އެމަނިކުފާނުގެ ސަރުކާރު ކޮރަޕްޓް ނުވެ ހިންގާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ކޮމިޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ފަރާތަކުން ކޮރަޕްޝަންގެ ނުވަތަ ހިޔާނާތުގެ އަމަލެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެ ފަރާތަކާ މެދުގައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު ފަސް ޖެހުމެއް ނެތި އަޅާނެ ކަމަށެވެ. “އެކަމުގައި އަޅުގަނޑުމެން އ...
މުޙައްމަދު
އާބަންކޯއިން ހަފުތާއެއްގެ ތެރޭގައި 60 ޓަނުގެ ކުނި ނަގައިފިއެވެ. އެކުންފުނިން ބުނީ ކުންފުންޏާ އަލަށް ހަވާލުވެވަޑައިގެންނެވި މެނޭޖިންގް ޑިރެކްޓަރު ފަޒުލް ރަޝީދުގެ އިރުޝާދުގެ ދަށުން މުވައްޒަފުން ހުޅުމާލެ ގެ ވަރަށް ބޮޑު ސަރަހައްދެއް ސާފުކޮށްފައިވާ ކަމަށެވެ. އެގޮތުން 30 ނޮވެމްބަރުން ފެށިގެން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ މަސައްކަތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި ސާފުކުރި ކަމަށް އާބަންކޯއިން ބުންޏެވެ. މި މަސައްކަތުގެ ދަށުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އާއި […]
އަޙްމަދު ވަހީދު
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުރީގެ ރައީސް ޢަލީ ވަހީދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފިއެވެ. ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަން ވެސް ކުރެއްވި އަލީ ވަހީދު މިއަދު ވަނީ ”އެކްސް” މެދުވެރިކޮށް އޭނާ އެނބުރި އެމްޑީޕީއަށް ވަޑައިގެންނެވިކަން ޢިއުލާން ކުރައްވާފައެވެ. އޭނާ ވަނީ ހަތް އަހަރާއި ހަތް ދުވަހަށްފަހު އަނބުރާ ”ގެއަށް” (އެމްޑީޕީ) އަށް ”އާދެވިއްޖެ” ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ ސަރުކާރުގައި ޖޭޕީގެ ސްލޮޓެއްގައި ފަތުރުވެރިކަމާބެހޭ ވަޒީރުގެ މަގާމުގައި ހުންނަވައިގެން...
ޔުމްނާ ޢަލީ
މުއްރަތު އަލީ، ނ. މިލަދޫ/ގުމުރީގެ، ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަންފަށައިފިއެވެ. ގެއްލިގެން ހޯދަމުންދާ އުމުރުން 30 އަހަރު، މުއްރަތު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޑިސެމްބަރު 6 ވަނަ ދުވަހު ފުލުހުންނަށްވަނީ ރިޕޯޓުކޮށްފައެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު، މުއްރަތު އަލީ މަސައްކަތްކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެއެވެ. ”އޭނާ އެންމެ ފ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަށް ތިން ޑެޕިއުޓީ ވައިސް ޗާންސެލަރުން ހޯދަން ޢިއުލާންކޮށްފިއެވެ. މި މަގާމުތަކަށް ހުޅުވާލައި އެމްއެންޔޫ އިން ކޮށްފައިވާ ޢިއުލާންގައިވާގޮތުން މެ މަޤާމުގެ ކްލެސިފިކޭޝަނަކީ ޗާންސެލަރީ ލެވެލް އެވެ. މި މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި 26,387 ރުފިޔާ ލިބެއެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި 15,112 ރުފިޔާ (ހަރުފަތް 1) ލިބޭއިތު، ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް ހާޒިރީ ޢިނާޔަތުގެ ގޮތުގައި ދުވާލަކު 409 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ކ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކުރިއިރު، އެސްޓަން ވިލާ އަތުން ބަލިވެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ވެއްޓިއްޖެއެވެ. ރޭ ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. ނަތީޖާތައް ދަށްވުމުގެ ސަބަބުން ޔުނައިޓެޑްގެ ކޯޗް ޓެން ހާގަށް ޕްރެޝާ ބޮޑުވެފައިވާ ދަނޑުވަޅުގައި ޗެލްސީ އަތުން މި ލިބުނު މޮޅަކީ އޭނާއަށް ލިބިގެންދާނެ ބޮޑު ހިތްހަމަ ޖެހުމެކެވެ. މި […]
އިބްރާހިމް ޚަލީލް
ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހިޔާ އެޗް6 ގެ އެޕާޓްމަންޓެއްގައި ހިނގި މި މާރާމާރީގައި ވަނީ 22 އަހަރުގެ ދިވެއްސަކަށް އަނިޔާވެފައެވެ. އޭނާ އަށް އަންނަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ”އޭނާ އަށް ހަމަލާދީފައި ވަނީ ޢާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި […]
ޔުމްނާ ޢަލީ
ސިޔާސީ ޕާޓީއެއް އުފެއްދުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި، އެހެންކަމުން އެހެންބަޔަކު ޕާޓީއެއް އުފައްދުމަކީ އެކަމާމެދު ވިސްނަވާކަމެއްނޫންކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)ގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ މުޝީރުކަން ވެސް ކުރައްވާ އަދުރޭ މިހެން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އިއްތިހާދުގ...
