ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ރެއާލަށް ގެއްލިއްޖެއެވެ. ބެޓިސްގެ ދަނޑުގައި ކުޅުނު މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުން އެއްވަރުވުމުން ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި ރެއާލަށް ވަނީ ކުރިމަތިވެފައެވެ. މިރޭ ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރާ މެޗުން ޖިރޯނާ މޮޅުވެއްޖެނަމަ ތާވަލުގެ އެއްވަނަ ލިބޭނީ ޖިރޯނާއަށެވެ. މިވަގުތު ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލާއިރު، […]
އިބްރާހިމް ޚަލީލް
އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ ބައެއް ބަންދުކުރުމާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުން އަންނަ ބަހުގެ ޚިދުމަތަށް ބަދަލުތަކެއް ގެނެސްފިއެވެ. އަމީނީ މަގުގެ 12 އަދި 13ގެ ސެގްމަންޓުގެ މަސައްކަތް ނިންމުމަށް އެ ސަރަހައްދު ވަނީ ހުކުރު ދުވަހުން ފެށިގެން ބަންދުކޮށްފައެވެ. އެ ދެ ސެގްމަންޓުގެ މަސައްކަތް އިއްޔެ ހެނދުނު ވަނީ ފަށައިފައެވެ. މި މަސައްކަތަށް ބަންދުކޮށްފައިވަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ކުރަމުން އަންނަ […]
އަޙްމަދު ވަހީދު
ޖަރުމަނު ލީގުގައި ރޭ ފްރޭންކްފާޓާއި ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކަށް ލަދުވެތި ބައްޔަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. ރޭ ފްރޭންކްފާޓްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 5-1 ގެ ނަތީޖާއިން ބަޔާން ބަލިކޮށްފައެވެ. ފްރޭންކްފާޓުން ވަނީ 2019/20 ވަނަ ސީޒަންގައި ވެސް އަމިއްލަ ދަނޑުގައި މި ނަތީޖާއިން ބަޔާން ބަލިކޮށްފައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅެއް ނުލިބި އޮތް ފްރޭންކްފާޓަށް މި ނަތީޖާއަކީ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެއެވެ. މިއީ […]
އިބްރާހިމް ޚަލީލް
އާބަންކޯއާ ގުޅިގެން އާއްމުންގެ ޝަކުވާތައް ސީދާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދަށް ހުށަހެޅޭ ގޮތް ހަދައިފިއެވެ. އާބަންކޯއިން އަންނަނީ ހުޅުމާލޭގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި އޮވެ ގިނަ ހިދުމަތްތަކެއް އާއްމުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުންނެވެ. އެހެންކަމުން އެ ކުފުންޏާ ގުޅޭ ގޮތުން އާއްމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކާއި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދީ، ހާމަކަން ބޮޑު ގޮތެއްގައި ހިދުމަތްތައް ދިނުމުގެ ގޮތުން، އާސްކް އެމްޑީ މެދުވެރިކޮށް ސުވާލާއި ހިޔާލު އަދި...
އަޙްމަދު ވަހީދު
މަސްވެރިންނަށް ނުދެވި ބާކީ ހުރީ 140 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާ ވީ އެންމެ އަވަހަކަށް ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ރޭ ބޭއްވި “މަސްވެރިންގެ ގުންޒަރު 2023″ގައެވެ. ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން ކުރިއަށްގެންދިޔަ ގުންޒަރުގެ ރޭގަނޑު ދަންފަޅީގައި ބައިވެރިވެވަޑައިގެން، ރައީސް ވަނީ މަސްވެރިންގެ ޝުއޫރުތައް...
