މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,424 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 562 ވަނަ ޞަފްޙާ

މުޅި ލަންކާއިން ކަރަންޓް ކެނޑިއްޖެ

މުޅި ލަންކާއިން ކަރަންޓް ކެނޑިއްޖެ

ކުއްލިއަކަށް މުޅި ސްރީލަންކާއިން ކަރަންޓު ކެނޑިފައިވާ ކަމަށް އެ ޤަައުމުގެ މީޑިއާއިން ބުނެފިއެވެ. ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ) އާއި ހަވާލާދީ ލަންކާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ މި މައްސަލަ ހައްލުކޮށް، ވީހާވެސް އަވަހަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. “މިހާރު މުޅި ލަންކާއިން ކަރަންޓު ކެނޑިފައި މިވަނީ ނޭޝަނަލް ގްރިޑުގައި ހުރި ބެލެންސް ގެއްލިގެން” ކަމަށް އެ ޤައުމުގެ ހަކަތައިގެ ވުޒާރާއިން ބުނެފައިވެއެވެ. ކަރަންޓު އަނބުރާ ދިނުމުގެ މަސައްކަތް ކުރިއަށްދާ...

ޔުމްނާ ޢަލީ
ފެން ހޮޅިއަކަށް ގެއްލުންވެ 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ފެން ހޮޅިއަކަށް ގެއްލުންވެ 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

މިއަދު މާލޭގެ މ. ހައުސް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ. މި ހާދިސާގައި ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުމާ ގުޅިގެން، އެ ގެތަކުގައި ދިރިއުޅޭ މީހުންނަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ) އިން ވަނީވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ. މިކަމާއި ގުޅިގެން އެންޑީއެމްއޭ އިން މިއަދު ބުނެފައިވާ ގޮތުގައި، މި 55 މީހުންގެ ތެރޭގައި 20 ބިދޭސީން ހިމެނެއެވެ. މި ފަރާތްތަކަށް […]

ޔުމްނާ ޢަލީ
ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ހަމަލާދީފި

ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ހަމަލާދީފި

ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ރޭ ހަމަލާދީފައިވާ ދީފިއެވެ. މި މައްސަލަ ހިނގާފައިވަނީ ރޭ 23:35 ހާއިރު ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓަރފް ދަނޑު ކައިރީގައެވެ. ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި މާރާމާރީގައި ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެމީހަކު ކަމަށާއި، އަނިޔާ ލިބުނު މީހާ މަޑުކޮށްގެން ހުއްޓައި ހަމަލާދީފައިވަނީ ކޯރާޑިއަކުންނެވެ. އަނިޔާ ލިބުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފަ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ ލޯބިވިޔަސް (46)

ސިލްސިލާ ވާހަކަ ލޯބިވިޔަސް (46)

ކުރީގެ އަދަދާއިގުޅޭ: ” އަރޫ؟” ދާއިންއަށް އަރޫޝާ ގެ ނަމުން ގޮވައިލެވުނީ ނުހަނު ބާރަށެވެ. އޭރު ބަނޑުގައި އަތް އަޅައިގެން ދާއިންގެ ގައިގައި އޭނާ ލެނގިލައިފިއެވެ. ކުއްލިއަކަށް ދާއިންއަށް ފެނުނީ މުށިތައްމަތީގައި ހުރި ލޭ ތިކިތަކެވެ. އެއާއެކު އަރޫޝާ ހަބަރު ހުސްވެގެން އޭނާގެ ގައިގައި ތަތްވެއްޖެއެވެ. މެރިފައިވާ ދެ ލޯ އަރޫޝާއަށް ހުޅުވާލެވުނީ ވަރުބަލިކަމާއެކުއެވެ. އޭރުވެސް ލޮލުގެ އެސްފިޔަތައް ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ސީލިންގުގައި ހަރުކޮށްފައި ހުރި ބޮތްކަށް ބަލަހައްޓައިގެން އޮއްވާ ކުއްލިއަކަށް އ...

ސަލާމާ ޢަބްދުލް ޢަލީމް
މަގުމަތީގައި ވެސް ދުއްވޭ، އުދުހޭ ކާރުތައް ޗައިނާއިން ވިއްކަން ފަށަނީ