ޔުމްނާ ޢަލީ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މިމަހުގެ 23 ވަނަ ދުވަހު ބާއްވަން އެ އިއްތިހާދުން ނިންމައިފިއެވެ. މިކަން ހާމަކުރީ ރޭ ބޭއްވި އެ އިއްތިހާދުގެ ގުޅިފައިވާ ސެނެޓް ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ މުޝީރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އެވެ. ގުޅިފައިވާ...
ޔުމްނާ ޢަލީ
” ނޫން! އަޅުގަނޑު ނުދާނަން.. ބައްޕަ ނެތް ތަނެއްގައި އަޅުގަނޑަކަށް ނޫޅެވޭނެ” އަސަރާއެކު ޒާރާއަށް ބުނެލެވުނެވެ. އެއާއެކު ހިނިތުންވެލަމުން ވާހިދު ޒާރާގެ ބޮލުގައި ފިރުމާލިއެވެ. ” ނޫނޭ! ދަރިފުޅުގެ ދިރިއުޅުން ބިނާ ކުރުމަށްޓަކައި ދެންވެސް ކުރަން ޖެހުނު ކޮންމެ ކަމެއް ބައްޕަ ކުރާނަން.. ކައިވެންޏަށްފަހު ދަރިފުޅު ކިހިނެއް މިގޭގައި އުޅޭނީ؟ ދެން މުއާޒަށް ކިހިނެއް ވަކި މިރަށަށް އާދެވޭނީ؟ އެހެންވީމަ އެންމެ ރަނގަޅުވާނީ ދަރިފުޅު އެރަށުގައި އުޅެން ދިޔައީމަ! ޖުމާއާ ޝާމްވެސް އެތިބީނު ބައްޕަގާތު” ބައްޕަގެ ވާހަކަތައ...
ސަލާމާ ޢަބްދުލް ޢަލީމް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ. މުބާރާތުގެ ގުތުއަތުލުން ރޭ ހަނިމާދޫ ބްރޭކް ޓައިމް ރެސްޓޯރެންޓްގައި ބާއްވާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހު 15 ވަނަ ދުވަހު ވާދަކުރާނީ އަހުލީއާއި ޔޫތު ފްރެންޑްސްއެވެ. މި މުބާރާތް ކުރިއަށް ގެންދަން ރާވާލާފައި ވަނީ ބައިވެރިވި ނުވަ ޓީމް ދެ ގްރޫޕަކަށް ބަހާލުމަށްފަހު، ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމަށް […...
އިބްރާހިމް ޚަލީލް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ބޮޑު ނަތީޖާއަކާއެކު އެ އިންތިޚާބުގެ ސުޕާ މެޖޯރިޓީ ހޯދޭނެ ކަމަށް އެ އިއްތިހާދުގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ޕީއެންސީން އަމިއްލަ ވަކި އޮފީހެއް ރަސްމީކޮށް ހުޅުވަން ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު […]
ޔުމްނާ ޢަލީ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)ގެ ވެރިއަކަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ހަމަޖައްސަވައިފި އެވެ. ޕީއެންސީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި، ރައީސް މުޢިއްޒު އެ މަގާމަށް ހަމަޖެއްސީ ރޭ ބޭއްވި އެ އިއްތިހާދުގެ ގުޅިފައިވާ ސެނެޓް ބައްދަލުވުމުގައިއެވެ. ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރަކަށް ކުރިން ހުންނެވީ ޕީޕީއެމްގެ ކުރީގެ ރައީސް، ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އެވެ. ރައީސ...
