މައުލޫމާތު ބަދަލުވެފައިވާ މީހުންނަށް އަންނަ އާދިއްތަ ދުވަހުގެ ފަހުން އައިޑީ ކާޑް ހަދައި ދޭނީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓު ނުލެވުނަސް އެކަމުގެ އިއުތިރާޒު ނުކުރާ ނަމަ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ބުނެފިއެވެ. ޑީއެންއާރުން ކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށް 18 އަހަރުން މަތީގެ ފަރާތްތަކުގެ މައުލޫމާތު ބަދަލުވެފައިވާ ނަމަ އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު 3:00 […]
މުޙައްމަދު
ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހަ އިން އާއިލާ ކައިރިއަށް ދެވޭނެ މަގު ފަހިކުރުމުގެ ގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި އެކޮމޮޑޭޝަން ސެންޓަރުތަކެއް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ސައީދު މިކަން ހާމަކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި އަންހެނުން އިތުރު ކުރުމަށް “ފަހި ފަތުރުވެރިކަމަށް އަންހެނުން” ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާޙު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދަ...
މުޙައްމަދު
ޕްލޭ ސުކޫލް ހިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތައުލީމް ތަރައްގީ ކުރުމަށް ކުޅުދުއްފުށީ އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް 25 އަހަރަށް ކުއްޔަށް ހިފުމަށް ބިޑް ހުށަހެޅުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމަށް އެދި އަންދާސީ ހިސާބް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ 10:30 ގެ ކުރިން ހުށަހަޅަން ޖެހެއެވެ. މި ބިޑާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ […]
އިބްރާހިމް ޚަލީލް
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާ، ހއ. ދިއްދޫގައި އަޅަމުން އަންނަ ޓެކްނިކަލް އިންސްޓިޓިއުޓް މަސައްކަތް ހިނގަމުންދާގޮތް ބައްލަވައިލައްވައިފިއެވެ. ކުރީ ސަރުކާރުގައި ޖޫނިއާ ކޮލެޖެއްގެ ނަމުގައި އަޅަންފެށި މިތަން ވަޒީރު މާރިއާ ބައްލަވައިލެއްވީ އެކަމަނާ މިހާރު ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. މިތަން އަޅަން 12 މެއި 2022 ގައި ހަވާލުކޮށްފައި ވަނީ، 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވީ އަވަ...
ޔުމްނާ ޢަލީ
އަންނަ މާރިޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންގެ ކުށުގެ ރެކޯޑު ސާފުކުރަން ފަސޭހަ އިންތިޒާމުތަކެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން (ޕީޖީ އޮފީސް) ހަމަޖައްސާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންގެ ކުށުގެ ރެކޯޑު އެ އޮފީހުން ސާފުކޮށްދިނުމަށް ވަނީ ތައްޔާރުވެފައެވެ. ”ކުށުގެ ރެކޯޑެއް ނެތް މީހަކުނަމަ، އެމީހަކު ރެކޯޑަށް އެދޭތާ 5 މިނިޓު ތެރޭގައި ރެކޯޑު ސާފުކޮށްދޭނަމެވެ. ރ...
ޔުމްނާ ޢަލީ
ކަނޑުމަތިން މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ވެލައްސަރު ރިސޯޓު ކައިރި ކަނޑުގެ ސަރަހައްދުން މަރުވެފައިވާ މީހެއްގެ ހަށިގަނޑުފެނިގެން އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެމީހާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:11 ހާއިރުއެވެ. އެމީހާ އަކީ ކ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތްކުރާ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަން މިހާތަނަށް ބެލިބުލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން މި މައްސަލަ ތަ...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީގައި ބަންޑާރަ ގޯތިލި ލިބި ގެދޮރު ނޭޅި ތިބި މީހުންނަށް ލުއިގޮތެއް ފަހިކޮށްދީ، އެރަށުގައި ފަށާފައިވާ އަދި ފަށަން ޕްލޭންކޮށް ވަޢުދު ވެފައިވާ ހައުސިން މަޝްރޫއުތައް އަވަސްކޮށްދިނުމަށް ސިޓީ ކައުންސިިލުން ސަރުކާރުގައި އެދިއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިގޮތައް އެދިފައި ވަނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދެ ނައިބު ވަޒީރަކާއެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ. އެ ބައްދަލުވުމާއިގުޅޭގޮތުން ސިޓީ ކައުންސިލުން މިއަދު ބުނީ ގެދޮރުވެރިކަމާއި ބ...
