ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފިއެވެ. މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ޣައްޒާގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ކުށްތަކުގެ ސަބަބުން އޭނާއާއި ދެކޮޅަށް އައިސީސީ އިން ހައްޔަރުކުރުމުގެ އަމުރެއް ނެރުމާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ބުރާސްފަތި ދުވަހު ސޮއިކުރެއްވި މި އަމުރުގައި، ޓްރަމްޕް ވިދާޅުވެފައިވަނީ އައިސީސީ އިން “އެމެރިކާ އާއި އެމެރިކާގެ ގާތް އެކުވެރި އިޒްރޭލް އަށް އަމ...
އަޙްމަދު ދާއޫދު
މާލޭގެ އަމީނީމަގުގައި، ކުރީގެ ހައުސިންގ މިނިސްޓްރީ ކައިރީގައި އިމަޖެންސީގައި ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ އިރާކޮޅު 7:35 ހާއިރުއެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ނިއްކުރިމަތި ދުޅަވެ އަނިޔާވެފައިވާއިރު، އޭނާއަށް ފަރުވާ ދިނުމަށް ވަނީ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި އެކްސިޑެންޓުގައި ހިމެނޭ ދެ އުޅަނދުވެސް ދުއްވާފައި...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީގައި އޮންނަ އެއާޕޯޓާއި، ށ. ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވިގޮތިގައި، ޖިއޮގްރެފިކަލީ ރާއްޖެ އުފެދިފައި އޮންނަ ގޮތުން، އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަކީ، ޒަރޫރީ ބޭނުމަކަށް ވެފައި އޮންނަކަމެކެވެ. އެހެންކަމުން އާންމު ރައްޔިތުންނަށް ވެސް ޒަމާނުއްސުރެ އޮތ...
ޔުމްނާ ޢަލީ
ގއ. ވިލިނގިލީގައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާއެއްގައި މާބަނޑު އަންހެނަކާއި އޭނާގެ ދަރިފުޅު ނިޔާވުމާ ގުޅިގެން، އެ މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް ފަށައިފިއެވެ. ދާޚިލީ ވަޒީރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށާއި، އިހުމާލުވެފައިވާ ފަރާތެއް ވާނަމަ އެ ފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރ...
ޔުމްނާ ޢަލީ
“ނަވައިމާ” ނަމަކަށް ކިޔާ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ޔޮޓް އަޑިއަށް ހިނގައްޖެއެވެ. ގޮސްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 ފެބްރުއަރީ 5 ވަނަ ދުވަހުގެ ފަތިހު 3:43 ހާއިރުއެވެ. މި ޔޮޓްގައި ރޯވީ ރީތިރަށް ރިސޯޓާ ދިމާ 5 މޭލު ބޭރުގައި ދަތުރުކުރަމުން ދަނިކޮށެވެ. ހާދިސާ ހިނގި ވަގުތު ޔޮޓުގައި 5 މީހަކު ތިބިކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ […]
ޔުމްނާ ޢަލީ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އިމަޖެންސީ ރޫމްގައި ފަރުވާދެމުން ދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވި މައްސަލައެއް ހުށަހެޅިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 6 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ރޭ 23:30 އެހާކަށްހާއިރުއެވެ. އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ނޫންކަން ފާހަގަކުރެވޭކަމަށް ފުލުހުން ބުނެފައިވާއިރު، ފުލުހުން ބެލި ބެ...
ޔުމްނާ ޢަލީ
ޑީޕްސީކްގެ ސޯސް ކޯޑުން އެމެރިކާއިން މަނާކޮށްފައިވާ ޗައިނާގެ ކުންފުންޏަކަށް މަޢުލޫމާތު ފޮނުވާކަން ހާމަވެއްޖެއެވެ. ސެކިއުރިޓީ ދިރާސާކުރާ ފަރާތްތަކުން ތުހުމަތު ކޮށްފައިވާގޮތުގައި ޑީޕްސީކްގެ ވެބްސައިޓުގައި ހުރި ކޮމްޕިއުޓަރ ކޯޑަކުން، ޔޫޒަރުންގެ ޒާތީ މައުލޫމާތު ފޯރުކޮށްދެމުންދަނީ އެމެރިކާއިން ހިންގުން މަނާކޮށްފައިވާ ޗައިނާގެ ސަރުކާރުގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއް ކަމުގައިވާ ޗައިނާ މޮބައިލްއަށެވެ. ޑީޕްސީކްގެ ޗެޓްބޮޓަކީ މިހާރު އެމެރިކާގައި އެންމެ ގިނައިން ޑައުންލޯޑުކުރާ އެޕްލިކޭޝަންކަން ފާހަގަކުރެވެ...
