މާލޭގެ މޭޔަރަކު ހޮވުމަށާއި، މާލޭގެ ތިން ދާއިރާއެއްގެ ކައުންސިލަރުން ހޮވުމަށް މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ބޭފުޅުން މިރޭ މަގާމުގެ ހުވާކުރައްވައިފިއެވެ. މިބޭފުޅުން ހުވާކުރުމުގެ ދަރުބާރު އޮތީ މިރޭ މާލޭގެ ދަރުބާރުގޭގައެވެ. އެ ބައި އިލެކްޝަންގައި މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވި، އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާދަމް އާޒިމް މާލޭގެ މޭޔަރުކަމުގެ ހުވާ މިރޭ ކުރެއްވުމުގެ އިތުރުން، އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ސްކޫލެއް ތަރައްގީ ކުރުމަށް އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އަލް މަދީނާ އިންވެސްޓްމެންޓް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލީ އަހްސަންއެވެ. މި އެއްބަސްވުމުގެ ދަށުން ސްކޫލުގެ އިތުރުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއާ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ވެސް ތ...
އަޙްމަދު ވަހީދު
މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ އިންތިހާބީ ކައުންސިލަރު އަހުމަދު ރިޝްވާން އިދިކޮޅު އެމްޑީޕީ ދޫކޮށް، ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ. ޕީޕީއެމުން މިރޭ ކުރި ޓުވީޓެއްގައި ބުނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މެދުހެންވޭރު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި ކައުންސިލް މެމްބަރު އަހުމަދު ރިޝްވާން މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ. ޕީޕީއެމުން ވަނީ އޭނާ އަށް މަރުހަބާ ދަންނަވައިފައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި މަހުގެ 13 ވަނަ ދުވަހު ބޭއްވި...
މުޙައްމަދު
ކުޅުދުއްފުށި ސިޓީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މައިޓްމަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. އެ ކުންފުނިން މައިޓް މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިއަދުއެވެ. ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ދެވަނަ ފޭސް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުއެވެ. އެއް މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ކުޅުދުއްފުށި ސިޓީގެ 24 މަގު ހިމެނޭހެން ޖުމްލ...
އަޙްމަދު ވަހީދު
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭގެ 1200 މީޓަރު ބޭނުންކުރަން ފަށަން ތައްޔާރުވެއްޖެއެވެ. އެ އެއާޕޯޓު ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނި ގޮތިގައި އައު ރަންވޭގެ 1200 މީޓަރު ބޭނުން ކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ. ރީޖަނަލް އެއާޕޯޓްސް އިން ހަނިމާދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އައު ރަންވޭގެ އެއްބައި ބޭނުން ކުރަން ފަށާއިރު ރޭގަނޑުވެސް ދަތުރުތައް ކުރުމަށް ވަނީ ނިންމާފައެވެ. ރީޖަނަލް އެއާޕޯޓްސް […]
އަޙްމަދު ވަހީދު
މި އަހަރު ދައުލަތުގެ ބަޖެޓުން ޖުމްލަ ހަ ޕާޓީއަކަށް 44 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ. އީސީން މިއަދު ވަނީ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު، 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކާއި އަދި އެ ޕާޓީތަކަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުން ދޫކުރުން ނިންމާފައިވާ ފައިސާގެ މިންވަރު ހާމަކޮށްފައެވެ. މިއަދު ހަ ޕާޓީއަށް ޖުމްލަ 44،099،905 ރުފިޔާ ދޫކުރުމަށް ނިންމާފައިވާކަމަށް އީސީން ބުންޏެވެ. […]
ޔުމްނާ ޢަލީ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް އިއްތިހާދު)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ކުރިމަތިލި ހުރިހާ މެންބަރުންނަށް ފުރުސަތުދޭން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. އަދުރޭ ވިދާޅުވެފައިވާގޮތުގައި ޕްރ...
ތިލަދުން
ބޮމެއް އޮތްކަމެއް ބުނެ ބިރުދެއްކި މީހަކު ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން ފުރަން ގޮސްހުރި މީހަކު، ބޮމެއް ކަމަށް ބުނެ ބިރުދެއްކި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެކެވެ. ”މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން” ފުލުހުން ބުންޏެވެ. މި މައްސަލައާއިގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. މީގެ ކުރިން ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ...
ޔުމްނާ ޢަލީ
ކ. ފުނަދޫގައި ހުންނަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފިއުލް ފާމް ބަދަލު ކުރަން ނިންމާފައިވަނީ ތިލަފުށި ކައިރީގައި އޮންނަ މާގިރިފަޅަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. މާލެ ކައިރީގައި މާގިރި ކިޔާ ދެ ފަޅެއް އޮވެއެވެ. އެއީ ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ ކައިރީގައި އޮންނަ މާގިރި ފަޅާއި ތިލަފުށި ކައިރީގައި އޮންނަ މާގިރި ފަޅެވެ. ފިއުލް ފާމް ބަދަލުކުރަނީ ޝެރެޓަން ފުލް […]
މުޙައްމަދު
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ބާއްވާ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ހޯރަފުށީ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގުޅިގެން އެ ރަށު ކަނބަލުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ފަށާ މި ޕްރޮގްރާމަކީ 20 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ ގޫގުލް...