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތު ބައްދަލުކުރި މެޗު، ބޯންމައުތުން ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް ޔުނައިޓެޑް ލަދު ގަންނަވާލައިފިއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބޯންމައުތުން ކާމިޔާބުކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މިއީ ބޯންމައުތުގެ ތާރީހުގައި ވެސް ޔުނައިޓެޑް ދަނޑުގައި އެ ޓީމް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ބޯންމައުތު އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ބަލިވެފައި ނުވެއެވެ. […]
އިބްރާހިމް ޚަލީލް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ކުރިމަތިލާން ފޯމު ހުށަހެޅުމަށް ގިނަ އަދަދެއްގެ މެންބަރުން މިރޭ ޕީއެންސީގެ ރަސްމީ އޮފީހަށް ހިނގައްޖެއެވެ. އެ އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ހުޅުވައިލީ 7 ޑިސެމްބަރުން 11 ޑިސެންބަރު 2023 އަށެވެ. މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ނިންމާފައި ވަނީ 23 […]
ޔުމްނާ ޢަލީ
މާލޭ ސިޓީގެ މޭޔަރު ހޮވުމަށާއި، ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނު ރަސްމީކޮށް މާދަމާ ރޭ ފަށަން ނިންމައިފިއެވެ. އެމްޑީޕީން ބުނީ، މާލެ ސިޓީ މޭޔަރު އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ޖަލްސާއަށް މާދަމާ ރޭ ބާއްވަން ވަނީ ނިންމާފައެވެ. މި ޖަލްސާ ބާއްވަން ނިންމާފައި ވަނީ އެ ޕާޓީގެ މާލޭ […]
ޔުމްނާ ޢަލީ
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ކުޅުދުއްފުށީ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ. ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، މެސެޖް ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިމި […]
ހުސައިން ހަބީބް
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. މިއަދު ހަވީރު އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 2-1 ގެ ނަތީޖާއިން ޕެލަސް ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޕެލަސްއެވެ. މި ލަނޑު 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މަޓޭޓާއެވެ. މި ޕެނަލްޓީ ޕެލަސްއަށް ދީފައި ވަނީ ލިވަޕޫލްގެ އޭރިއާތެރެއިން އާނޯލްޑް މަޓޭޓާއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ލީޑުގައި […]
އިބްރާހިމް ޚަލީލް
ދަ ޑިމޮކްރެޓިކްސް އަށް 10 ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް އާ ހިތްވަރަކާއެކު ފަށާފައިވާކަމަށް އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު ބުނެފިއެވެ. ދަ ޑިމޮކްރެޓިކްސްގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި އެންމެ ބޮޑު އިންސަތައަކާއެކު މަގާމު ކާމިޔާބުކުރި ހަމްދާ ”އެކްސް”ގައި ބުނީ އެ ޕާޓީއަށް 10 ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް އާހިތްވަރަކާއި އެކު އަނެއްކާވެސް ފަށާފައިވާ ކަމަށެވެ. ހަމްދާ ވަނީ، ސިޔާސި މަސްރަހު މިހާ ހަލަބޮލި ދަނޑިވަޅެއްގައި ދެވަނަ ވިސްނުމަކަށް ނުގޮސް...
ޔުމްނާ ޢަލީ
މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރުމަށް ފިޝަރީޒް މިނިސްޓްރީން “މަސްވެރިންގެ ގުންޒަރު”ގެ ނަމުގައި ހާއްސަ ފޯރަމެއް މިއަދު ފަށައިފިއެވެ. ހ. މީރުމާ ހޯލުގައި ކުރިއަށް ގެންދާ މި ފޯރަމް އިފްތިތާހުކޮށް ދެއްވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމެވެ. މި ފޯރަމް ޝަރަފްވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި އެންމެ ބޮޑު ގޮންޖެހުމެއް އަބަދުވެސް ކުރިމަތިވެފައި އޮންނަ ދާއިރާ...
މުޙައްމަދު
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމެއް ނުވާނެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮޅުންފުލުވައިދީފިއެވެ. މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރެވޭ ގޮތާމެދު ބައެއްމީހުންނަށް އޮޅުން އަރާފައިވަނިކޮށް، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވަނީއެކަން މިއަދު ސާފުކޮށްދެއްވާފައެވެ. ހަބީބު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށ...