ޔުމްނާ ޢަލީ
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަކި އޮފީހެއް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ. މި އޮފީސް ހުޅުއްވައިދެއްވީ އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުޢިއްޒު އެވެ. މި އޮފީސް ހުޅުއްވައި ދެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ ޖާގަ ތަނަވަސް އޮފީހެއް ޕާޓީއަށް ހަމަޖެހިގެން ދިޔުމަކީ ޕާޓީގެ މަސައްކަތް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ އެކަމުގައި ޝާމިލްވި އެންމެހާ ބޭފުޅުންނަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ...
ޔުމްނާ ޢަލީ
ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ. ފުލުހުން މިރޭ ބުނީ ހިޔާ ފްލެޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ ރިޕޯޓު ލިބިގެން ފުލުހުން މިހާރު ސީނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިކަން ހިނގާފައި ވަނީ އެޗް6 ގެ އެޕާޓްމަންޓެއްގައެވެ. ”އަނިޔާވި މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި” ފުލުހުން ބުންޏެވެ. މި ހަމަލާގައި އަނިޔާވެފައި ވަނީ ދިވެހި ފިރިހެނަކަށް ކަަމަށް ވެސް ފުލުހުން ބުންޏެވެ.
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ނައިބުގެ މަގާމަށް އިތުރު 9 ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ. މިގޮތުން ޢައްޔަނުކުރެއްވި ބޭފުޅުންނަކީ؛ ޚާރިޖީ ވުޒާރާގެ ނައިބުގެ މަގާމަށް- ޢަލީ ޖަނާހް، ހއ. ބާރައް، ސައުދީ މަންޒިލް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމަށް- މުޙައްމަދު ޢާރިފް، ށ. ކަނޑިތީމު، ރަތްވިލާގެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމަށް- އަލްއުސްތާޛާ މަރްޔަމް ޝިފާނާ ޢަލީ ސަލީމް، ހ. މެލްބަން މާލީ ވުޒާރާގެ […]
ޔުމްނާ ޢަލީ
ކުރިއަށް ހުރި އިންތިހާބުތަކުގައި ގުޅިގެން މަސައްކަތް ކުރުމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) މިއަދު މަޝްވަރާކޮށްފިއެވެ. އެމްޑީޕީން އިއްޔެ ވަނީ، ކުރިއަށް ހުރި އިންތިހާބުތަކުގައި އެ ޕާޓީ އާއި އަދާލަތު ޕާޓީ އާއެކު ގުޅިގެން މަސައްކަތްކުރުމާމެދު ވެސް މަޝްވަރާ ކޮށްފައެވެ. އޭޕީއާއެކު މަޝްވަރާ ހިންގާފައި ވަނިކޮށް، މިއަދު އެފަދަ މަޝްވަރާއެއް ޖޭޕީއާއެކު ވެސް ކުރިއަށް ގެންގޮސްފައިވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެމްޑީޕީން ބުނިގޮތުގައި އެމްޑީޕީގެ 2018 ގައި އ...
ޔުމްނާ ޢަލީ
އެސްޓީއޯގެ ޗެއާޕާސަނަކަށް އާމިރު މަންސޫރު ހަމަޖައްސައިފިއެވެ. އާމިރު މަންސޫރަކީ ލިލީ އެފްއެމްބީގެ މެނޭޖިން ޑިރެކްޓަރެކެވެ. އާމިރު މަންސޫރުގެ އިތުރުން މިއަދު ވަނީ އެސްޓީއޯގެ ބޯޑަށް މުހައްމަދު މުރާދު ވެސް އައްޔަނުކޮށްފައެވެ. އައު ސަރުކާރާއެކު އެސްޓީއޯ ބޯޑަށް ވަނީ ބަދަލުތަކެއް ގެނެސަފައެވެ. އެގޮތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ ހަފްތާގައި ޝިމާދު އިބްރާހީމް ވެސް ވަނީ އައްޔަންކޮށްފައެވެ. އެސްޓީއޯގެ ބޯޑުގައި ޗެއާމަންގެ އިތުރުން ހަ ޑިރެކްޓަރުން ތިބެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ...
އަޙްމަދު ވަހީދު