ޔުމްނާ ޢަލީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމާއި ލޯގޯ އެ ކުންފުނިން އަލުން ބޭނުން ކުރަން ފަށައިފިއެވެޒ ކުރީ ސަރުކާރުން އެ ކުންފުނި ރީބްރޭންޑްކޮށް އާބަންކޯގެ ނަމަށް ބަދަލު ކުރިއެވެ. ނަމަވެސް އެ ކުންފުންޏަކީ ޤާނޫނަކުން އުފެދިފައިވާ ކުންފުންޏަކަށްވާއިރު “ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން” އަކީ އަދިވެސް އެ ކުންފުނީގެ ޤާނޫނީ ނަމެވެ. މިހާރު ބޭނުންކުރަމުން އަންނަ އާބަންކޯގެ ނަމުގެ ބަދަލުގައި އެޗްޑީސީ ބޭނުންކުރަން ނިންމާފައިވަނީ އެ ކުންފުނީގެ ނަމާގުޅޭގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށް ކަމ...
އަޙްމަދު ވަހީދު
ހދ.ނައިވާދޫގެ ޒުވާނުން އިސްނަގައިގެން އެރަށު ބޮޑު މިސްކިތަށް (މަސްޖިދުލް އައްވާބީން) ތްރީފޭސް ކަރަންޓްލައި އޭސީ ހަރުކޮށް ނިންމައި ކައުންސިލާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ ދަށުން އެ މިސްކިތުގައި ވަނީ 24000 (ސުއުވީސް ހާސް) ބީޓީޔޫގެ 12 އޭސީ ހަރުކޮށްފައެވެ. މަސައްކަތް ނިންމާ ރަސްމީކޮށް މިސްކިތް ކައުންސިލާއި ހަވާލުކޮށްފައި ވަނީ އިއްޔެއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަމުން ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ބުނީ އެ ރަށު ބޮޑު މިސްކިތަށް ތްރީފޭސް ކަރަންޓްލައި މިސްކިތް އޭސީ […]
އިބްރާހިމް ޚަލީލް
ސަރުކާރަކުން މާލެ ސިޓީ ކައުންސިލަށް ނުފޫޒު ނުފޯރުވާކަމަށް ސިޓީ ކައުންސިލް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ. ލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކެއް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއި ހަވާލުކުރަން ސިޓީ ކައުންސިލުން އިއްޔެ ވަނީ ފާސްކޮށްފައެވެ. އެކަމާއި ގުޅިގެން އިންތިޚާބީ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައި އެ ނިންމުން ބަދަލުކުރަން ގޮވައިލައްވާފައިވާއިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމުގައި ސަރު...
ޔުމްނާ ޢަލީ
ރައީސް، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ރަސްމީ ދުވަހެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފިއެވެ. މީގެ ކުރީން ރައީސް، މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. ނަމަވެސް ރައީސް މުޢިއްޒު ވަނީ އެކަމަށް ބަދަލުގެންނަވައި، އެ ދުވަސް ރަސްމީ ދުވަހެއްގޮތުގައި ހަމަޖައްސަވާފައެވެ. ރައީސް، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ކޮންމެ އަހަރަކަށް ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ދައުރު ފެށޭ ދުވަހެވެ. ރައީސް މުޢިއް...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީގައި އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ޕޮލިސް ޕޯސްޓެއް ހުޅުވައި، އެ ރަށުގައި ރަސްމީކޮށް ފުލުހުންގެ ޚިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. މި ޕޯސްޓްގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލައްވައި އެ ރަށު ކައުންސިލާއި ބައްދަލުކުރެއްވުމަށް ހދ.އަތޮޅުގެ ޕޮލިސް ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހުމާ ސައީދު ވަނީ އިއްޔެ އެ ރަށަށް ޒިޔާރަތް ކުރައްވާފައެވެ. ކުރިނބީގައި ޕޮލިސް ޕޯސްޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މި...