ޔުމްނާ ޢަލީ
އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މުހިންމު ބައްދަލުވުމެއް ކަމަށްވާ “ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް” ގެ ހަ ވަނަ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިނުވާ ކަން އެނގިއްޖެއެވެ. ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީލަންކާގެ މަންދޫބުން ހިމެނިވަޑައިގަންނަވާ ގޮތަށް ފެށި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި ލަންކާ އަދި އިންޑިއާގެ އިތުރުން މޮރިޝަސް ވެސް ހިމެނެއެވެ. ހަވަނަ ބައ...
މުޙައްމަދު
ރާއްޖެ އަަށް އަސާސީ އެއްވެސް ބާވަތެއް އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ސައީދު އެގޮތަށް ވިދާޅުވި އިރު، ރާއްޖެއަށް އެންމެ ގިނައިން ފިޔާ ގެންނަ އިންޑިއާ އިން ވަގުތީ ގޮތުން ފިޔާ ގައުމުތަކަށް އެކްސްޕޯޓް ކުރުން މަނާ ކުރުމުންނެވެ. ސައީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށެވެ. ރާއްޖެއާ އެކު ވިޔަފާރި […]
މުޙައްމަދު
ރޮނާލްޑޯގެ ކެރިއާގައި ކުޅުނު 1200 ވަނަ މެޗުގައި ވެސް އޭނާ ލަނޑުޖަހައިފިއެވެ. ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އައް ރިޔާދު ބައްދަލުކޮށް 4-1 ގެ ނަތީޖާއިން ނަސްރު މޮޅުވި މެޗަކީ ރޮނާލްޑޯގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއާގައި އޭނާ ކުޅުނު 1200 ވަނަ މެޗެވެ. އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މިވަގުތު އޮތީ އިންގްލެންޑްގެ ކުރީގެ ގޯލް ކީޕަރ ޕީޓާ ޝިލްޓަން އަތުގައެވެ. އޭނާ ވަނީ 1387 މެޗު ކުޅެފައެވެ. ރޭ މެޗުގައި ރޮނާލްޑޯ […]
އިބްރާހިމް ޚަލީލް
ފުވައްމުލަކު ސިޓީގައި ސައިކަލަކާއެއްކޮށް ވެއްޓިފައި އޮތް ކުއްޖެއް ފުލުހުންނަށް ފެނިގެން އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، ކުއްޖާގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންބުނީ، އެ ކުއްޖާ ފެނުނީ ފުވައްމުލަކުގައި ރޭ މެންދަމު 3:40 ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށެވެ. ސައިކަލަކާއެކު އެކުއްޖާ ވެއްޓިފައި އޮއްވާ ފެނުނީ ފުވައްމުލަކުގެ މާލެގަން ބަހާރު މަގާއި ގާޒީ މަގާ ގުޅޭ ހިސާބުންނެވެ. އެ ކުއްޖާ އަކީ 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ފެނުމުން ފުލުހުން އެ ކުއްޖާ...
ޔުމްނާ ޢަލީ
ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ޤައުމުކަމަށްވާ އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. އިންޑިއާގެ ބައެއް ނޫސްތަކާއި ބައިނަލްއަޤްވާމީ އެހެން ބައެއް ނޫސްތަކުން ވެސް ވަނީ އިންޑިއާއިން ވަގުތީގޮތުން މި ފިޔަވަޅު އަޅާފައިވާކަމަށް ބުނެފައެވެ. އިންޑިއާގެ ”އިންޑިއާ ޓްޑޭ” ނޫހުން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ސަރުކާރުން ފިޔާގެ ބޭރުކުރުން ވަގުތީގޮތުން މަނާކުރީ ޤައުމުގެ އެތެރޭގެ ފިޔާގެ ސްޓޮކް ރަނގަޅު ކުރުމަށާއި ފިޔާގެ އަގުތައް ބޮޑުވިޔަ ނުދިނުމަށެވެ. އަންނަ އަހަރުގެ މާ...
ޔުމްނާ ޢަލީ