އިބްރާހިމް ޚަލީލް
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫނު (ގޭސް މާނު)ގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފިއެވެ. އޭސީސީން އިސް ނަގައިގެން ބެލި މި މައްސަލައިގައި މައުމޫން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައި ހުރި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މައުމޫނު ރިޝްވަތުގެ […]
މުޙައްމަދު
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ. މި މެޗު ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ލެމީން ޔަމާލް ތަވަސް ކޮށްދިން ފުރުޞަތެއްގައި ފެރާން ޓޯރޭސް ކާމިޔާބު ކޮށްދިންއިރު، އެ ޓީމްގެ ދެވަނަ ލަނޑު 48 ވަނަ މިނެޓުގައި ޔަމާލް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތްވަގުތު ކާމިޔާބު ކޮށްދިނީ ވެސް […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑެރިޑާއި އަލްމޭރިއާ ބައްދަލުކުރި މެޗު ފަހަތުން އަރައި ރެއާލުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ރެއާލުން ކާމިޔާބުކުރީ އަލްމޭރިއާ ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު (3-2) ޖަހައިގެންނެވެ. މި މެޗުގެ ފުރަތަމަ މިނެޓުގައި ރެއާލުގެ ފަހަތުން ނަޗޯ ހެދި ގޯހެއްގެ ފައިދާނަގައި އަލްމޭރިއާގެ ރޮބާޓޯން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލަނޑުޖަހައި އެ ޓީމަށް ލީޑު ހޯދައިދިނީ ރަމަޒާނީއެވެ. މި ހާފުގައި އަލްމޭރިއާއިން ވަނީ މޮޅު ޑިފެންސިވް […]
އިބްރާހިމް ޚަލީލް
ދިވެހި އަސްކަރިއްޔާގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ދިފާޢީ ވުޒާރާއިން ހުޅުވާލައިފިއެވެ. ދިފާޢީ ވުޒާރާއިން، ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައި އާންމުކޮށްފައިވާ ޢިއުލާންގައިވާ ގޮތުން ސިފައިންގެ ވަޒީފާއަށް ރެކްރޫޓް ކުރާމީހުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތައް ކަމަށް ބުނެފައި ވަނީ، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރިމީހަކު ކަމުގައިވުން ހިމެނެއެވެ. މީގެ އިތުރ...
ޔުމްނާ ޢަލީ
ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އެކުވެރި އަރަބި އިމާރާތް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރަކީ ރަސްމީ ދަތުރެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ދަތުރުގައި ޑައިރެކްޓްރޭޓް އޮފް ސީ ފޯ ސިސްޓަމްސް އެންޑް ސިވިލް މިލިޓަރީ ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އިބްރާހިމް ޝާން ޝާކިރު ވެސް ބައިވެރިވާކަމަށް އެ އިދާރާއިން ބުނެފަވެއެވެ. މި ދަތުރަކީ ރަސްމީ ދަތުރެއްކަމަށް ބުނުމުގެ އިތުރު […...
ޔުމްނާ ޢަލީ
މާލެ އަތޮޅު ފުނަދޫގައި ޤާއިމްކޮށްފައިވާ ފިއުލް ފާމް މާގިރިފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ. ފުނަދޫގައި ޤާއިމްކޮށްފައިވާ ފިއުލް ފާމް އެހެން ތަނަކަށް ބަދަލުކުރަން ސަރުކާރުން ނިންމީ، އިގްތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި އެ ރަށް ތަރައްޤީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީއެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިކޮނޮމިކް ކައުންސިލްގައި...
އަޙްމަދު ވަހީދު
މެޑިކަލް އެމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ ފަރާތްތަކަށް ޕާސްޕޯޓު ހެއްދުމުގައި ލުއި ގޮތްތަކެއް ހަދައިދީފިއެވެ. މިދިޔަ މަހު ‘ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ’ އިން ބޭއްވި ޖޮއިންޓު ޕްރެސް ކޮންފަރެންސްގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ވަނީ އުމުރުން ދުވަސްވީ ފަރާތްތަކަށާއި އެހެނިހެން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ދަތިވާ ހާލަތްތަކުގައި، ޕާސްޕޯޓަށް އެދެވޭނެ އެހެން މަގެއް ފަހިކޮށްދޭނެކަމަށް ވިދާޅު...
އަޙްމަދު ވަހީދު
ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވި ކަންތައްތަކާއިގުޅޭގޮތުން މިއަދު ހަވީރު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް އެވެ. ނާޒިމް ވިދާޅުވިގޮތުގައި، މިކަމާއިގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު...
ޔުމްނާ ޢަލީ