އިބްރާހިމް ޚަލީލް
ކުރީގެ އަދަދާއިގުޅޭ، ފޯނުން ކަލަންޑަރު ބަލައިލުމަށްފަހު ޖުމާއަށް ބުނެވުނެވެ. އެއާއެކު އޭނާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ކުރިއަށްވުރެ ބޮޑަށް ބޮލަށް އެނބުރުން އަރާހެން ހީވިއެވެ. ” އަނެއްކާ އަހަރެން…..؟ ބަނޑުބޮޑީބާ؟ އަދި އަލަށް ޕީރިއަޑް ނުވެ މިދިޔައީ!” ޖުމާއަށް އެހެން ބުނެލެވުމާއެކު އަތުން ފޯނު ދޫވެގެން ދިޔައެވެ. އޭރު އޭނާގެ ހިތް އޮތީ ޝައްކުން ފުނިޖެހިފައެވެ. ” އަހަރެން މިކަން ޔަޤީން ކުރާނީވެސް ކިހިނެއް؟ ” ނިތްމަތީގައި އަތް އަޅާލުމަށްފަހު، ޖުމާއަށް ފާރުގަައި ލެނގިލެވުނެވެ. އެއާއެކު […]
ސަލާމާ ޢަބްދުލް ޢަލީމް
ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނަ ކަމަށާއި، އެކަން ކުރަނީ ސަރުކާރުން ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވަންކަމަށް އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބުނެފިއެވެ. އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަޒީފާއަށް ނަގާފައިވާ ފަރާތްތައް އެއްވެސް ހަމައެއް އުސޫލެއް ނެތި އެމީހުންގެ ވަޒީފާތަކުން ވަކިކުރަމުން އަންނަކަމަށެވެ. އެހެންވެ އެކަން އެންމެ ހަރު އަޑުނ...
ޔުމްނާ ޢަލީ
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިރޭ ޔުގެންޑާ އަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ނައިބު ރައީސްގެ މި ދަތުރުފުޅުގައި ޔުގެންޑާގެ ކަމްޕާލާގައި ބާއްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި “ގްރޫޕް އޮފް 77 އެންޑް ޗައިނާ” (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި...
ޔުމްނާ ޢަލީ
އަމިއްލަ ފަރާތްތަކެއްގެ އެހީގައި ހުޅުމާލޭގައި އިތުރު ދެ މިސްކިތާއި މާލޭގައި މިސްކިތެއް އެޅުމުގެ ފުރުސަތު ލިބިފައިވާކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް މިކަން ހާމަކުރެއްވީ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ޝަހީމް ވިދާޅުވީ، އަމިއްލަ ފަރާތްތަކެއްގެ އެހީގައި ހުޅުމާލޭގައި ދެ މިސްކިތް އަދި މާލޭގައި މިސްކިތެއް އެޅުމަށް ފުރުސަތު ލިބިފައިވާ ކަމަށެވެ. މީގެ ތެރެއިން މާލޭގައި އަޅަން ފުރުސަތު ލިބިފައި ވަނީ ތިން ބުރީގެ...
ޔުމްނާ ޢަލީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 150 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ. އެޗްޑީސީން މިއަދު ބުނީ ބުނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް އެ ކުންފުނިން ހަލުވިކަމާއެކު ކުރަމުންދާ ކަމަށެވެ. މި މިސްކިތަކީ އަންހެނުންނާއި ފިރިހެން ބައި ވަކިކޮށް ހަދާ މިސްކިތެއް ކަމަށް އެޗްޑީސީން ބުންޏެވެ. އެޗްޑީސީން ބު...
މުޙައްމަދު
ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ކުރަން ޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު، ކުރަން ފަށާފައިވާ ކަމަށް އާސަންދަ ކުންފުނިން މިރޭ ބުނެފިއެވެ. ކުރިއަށް އޮތް ތަނުގައި ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ. އާސަންދަ ސްކީމްގެ ދަށުން ރާއްޖެ އިން ބޭރަށް ބަލި މީހުން މިވަގުތު ފޮނުވަމުން […]
މުޙައްމަދު