އިނގިރޭސި ލީގް ކަޕް (ކަރަބޯ ކަޕް) ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. ޗެލްސީއާއި މިޑްލްސްބަރާ ބައްދަލުކުރި ސެމީ ފައިނަލުގެ ފުރަތަމަ ލެގު ކުޅެފައި ވަނީ މިޑްލްސްބަރާގެ ދަނޑުގައެވެ. އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ މިޑްލްސްބަރާއިންނެވެ. ރޭ ދެވަނަ ލެގު ޗެލްސީ ދަނޑުގައި ކުޅެފައިވާއިރު ރޭ މެޗު ޗެލްސީން ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް އެގްރިގޭޓް […]
އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގެ ހައުސިން ޔުނިޓުތަކާ ގުޅިގެން ހައުސިން، ލޭންޑް އެންޑް އާބަން ޑެވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާ ސުވާލުކުުރުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ. މިނިސްޓަރާ ސުވާލު ކުރުމަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފެވެ. ތިން ސުވާލެއް ކުރެއްވުމަށް ޔާސިރު ވަނީ ހުށަހަޅުއްވައިފައެވެ. މަޖިލީހަށް ފޮނުވި ނޯޓިސްގައި ޔާސިރު ވަނީ ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށ...
އަޙްމަދު ވަހީދު
ޗައިނާގެ ދިރާސާކުރާ ބޯޓެއް ރާއްޖެއަށް އައި ނަމަވެސް އެ ބޯޓަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ދިރާސާއެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދީފައިވަނީ ޗައިނާ ސަރުކާރުން އެ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާތީ ކަމަށެވެ. އަދި ރާއްޖޭގައި ބަނދަރުކޮށްފައި އޮންނަ މުއްދަތުގައި ދިރާސާކުރުމުގެ އެއްވެސް މ...
މުޙައްމަދު
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް އިއްތިހާދު)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޓިކެޓް 13 ބޭފުޅަކަށް ކަށަވަރުވެއްޖެއެވެ. އެ އިއްތިހާދުން މިއަދު ވަނީ އެ އިއްތިހާދުގެ މަޖިލިސް ޕްރައިމަރީއަށް ހުޅުވައިލުމުން ކުރިމަތިލި މެންބަރުންކުރެ ޓިކެޓް ކަށަވަރުވި 13 މެންބަރުންގެ ނަން މިއަދު ޢާންމުކޮށްފައެވެ. އެ މެންބަރުންނަށް ޓިކެޓް ކަށަވަރުވީ، އެ ދާއިރާތަކަށް އެ ދާއިރާތަކަށް އިތުރު މެމްބަރުން ވާދަކޮށްފައިނުވާތީއާ...
ޔުމްނާ ޢަލީ
ހޯއްގޮވާ ކެއްސުން (ޕަރޓޫސިސް) އަށް ރާއްޖެއިން ތިން ކުއްޖަކު ޕޮޒިޓިވްވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ މި ކޭސްތައް ފެނިފައި ވަނީ މި މަހުގެ ތެރޭގައި ގއ. ވިލިނގިލިންނެވެ. މި ބައްޔަކީ މި ބަލި ކޮންޓްރޯލް ކުރުމަށް ޤަވާޢިދުން ވެކްސިންދޭން ފެށުމުން ރާއްޖެއިން ކޮންޓްރޯލްކުރެވިފައިވާ ބައްޔެކެވެ. ނަމަވެސް މިބަލީގެ ކޭސްތައް ވަރަށް މަދުން ފެންނަމުން އަންނަކަމަށް އެޗްޕީއޭއިން ބުނެއެވެ. ވިލިނގިލިން މި ބައްޔަށް ތިން ކުއްޖަކު ޕޮޒިޓިވްވުމުން ގއ. އަތޮޅު ހޮސްޕިޓަލާއި އައިޖީއެމްއެޗް ހޮސްޕި...
