ގއ. ވިލިނގިލީގައި ހާލު ދެރަވެ، އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ލަސްވެގެން ދިޔަ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވި މައްސަލައިގައި އިންކުއަރީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފިއެވެ. ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ، ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ހާލިދު ނިޔާވި މައްސަލައިގައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް، ކުއްލި ހާލަތުގައި […...
މުޙައްމަދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ” މިއަދު އުފައްދަވައިފިއެވެ. މި އިދާރާ އުފައްދަވައި ރައީސްގެ ފަރާތްޕުޅުން ނެރުއްވި ދެންނެވުމުގައިވާގޮތުން މިތަން ހިނގަމުންދާނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް)އާއި ގުޅިފައިވާ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ. “މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ” ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ސްޕެޝަލް އިކޮނޮމިކ...
ޔުމްނާ ޢަލީ
ސީލައިފް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޕާސްޕޯޓް ދޫކުރަން ދަށު ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ. ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް އަންމަޓީގެ ފަރާތުން ހުށަހެޅީ މައިބަދައިގެ އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށް ބުނެ އެވެ. އަދި ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ދަމަހައްޓައިފަ އެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލާގައި އެ ކޯޓުން […]
ހުސައިން ހަބީބް
ފްރެންޗް ކަޕްގައި ރޭ ޕީއެސްޖީއާއި، އެ ގައުމުގެ ތިންވަނަ ފަންތީގެ ކްލަބެއް ކަމަށްވާ އޯލެއޯންސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ގަދަ 16 ބުރުން ޕީއެސްޖީ ޖާގަ ހޯދައިފިއެވެ. ރޭ އޯލެއޯންސްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ރޭ މެޗުގެ 16 ވަނަ މިނެޓުގައި ލަނޑުޖަހައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ އެމްބާޕޭއެވެ. ފުރަތަމަ ހާފު ނިމުނީ މު ލަނޑުން އެ ޓީމް ކުރީގައި އޮވެގެންނެވެ. […]
އިބްރާހިމް ޚަލީލް
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫގައި ގްރީން ހައުސްގައި ގަސްއިންދާނެ ގޮތުގެ ތަމްރީން ޕްރޮގްރާމްގެ ދެވަނަ ބުރު ފެށުމަށް ބޭނުންވާ ބައިވެރިން ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން ގްރީން ހައުސްގައި ގަސްއިންދާ ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ގޮތުން އެ ރަށުގައި ހިންގި ފުރަތަމަ ޕްރޮގްރާމްގެ ތެރެއިން ގާއިމްކޮށްފައިވާ ގްރީން ހައުސްތަކުގައި ގަސް އިންދައި ހައްދާނެ ގޮތުގެ ދެވަނަ ޕްރޮގްރާމެއް އަންނަ ފެބްރުއަރީ މަހު ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ...
އިބްރާހިމް ޚަލީލް
ފުވައްމުލައް ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފާރެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށާއި އެ މީހާ އަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލްގައެވެ. އެކަމަކު، އިތުރު ފަރުވާ އަށް އެމީހާ ރޭގެ ވަގުތެއްގައި ވަނީ […]
މުޙައްމަދު
އަންނަ މާޗް 1 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ނިންމާފައިވާ އެއާ އެމްބިއުލާންސްގެ ހިދުމަތާ އެކުގައި ބަލި މީހުން އުފުލުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ. ހަލީލް އެގޮތަށް ވިދާޅުވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ގއ. ވިލިނގިލީ، ޕެންޒީއާގޭ، އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދު، ނިޔާވި ހާދިސާއާ ގުޅިގެން ސަރުކާރަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. ނަމަވެސް ސަރުކާރުން ވަނީ […]
މުޙައްމަދު
ގއ. ވިލިނގިލިން ހާލު ދެރަވި އުމުރުން 13 އަހަރުގެ ދިވެހި ފިރިހެން ކުއްޖާ މަރުވި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މަޖިލިހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އިއްޔެ މަރުވި ކުއްޖާ ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނީ ބުދަ ދުވަހުގެ ރޭ ކަމަށާއި އެ ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ޑޮކްޓަރުން ލަފާދިން ނަމަވެސް އިމަޖެންސީ އިވެކުއޭޝަންގެ ކަންތައް ލަސްވެފައިވާ ކަމަށެވެ. އެގޮތުން އިމަޖެންސީ އިވެކުއޭޝަންގައި […]
މުޙައްމަދު
އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި އުދިނޭޒީ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބު ކޮށްފިއެވެ. އުދިނޭޒީގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ މިލާނުންނެވެ. މި ލަނޑު 31 ވަނަ މިނެޓުގައި ތިއޯ ހެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލޮފްޓަސް-ޗީކްއެވެ. އެ ލަނޑުޖެހިތާ އިރުކޮޅެއް ފަހުން އުދިނޭޒީގެ ސަޕޯޓަރުން ވަނީ މިލާންގެ ކީޕަރު މައިންނަންއާއި ނަސްލީގޮތުން […]
