މި އެކެޑެމީގެ މަޤްސަދަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ތަޢުލީމާއި ތަމްރީނު ދިނުމުގެ އިތުރ...
ޔުމްނާ ޢަލީ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހާމަނުކުރެވިގެން އުޅެނީ ޑޮކިއުމަންޓުތައް ރަނގަޅަށް ފެންނަން ނެތީމަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ލިބުނު ލިޔުންތަކުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޔަގީން ކުރެވިފައިނުވާ ކަމަށެވެ. ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ލިބ...
މުޙައްމަދު
ރައްޔިތުންގެ މަޖިލިހުގެ ދައުރު މި މަހުގެ 18 ގެ ނިޔަލަށް ދަންމާލުމަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ. މަޖިލިހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި އަސްލަމް ވިދާޅުވީ މަޖިލިހުގެ މި އަހަރުގެ ތިން ވަނަ ދައުރު ނިމުމަކަށް އައިސްފައިވާ އިރު، ދައުލަތުގެ ބަޖެޓު ފާސް ކުރުން ހިމެނޭ ގޮތަށް މި ދައުރުގައި މަޖިލިހުން ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރި ކަމަށެވެ. މަޖިލިހުގެ ތިން ވަނަ ދައުރު އެންމެ ފުރަތަމަ […]
މުޙައްމަދު
ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ހުންނަ ޔުނާން ޔުނިވާސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ބައްދަލުކުރައްވައިފިއެވެ. “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިވެހި ދަރިވަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޔުނާން ޕްރޮވިންޝަލް ގަވަރންމަންޓް ސްކޮލަޝިޕްގެ ދަށުން ޔުނާން ޔުނިވާސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތަޢުލީމީ ކަން...
ޔުމްނާ ޢަލީ
ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދުބާއީ އަށް ކުރެއްވި ދަތުރުފުޅުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި އިންޑިއާ ސިފައިން ބޭލުމަށްވި އެއްބަސްވުން ހާމަކުރަން ގޮވާލައި އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ. އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. ކުއްލި މައްސަލަ މަޖިލިހަށް ބަލައިގަނެ، އެ މައްސަލައިގެ ބަހުސް ވަނީ ފަށައި...
ޔުމްނާ ޢަލީ
ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައިވީއެފް އާއި އައިޔޫ ފަރުވާ އަށް އާސަންދަ ލިބޭގޮތް ސަރުކާރުން ހަމަޖައްސައިދީފިއެވެ. މިކަން ޢިއުލާން ކުރެއްވީ، އިއްޔެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ރައީސް އޮފީހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއެކު އިއްޔެ ހަވީރު އޮތް މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައިވީއެފް އަދި އައިޔޫއައި ގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ނިން...
ޔުމްނާ ޢަލީ
ކޮންމެ ދުވަހަކު ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ އާޗާ ޕްރިޕެއިޑް އާއި އެކު އައިފޯން 15 ޕްރޯ މެކްސް އެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ. ޕްރިޕެއިޑް ޕްލޭން ގެންގުޅޭ ފަރާތްތަކަށް އާޗާ ޕްރިޕެއިޑް ގެ ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސް ތަކާއެކު ތައްޔާރުކުރެވިފައިވާ ވަރަށް ފުރިހަމަ ޕެކޭޖްތަކެކެވެ. އުރީދޫ ގެ އާޗާ ޕްރިޕއެޑް ޕޯޓްފޯލިއޯއަކީ ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ ގޮތައް އަދި އެއް ފަހަރު ރީޗާރޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ […]
އަޙްމަދު ވަހީދު
އިނިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ލޫޓަން ޓައުން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭ ޑެކްލަން ރައިސް ޖެހި ލަނޑުން އާސެނަލް މޮޅުވެއްޖެއެވެ. ޖުމްލަ ހަތްލަނޑު ފެނިގެންދިޔަ މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 4-3 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު އެ ޓީމަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމް އެއްވަނާގައި އޮތީ ކުޅުނު 15 މެޗުން ހޯދި 36 ޕޮއިންޓާއި […]
އިބްރާހިމް ޚަލީލް
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ވަކި ކުންފުންޏެއް ގޮތުގައި ހިންގަން ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން މި ނިންމުން ނިންމެވިއިރު، މިފްކޯ ހިންގަމުން އައީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.)ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައެވެ. މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު، ވަޒީރުންނާއެކު ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިފްކޯ އ...
ޙުސައިން ޝަހުދީ
ކުރިއަށް ހުރި އިންތިހާބުތަކުގައި ގުޅިގެން މަސައްކަތް ކުރުމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީ (އޭޕީ) މިއަދު މަޝްވަރާކޮށްފިއެވެ. އެމްޑީޕީން ބުނީ، ކުރިއަށް ހުރި އިންތިހާބުތަކުގައި އެ ޕާޓީ އާއި އަދާލަތު ޕާޓީ އާއެކު ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މިގޮތުން ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމުނުކަމަށް އެމްޑީޕީން ބުންޏެވެ. އަދާލަތު ޕާޓީއަކީ 201...
ޔުމްނާ ޢަލީ
ސަރުކާރުގެ ޚަރަދުގައި މިއަހަރު 50 މީހަކު ޙައްޖަށް ފޮނުވުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި 1000 ފަޤީރުންނަށް ހިލޭ ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަމަށެވެ، އެހެންވެ، މި މަސައްކަތް ފެށްޓެވުމުގެ ގޮތުން މިއަހަރު ފުރަތަމަ 50 މީހު...
ޔުމްނާ ޢަލީ