ޔުމްނާ ޢަލީ
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވެ, ސަލާމަތްވެއްޖެ އެވެ. 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދުމަނިކެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މޫސާ އަހުމަދަށް ހަމަލާދިނީ ސައްމާހު ކަމަށް ކޯޓުގައި […]
ހުސައިން ހަބީބް
މާލޭގައި މިދިޔަ އަހަރު 2،425 ކައިވެނިކޮށްފައި 1,200 އަށް ވުރެ ގިނަ މީހުން ވަރިކޮށްފައިވާ ހިސާބުތައްކުން ދައްކައިފި އެވެ. ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 24,25 ކައިވެނި ކުރިއިރު, 1281 މީހަކު ވަރިކުރި އެވެ. މިދިޔަ އަހަރު އެންމެ ގިނަ ކައިވެނިކުރީ ޑިސެމްބަރު މަހު އެވެ. އެއީ 306 ކައިވެންޏެވެ. އަދިއެންމެ ގިނައިން ވަރި ކޮށްފައިވަނީ އޮކްޓޫބަރު މަހު އެވެ. އެއީ 139 ވަރި އެވެ. ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ރާއްޖެއިން […]
ހުސައިން ހަބީބް
ތިލަދުންމަތީ އުތުރުބުރީ ދިއްދޫއިން ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރަން ނިންމައި ބިޑް ހިށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ދިއްދޫގައި ވިޔަފާރި ކުރުމަށް 2500 (ދެހާސް ފަސްސަތޭކަ) އަކަފޫޓުގެ ހަތަރު ބިމެއް 15 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ. އެ ބިންތަކަކީ އެ ރަށު އުތުރުފަރާތުގައި ހިއްކާފައިވާ ސަރަހައްދުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި އިންވެގެން އޮތް ވައިލެޓް 18، 19، 20، 21 ބިމެވެ. މިކަމަށް އެދި ބީލަން ހުށަހަޅަން ބޭނުންވާ […]
އިބްރާހިމް ޚަލީލް
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މާލޭގެ މަގުތައް ހަދައި ޕާކިން މައްސަލަ ހައްލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މޭޔަރު އާދަމް އާޒިމާ ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމެއް ހައްލުކޮށް ދެއްވާނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައިގެން ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލް ވާނީ […]
މުޙައްމަދު
މިދިޔަ ހޮނިހިރު ދުވަހުގެރޭ ފުވައްމުލައް ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި ދިވެހި ޒުވާނާ އަށް ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ. އައިޖީއެމްއެޗްގެ އަައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ ފުވައްމުލަކު އާސްމާނުގެ، އިބްރާހިމް ސިމާން 30، އެވެ. ސިމާނަށް އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލްގައެވެ. އެކަމަކު ހާލު ސީރިއަސްކަމުން ޖެހިގެން އައި ދުވަހު މާލެ ގެނެސްފައިވެއެވެ. މާލެ ގެނައި އި...
މުޙައްމަދު
އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމް، “ޕްރެކްޓިސް ޕާލަމަންޓް” ޕްރޮގްރާމްގެ ދެ ބެޗެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ޔޫއެންޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، އޮސްޓްރޭލިއަން އެއިޑް އަދި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއިގުޅޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަންހެން ބޭފުޅުންނަށެވެ. ދެ ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދާ މ...