އަޙްމަދު ދާއޫދު
ފަސޭހަކަމާއިއެކު ޓޮޓެންހަމް ބަލިކޮށް ލިވަޕޫލުން އިނގިރޭސި ލީގް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި 1-0 ގެ ނަތީޖާއިން މޮޅުވީ ޓޮޓެންހަމެވެ. ރޭ ދެވަނަ ލެގުގެ މެޗު ކުޅެފައުވަނީ ލިވަޕޫލްގެ ދަނޑުގައެވެ. ލިވަޕޫލުން ރޭ މެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. ވުމާއިއެކު އެ ޓީމަށް ފައިނަލުން ޖާގަ ލިބިފައިވަނީ 4-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ. ރޭ މެޗުގެ 34 ވަނަ މިނިޓުގައި މުހައްމަދު ސަލާ ދިން ބޯޅަ އަކުން […]
އިބްރާހިމް ޚަލީލް
ޑިސެމްބަރު މަހު ދެކުނު ކޮރެއާގައި ހިނގި އެ ޤައުމުގެ އެންމެ ނުރައްކާތެރި ވައިގެ ހާދިސާއާ ގުޅިގެން، ދެކުނު ކޮރެއާގެ ހުރިހާ އެއަރޕޯޓެއްގައި ބާރޑް ޑިޓެކްޝަން ކެމެރާތަކާއި ރާޑާތައް ހަރުކުރުމަށް އެ ޤައުމުގެ ސަރުކާރުން އަމުރުކޮށްފިއެވެ. ބިމާއި، އުމްރާނީ ތަރައްޤީއާއި، ދަތުރުފަތުރުގެ ވުޒާރާއިން ބުރާސްފަތި ދުވަހު މި އައު ޕްލޭން އިއުލާނުކުރީ، ޤައުމުގެ އެއަރޕޯޓުތަކުގެ ޚާއްޞަ ސަލާމަތީ ބަލައި ފާސްކުރުމުގެ ބައެއްގެ ގޮތުގައެވެ. މީގެ އިތުރުން، ޚާއްޞަކޮށް ދޫނި ގިނައިން އެއްވާ ސަރަޙައްދުތަކުގެ ތަފްޞީލީ ސަރވޭއެއްވެ...
އަޙްމަދު ދާއޫދު
ސްޕެނިޝް ކަޕް ކުއާޓާ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުން ބާސެލޯނާއާއި ރިއާލް ސޮސިއެޑާޑް ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި ބާސާއިން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ވެލެންސިއާ ބަލިކޮށްފައެވެ. ސްޕެނިޝް ލީގުގައި ވެސް ދާދިފަހުން މި ދެ ޓީމް ވަނީ ބައްދަލުކޮށްފައެވެ. އެ މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 7-1 ގެ ނަތީޖާއިންނެވެ. ވުމާއިއެކު ދެމެޗުގެ މައްޗަށް ބާސާއިން މިވަނީ ވެލެންސިއާ ކޮޅަށް 12 ލަނޑު ޖަހާފައެވެ. ރޭ ވެލެންސިއާގެ […]
އިބްރާހިމް ޚަލީލް
ވައުދުވެފައިވާ ފަދައިން 14 އެއާޕޯޓެއް ތަރައްގީކުރުމުގެ އެކި މަރުހަލާތައް މިއަހަރު ހިނގަންފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ވައުދުވެވަޑައިގެންގޮތަށް، 14 އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަރުހަލާތައް މި އަހަރު ހިނގަން ފަށާނެވެ. މީގެ ތެރޭގައި މިހާރު ހިނގަމުން އަންނަ ދެ އެއާޕޯޓެއްގެ ޚިދުމަތް ފުޅާކުރުމާއި، އަލަށް މަސައްކަތްފަށާ 12 ތަނ...