މަގުމަތީގައި ވެސް ދުއްވޭ، އުދުހޭ ކާރުތައް ޗައިނާއިން ވިއްކަން ފަށަނީ

މަގުމަތީގައި ވެސް ދުއްވޭ، އުދުހޭ ކާރުތައް ޗައިނާއިން ވިއްކަން ފަށަން ތައްޔާރު ވެއްޖެއެވެ. ވަރަށް ޚާއްސަ ފީޗާތަކެއް އިތުރުކޮށް ފަރުމާކޮށްފައިވާ، މަގުމަތީގައި ވެސް ދުއްވޭ އަދި އުދުހޭ ކާރުތައް 2026 ވަނަ އަހަރުން ފެށިގެން ވިއްކަން ފަށާނެ ކަމަށް ޗައިނާގެ އެކްސްޕެންގުން ވަނީ ބުނެފައެވެ. 2025 ވަނަ އަހަރުގެ ކޮންސިއުމަރ އިލެކްޓްރޯނިކްސް ޝޯގައި އެކްސްޕެންގުން ދައްކާލި “ލޭންޑް އެއަރކްރާފްޓް ކެރިއަރ” އަކީ ބިމާއި ވައިގެ ތެރޭގައި ދުއްވޭ ކާރެކެވެ. މިފަދަ ކާރުތައް އާންމުވުމުން މިހާރު 1-2 ގަޑިއިރު […]

އަޙްމަދު ދާއޫދު
އެތުލެޓިކޯއާއި އެއްވަރުކޮށް ރެއާލުން ލީޑު ދަމަހައްޓައިފި

އެތުލެޓިކޯއާއި އެއްވަރުކޮށް ރެއާލުން ލީޑު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވެ، ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލުން ލީޑު ދަމަހައްޓައިފިއެވެ. ރޭ ރެއާލުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. ކުޅުނު 23 މެޗުން 50 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނާގައި ރެއާލް އޮތްއިރު ދެވަނާގައި އެތުލެޓިކޯ މެޑްރިޑް އޮތީ 23 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި ބާސާއޮތީ 22 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ރަށުން […]

އިބްރާހިމް ޚަލީލް
ލުބުނާންގައި އާ ސަރުކާރެއް އެކުލަވާލައިފި

ލުބުނާންގައި އާ ސަރުކާރެއް އެކުލަވާލައިފި

ޙިޒުބުﷲ އާ ނުލައި ފުރަތަމަފަހަރަށް ލުބުނާންގައި އާ ސަރުކާރެއް އެކުލަވާލައިފިއެވެ. މިއީ އެމެރިކާގެ އާދަޔާ ޚިލާފު ސީދާ ނުފޫޒާއެކު އެކުލަވާލެވުނު ސަރުކާރެކެވެ. އަދި މިއީ އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޤައުމު އަލުން ބިނާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ރިޕޯޓްތައް ބުނެއެވެ. ލުބުނާންގެ އައު ބޮޑުވަޒީރު ނަވާފް ސަލާމް ވިދާޅުވީ 24 މެންބަރުންގެ މައްޗަށް އެކުލެވޭ އާ ކެބިނެޓުގެ އެންމެ އިސް އަމާޒަކަށް ވާނީ މާލީ […]

އަޙްމަދު ދާއޫދު
މާލޭގެ އިމާރާތެއްގައި ރޯވެއްޖެ

މާލޭގެ އިމާރާތެއްގައި ރޯވެއްޖެ

މާލޭގެ އިމާރާތެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައި ވަނީ މ. ހައުސް ޕްލާޒާ ގޭގައެވެ. މ.ޝީ ބިލްޑިންގް ކުރިމަތީގައި ހުންނަ ހައުސްޕްލާޒާގެ އަކީ މީހުން ނޫޅޭ ބާ އިމާރާތެކެވެ. އެތަނުގައި މިދިޔަ އަހަރު ވެސް އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު ހިނގި މި ހާދިސާއާއި ގުޅިގެން އެތަނުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ވެސް ކުރިއެވެ.

ޔުމްނާ ޢަލީ
ބޭހަކުން ވިހަވެ ލަންކާގައި ދެ ޓޫރިސްޓަކު މަރުވެއްޖެ

ބޭހަކުން ވިހަވެ ލަންކާގައި ދެ ޓޫރިސްޓަކު މަރުވެއްޖެ

ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ހޮސްޓެލްއެއްގައި ޕެސްޓް މަރަން ޖަހާފައިވާ ބޭހެއްގެ ސަބަބުން ވިހަވެ، އިނގިރޭސި ވިލާތާއި ޖަރުމަނުވިލާތުގެ ދެ އަންހެނަކު މަރުވެއްޖެއެވެ. އިނގިރޭސި ވިލާތުގެ 24 އަހަރުގެ އީބޯނީ މެކިންޓޯޝް މަރުވީ މި މަހުގެ ދެވަނަ ދުވަހު ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. ޖަރުމަނުވިލާތުގެ 26 އަހަރުގެ އަންހެން މީހާ މަރުވީ އޭގެ އަނެއް ދުވަހުއެވެ. މި ހާދިސާގައި އެ ހޮސްޓެލްގައި ހުރި ޖަރުމަނުވިލާތުގެ ފިރިހެނަކަށް ވެސް ވިހަވެ، މިވަގުތު އަންނަނީ ފަރުވާ ދެމުންނެވެ. […]