އިބްރާހިމް ޚަލީލް
ކުރީގެ އަދަދާއިގުޅޭ: ” އަހަރެން.. ބަނޑުބޮޑުހެން ހީވަނީ..” ” އޭނ؟ ” ޒާރާއަށްވެސް ކޮޅަށް ތެދުވެވުނީ ޤަބޫލުކުރަން ބޭނުން ނުވާ ފަދަ ގޮތަކަށެވެ. އެއާއެކު ހަރަކާތްތައް ހުއްޓިފައި އޭނާއަށް ހުރެވުނީއެވެ. އޭރު ޖުމާ ހުރީ ޒާރާއަށް ފުރަގަސްދީގެން ކޮޓަރީގެ ފާރުގައި ބޯ ޖައްސާލައިގެންނެވެ. ” ކީއްވެ ބަނޑުބޮޑު ވާންވީ؟ ” ޒާރާގެ ދެތުންފަތް ތުރުތުރުއަޅާ ޙާލު އޭނާއަށް ސުވާލު ކޮށްލެވުނީ އަމިއްލަ ނަފްސާއެވެ. ލޯބިވާ ކޮއްކޮ އެފަދަ މުޑުދާރު ޢަމަލެއް ހިންގަފާނެކަމަށް ފަހަރެއްގައިވެސް ޒާރާ ޤަބޫލު ކުރާކަށް […]
ސަލާމާ ޢަބްދުލް ޢަލީމް
ރިޖަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. ކާލްސްބާގު މިޑް އިންޑިއަން ރިޖަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ އައްޑޫ ސީޓީ އާއި 5282 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ވެސް ކާލްސްބާގު ރިޖަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށް ރެކޯޑު ކުރެވުނެވެ. މި […]
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން އާސެނަލުން ކާމިޔާބު ކޮށްފިއެވެ ރޭ މެޗަށް އާސެނަލް ނުކުތްއިރު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެ އެ ޓީމް އޮތީ ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ. އެ ޓީމް ބަލިވެފައި ވަނީ ވެސްޓްހޭމްއާއި ފުލަމްގެ އިތުރުން ލިވަޕޫލް އަތުންނެވެ. ނަމަވެސް ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗު އެ ޓީމުން މިވަނީ ތަފާތު ބޮޑު ނަތީޖާއިން […]
އިބްރާހިމް ޚަލީލް
ގއ. ވިލިނގިލި ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖެއް (ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު) އިތުރު ފަރުވާއަށް މާލެ ނުގެނެވި ލަސްވީ އިންޑިއާ ޑޯނިއާ ބޯޓު ބޭނުން ނުކުރަން ހަދައިގެންކަމަށް ބުނެ އޮންލައިން ނޫހަކުން ފެތުރީ ދޮގެއް ކަމަށް ސަރުކާރުން ބުނެފިއެވެ. ބުރާސްފަތި ދުވަހު ފަރުވާއަށް މާލެ ގެނައި، މުޙައްމަދު ޖާހު ޚާލިދު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ނިޔާވެފައެވެ. އެ ކުއްޖާ މާލެ ގެނައުން […]
ޔުމްނާ ޢަލީ
ބަލި މީހުން ކުއްލި ފަރުވާއަށް އުފުލާ ނިޒާމު އިސްލާހްކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ. ރައީސް މިގޮތައް އެންގެވީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ހާދިސާއާއި ގުޅިގެންނެވެ. މަރުޙޫމް މުޙައްމަދު ޖާހު ޚާލިދުގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ވިލިނގިލިން މާލެއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ...
ޔުމްނާ ޢަލީ
ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތުކޮށް ކުރިއަށް އޮތް ރަމަޟާން މަހު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތު ކުރާ އިރު، އެ ތަން ކުރިއަށް ވުރެ ފުރިހަމަ ކުރައްވާނެ ކަމަށެވެ. އަދި ރޯދައަށް އާންމުކޮށް ހުޅުވާލުމަށް ރައީސް […]
މުޙައްމަދު
މާފުށީ ޖަލުގައި ގައިދީންނަށް ކަސަބު ގެތުމުގެ ތަމްރީން ހިންގުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުން ތައްޔާރުކުރުމަށް، ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް އެތަނުގައި އިއްޔެ ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އިން ބުނީ އެ ސާވިސްގެ މާފުށީ ޖަލުގައި ފެށި ކަސަބު ގެތުމާބެހޭ ވޯކްޝޮޕަކީ، އެތަނުގައި މިއަހަރުތެރޭ ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ދިވެހި ޞަގާފީ މަސައްކަތްތައް ދައްކާލުމަށާއި، މިމަސައްކަތްތައް އާލާކޮށް ދިރުވާ ޖަލުގައި ޙުކުމް ތަންފިޛް ކުރަ...
ޔުމްނާ ޢަލީ
ޑައިވިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ކަކުލުންތިރި އާއި ހިސާބުން ބުރިވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހުޅުމާލެއާއި ދިމާ ބޭރުގައި އޮންނަ ޑައިވިން ޕޮއިންޓަކަށް ޑައިވިންއަށް ގޮސް މައްޗަށް އެރިވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައިޖެހި މީހަކަށް އަނިޔާވެފައިވާ މައްސަލަ މިއަދު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އެމެރިކާގެ އުމުރުން 63 އަހަރުގެ ފަތުރުވެރިއަކަށް ކަމަށް ފުލުހުން ބުނެއެވެ. ”އެމީހާގެ ފައިގެ ކަކުލުން ތިރިއެއްކޮށް ވަނީ ބުރ...
ޔުމްނާ ޢަލީ
ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާ އެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. އެ ސައްލާ އޮންނާނީ މިރޭ 8:00 ގައި ސަލްޓަން ޕާކުގައެވެ. މި ބައްދަލުވުން ބާއްވަނީ ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަންގެ ފަރާތުންނެވެ. އެ ހަތަރު ޖަމިއްޔާގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު، ރައީސް ޑރ. މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު ލިބިވަޑައިގެންނެވި […]
މުޙައްމަދު