ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަށް ތިން ޑެޕިއުޓީ ވައިސް ޗާންސެލަރުން ހޯދަން ޢިއުލާންކޮށްފިއެވެ.
މި މަގާމުތަކަށް ހުޅުވާލައި އެމްއެންޔޫ އިން ކޮށްފައިވާ ޢިއުލާންގައިވާގޮތުން މެ މަޤާމުގެ ކްލެސިފިކޭޝަނަކީ ޗާންސެލަރީ ލެވެލް އެވެ.
މި މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި 26,387 ރުފިޔާ ލިބެއެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި 15,112 ރުފިޔާ (ހަރުފަތް 1) ލިބޭއިތު، ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް ހާޒިރީ ޢިނާޔަތުގެ ގޮތުގައި ދުވާލަކު 409 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ކޮމިއުނިކޭޝަން ޑިވައިސް އިނާޔަތުގެ ގޮތުގައި 500 ރުފިޔާ ލިބެއެވެ.
އިތުރު އިނާޔަތްތައް:
- ހެލްތް އިންޝުއަރަންސް ސްކީމް (ޔުނިވަރސިޓީއަށް އަލަށް އައްޔަނު ކުރެވޭ ފަރާތެއް ނަމަ ޕްރޮބޭޝަން ހަމަވުމުން)
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
- ސްޓާރފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް
- ސްޓާފް ޖިމް ފެސިލިޓީ
- ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
- ލައިބްރަރީ މެމްބަޝިޕް
ޑެޕިއުޓީ ވައިސް ޗާންސެލަރުން ހޯދަން ޢިއުލާންކޮށްފައިވާ ދާއިރާތައް
- ޑެޕިއުޓީ ވައިސް ޗާންސެލާ (އެކެޑެމިކް އެފެއާރޒް)،
- ޑެޕިއުޓީ ވައިސް ޗާންސެލާ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް)
- ޑެޕިއުޓީ ވައިސް ޗާންސެލާ (ރިސާރޗް އެންޑް އެންޓަރޕްރައިސް)
ޢައްޔަނުކުރާ ދުވަހުން ފެށިގެން 4 އަަހަރު ދުވަހަށް ނަގާ މި މަގާމުތަކަށް އެދި ހުށަހަޅަންޖެހެނީ 19 ޑިސެމްބަރު 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ /އިދާރީ މަރުކަޒަށް އެކަމަށް ހާއްސަކޮށްފައިވަ ލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ.
ވަޒީފާއަށް އެދޭ ލިންކް ބެއްލެވުމަށް ކްލިކްކޮށްލައްވާ!
ވަޒީފާއަށް ހުޅުވާލައި ކޮށްފައިވާ ޢިއުލާން ބެއްލެވުމަށް ކްލިކްކޮށްލައްވާ!
މި މަގާމުތަކުގެ ޝަރުޠު ތަކަކީ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަތަކުގެ އޮނިގަނޑު ގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 16 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުމެވެ.
އާ ސަރުކާރާއެކު އެމްއެންޔޫގެ ޗާންސެލާ އަކަށް ޢައްޔަނުކުރައްވާފައި ވަނީ ތައުލީމީ ދާއިރާގައި 24 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، ކުރީގެ ވަޒީރު ޑރ. މަޙްމޫދު ޝައުގީ އެވެ. ވައިސްޗާންސެލާ އަކަށް ޢައްޔަނު ކުރައްވާފައި ވަނީ އެ ޔުނިވާސިޓީއަށް 9 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ.
އެމްއެންޔޫގައި އެންމެފަހުން ހުންނެވި ޗާންސެލަރަކީ ޑރ. ހަސަން ހަމީދެވެ. ވައިސް ޗާންސެލަރެއްގެ ގޮތުގައި ހުންނެވީ ޑރ. މުހައްމަދު ޝަރީފް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!