ޔުމްނާ ޢަލީ
ޣައްޒާ ހަނގުރާމަ ނިމުމުން އިސްރާއީލުން، ޣައްޒާ އެމެރިކާއާ ހަވާލުކުރާނެ ކަމަށާއި، އެމެރިކާ ސިފައިން ފޮނުވާކަށް ނުޖެހޭނެކަމަށް ޓްރަމްޕް ބުނެފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ ހަނގުރާމަ ނިމުމުން އިސްރާއީލުން ޣައްޒާ އެމެރިކާއާ ހަވާލުކުރާނެ ކަމަށާއި، އެ ސަރަހައްދުގެ އާބާދީ އެހެން ތަނަކަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާގެ ސިފައިން ޣައްޒާގައި ބޭތިއްބުމުގެ ބޭނުމެއް ނެތް ކަމަށްވެސް އޭނާ އިތުރަށް ބުނެފައިވެއެވެ. ޓްރަމްޕްގެ މި ހުށަހެޅުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުނ...
އަޙްމަދު ދާއޫދު
މި އަހަރު މާލެ ސަރަހައްދުގަައި އިތުރު ސްކޫލެއް އަޅައި ތައުލީމީ ދާއިރާއިން އިތުރު 134 މަޝްރޫޢުއެއް ހިންގަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ވޭތުވި އަހަރު ތަޢުލީމީ ދާއިރާއިން ކުރެވުނު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވުމަށްފަހު މިއަހަރުގެ އަމާޒުތަކުގެ މައްޗަށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި ސާނަވީ ތަޢުލީމުދޭ ސްކޫލް އިމާރަތް ކުރުމ...
ޔުމްނާ ޢަލީ
ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ރަނގަޅު ވިސްނުމެއް މާމިގީ ދާއިރާގެ މެމްބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅަން ގަސްދު ކުރާ އެންމެ މުހިންމު ބިލެއްގެ ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެކުގައި ބާއްވާ ގޮތަށް ބަދަލުކުރަން ގެންނަ އިސްލާހުގެ ބިލު ހުށަހަޅުއްވާނެކަމ...
ޔުމްނާ ޢަލީ
މިއަހަރު ނިމިގެންދާއިރު 1 ބިލިއަން ރުފިޔާގެ ލޯނުގެ މަދަދު ނުވަތަ އެހީތެރިކަން، ދިރިއުޅުން ބިނާކުރުމަށް ޓަކައި، އާންމު ދިވެހި ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުތައް މެދުވެރިކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން، އަމިއްލަ ގޯތީގައި ޢިމާރާތްކުރުމަށް 5 އިންސައްތަ ފައިދާގައި ޝަރީޢާ ހުއްދަކުރާ ލ...
ޔުމްނާ ޢަލީ
އަށް ރަށެއްގައި އައިސްޕްލާންޓް ގާއިމުކޮށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ދިވެހި މަސްވެރިކަމުގެ ސިނާއަތް ޒަމާނާ އެކަށޭނަހެން އަބަދުވެސް ކުރިއެރުވުމަކީ، އަޅުގަނޑުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. މިގޮތުން އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ 48 ގަޑި އިރު ތެރޭގައި މަސްވެރީންނަށ...
ޔުމްނާ ޢަލީ
” ވަޓް؟ ދާއިންއާ އަރޫ؟ ނޯ! ނޯ!” ނަދީމްއަށް ބުނެވުނެވެ. ކައިރީގައި ހުރި ގޮނޑީގައި އޭނާއަށް ހިފަހައްޓާލެވުނީ ތުރުތުރުއަޅާ ހާލުގައެވެ. ބައްޕަ ދިން ހަބަރުން ނަދީމްއަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އިންތިހާއަށް ރުޅިގަދަވެ، ކޮންޓްރޯލުން ނައްޓައިފިއެވެ. އެއާއެކު އޭނާގެ ސިކުނޑިއަށް އެންމެ ފުރަތަމަ ވެސް އައީ ދާއިންގެ ނަމަވެ. ރުޅި އައިސް އިނދެ އޭނާ ފޯނުގައި ދާއިންގެ ނަން ސާޗް ކޮށްލުމާއެކު ކުއްލިއަކަށް އެތެރެއަށް ވަނީ ޒައިނާއެވެ. ނަދީމް ފެނުމާއެކު، ނަދީމްގެ މޫޑު އެހާ ރަނގަޅު ނޫންކަން އޭނާއަށް […]
ސަލާމާ ޢަބްދުލް ޢަލީމް
2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ނިމުނު 2024 ވަނަ އަހަރަށްވުރެ މި އަހަރު އިޤުތިޞާދީ ކުރިއެރުން ހަލުއިވާނެ ކަމަށެވެ. އެ ގޮތުން 2025 ވަނަ އަހަރު ރާއްޖޭގެ އިޤުތިޞާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރެވޭކަމަށް ރ...
ޔުމްނާ ޢަލީ