ޔުމްނާ ޢަލީ
މާލޭ މޭޔަރުކަމުގެ މަސްއޫލިއްޔަތު އުފުއްލެވުމުގައި އެންމެ ބޮޑު އިސްކަމެއް ލޯތްބާއި އޯގާތެރިކަމުގެ މުޖުތަމައެއް ބިނާކުރަންކަމަށް މާލޭގެ މޭޔަރުކަމުގެ ހުވާ ކުރައްވައި، ރޭގައި މަގާމާއި ހަވާލުވެވަޑައިގެން އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މާލޭގެ މޭޔަރާއި، ތިން ކައުންސިލަރުން ހުވާކުރުމަށް ރޭގައި ބޭއްވި ދަރުބާރުގައި ވާހަކަދައްކަވަމުން އާޒިމް ވަނީ މާލޭގެ މޭޔަރު ކަމުގެ މަގާމު ފުރުއްވުމުގައި އޭނާ މަސައްކަތް ކުރައްވަން ބޭނުންވަނީ ސަރުކާރަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ދެވެން އޮތް އެއްބާރުލުމާއި އެހީތ...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ “ކަނބަލުންގެ ބީޗް ހޭންޑްބޯލް މުބާރާތް 2024” ރާވާ ހިންގައި ދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. ބިޑާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިން މި މަހުގެ 25 ވަނަ ދުވަހުގެ 13:00 ގައި ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވަން ތާވަލު ކޮށްފައިވާއިރު، މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ 10:00 ގެ […]
އިބްރާހިމް ޚަލީލް
އެމަނިކުފާނާއި ކެބިނެޓްގެ ހިމެނިވަޑައިގަންނަވާ ވަޒީރުންނާ ސުވާލު ކުރެވޭނެ ގޮތަށް ފޯރަމްތަކެއް ބާއްވަވައި ރައްޔިތުން ކުރަން ބޭނުންވާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މޭޔަރު އާދަމް އާޒިމާ ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އިތުބާރާއި ތާއިދާއި އެކީގައި އިންތިހާބު ވެގެން އަނ...
މުޙައްމަދު
ކުރީގެ އަދަދާއި ގުޅޭ: ” އަހަރެންގެ ކޮއްކޮވެސް އަހަންނަށް ދޮގެއް ނަހަދާނެ!” އެހެން ބުނެލުމަށްފަހު މުއާޒް އިތުރަށް މަޑުނުކޮށް ދޮރާ ދިމާލަށް ހިނގައިގަތެވެ. މުއާޒްގެ ޖުމްލައިން ޒާރާއަށް ލިބުނީ ވޭނީ ސިހުމެކެވެ. ހިތްހަމަ ނުޖެހިފައި ހުރެ މާހިލްވެސް މުއާޒާއެކު ދިޔައެވެ. ދޮރާ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ޒާރާ ބަލައިލީ ދުރުގައި ހުރި ޖުމާއަށެވެ. ” ބައްޕައަށް ގުޅާފަ އަމިއްލައަށް ތިވާހަކަ ބުނޭ! ” ރުޅިއައިސް ހުރެ ޒާރާ ބުންޏެވެ. އެއާއެކު ސިހިފައި ޖުމާއަށް ޒާރާގެ މޫނަށް […]
ސަލާމާ ޢަބްދުލް ޢަލީމް
މާލޭގެ ބޮޑުތަކުރުފާނު މަގު، މީރުބަހުރު ކުރިމަތީގައި ހުންނަ އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ އަތޮޅުތަކަށް ލިބޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މޭޔަރު އާދަމް އާޒިމާ ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ މާލޭގައި އަތޮޅު ފިހާރަ ހުރި ނަމަވެސް އެ ފިހާރަތަކަށް ލިބެމުން ދިޔަ ފައިސާ އެެ އަތޮޅުތަކާ ހަވާލުކޮށްފައި […]
މުޙައްމަދު
ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްގީކުރާ ޒަމާނީ ރަށް، ރަސްމާލެއާއި ވެރިރަށް މާލެ ގުޅުވައިލާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު (ބައި-އިލެކްޝަން)ގެ މޭޔަރު އަދި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ދަރުބާރުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ރަސްމާލެ އާއި މާލެ ގުޅުވައިލުމަށް ކަނޑު އަޑިން އަޅާ ޓަނަލް ވެގެންދާނީ އެޓަނަލ...
ޔުމްނާ ޢަލީ
ށ. ފޯކައިދޫ ކައިރިން ޑިންގީއެއް ބަންޑުންޖަހާލައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެއީ، ށ. މިލަންދޫއިން ފުރައިގެން ހދ. ކުޅުދުއްފުށި ސިޓީ އަށް ދަތުރުކުރަމުންދިޔަ ޑިންގީއެކެވެ. އެ ޑިންގީ ބަންޑުން ޖަހާލައިގެން މިރޭ 22:23 ހާއިރު އެ އިދާރާއަށް މައުލޫމާތު ލިބުނުކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެންވެ، އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި ޑިންގީގައ...
ޔުމްނާ ޢަލީ