އަޙްމަދު ދާއޫދު
ޕީއެންސީއަށް 33 ގޮނޑި ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް: ރައީސް

ޕީއެންސީއަށް 33 ގޮނޑި ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް: ރައީސް

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި އިންތިޚާބު ކުރުމަށް ހުޅުވާލި 37 ގޮނޑީގެ ތެެެރެއިން 33 ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ކާމިޔާބު ހޯދި ޕީއެންސީގެ ކެންޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެ، ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި މިއަދު ބާއްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެއިން އިންތިޚާބަކާއި ނުލައި 24 ގޮނޑި އާއި އިންތިޚ...

ޔުމްނާ ޢަލީ
ހިރިމަރަދޫ ހިމެނޭހެން ބައި-އިލެކްޝަންގެ ގިނަ ގޮނޑިތައް ޕީއެންސީއަށް

ހިރިމަރަދޫ ހިމެނޭހެން ބައި-އިލެކްޝަންގެ ގިނަ ގޮނޑިތައް ޕީއެންސީއަށް

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަން ތަކުގެ ތެރެއިން ގިނަ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. މިއަދު ޖުމްލަ 12 ރަށެއްގައި ބައި-އިލެކްޝަން ބާއްވާފައިވާއިރު، ޕީއެންސީން ވަނީ 8 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީ އަށް ދެ ގޮނޑި ލިބުނުއިރު، މިނިވަން ކެންޑިޑޭޓުން ވެސް ވަނީ ދެ ގޮނޑި ކާމިޔާބުކޮށްފައެވެ. މިއަދު ބައި އިލެކްޝަންގައި ހދ.މަކުނުދޫ ކައުންސިލް މެމްބަރެއް ހޮވުމަށް ވޯޓުލުން ބާއްވާފައިވާއިރު، ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރ...

ޔުމްނާ ޢަލީ
އިހަވަންދޫ ރޯދަ ބާޒާރަށް ބޮޑު ތަރުހީބެއް، އެންމެ ގިނަ މީހުން ޒިޔާރަތްކުރީ ކުޅުދުއްފުށިން

އިހަވަންދޫ ރޯދަ ބާޒާރަށް ބޮޑު ތަރުހީބެއް، އެންމެ ގިނަ މީހުން ޒިޔާރަތްކުރީ ކުޅުދުއްފުށިން

ރޯދައަށް ބޭނުންވާ މުދާގަތުމަށް އަތޮޅުގެ އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުމަކީ ރޯދަމަސް ކައިރިވެގެން އަންނައިރު ވަރަށް އާންމުކަމެކެވެ. ނަމަވެސް މާލެދަތުރުކުރާ ބޮޑެތި ބޯޓުފަހަރުގައި އެތައްސަތޭކަބަޔަކު، ވިޔަފާރިއަށް ރާއްޖެތެރޭ ރަށަކަށް ދިއުމަކީ އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. އިހަވަންދޫ ކައުންސިލާއި އިހަވަންދޫގެ ވިޔަފާރިވެރިން ގުޅިގެން މިއަދު އެ ރަށުގައި ހާއްސަ “ރޯދަ ބާޒާރެއް” އިންތިޒާމް ކޮށްފައިވާއިރު އެ ބާޒާރަށް ތިލަދުންމަތީގެ ރަށްތަކުން ގިނަ އަދަދެއްގެ މީހުން ވަނީ ގޮސްފައެވެ. މި ބާ...

އިބްރާހިމް ޚަލީލް
ފުލުހަކާއި ކުއްޖަކާ ދެމެދު ހަމަނުޖެހުމެއް، މައްސަލަ ބަލަނީ

ފުލުހަކާއި ކުއްޖަކާ ދެމެދު ހަމަނުޖެހުމެއް، މައްސަލަ ބަލަނީ

ރ. މީދޫގައި ފުލުހަކާއި ކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމުގެ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި މައްސަލައިގައި ދެ ފަރާތުން ވެސް އެކަކު އަނެކަކަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ދެ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރިއަށް ގެންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ. ފުލުހުންގެ ޚިދުމަތުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރ. މީދޫ މަގުމަތީގައެވެ. އެ […]

ޔުމްނާ ޢަލީ
އުމަރުގެ ތުހުމަތެއް، އުޅެނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބާއްވަން

އުމަރުގެ ތުހުމަތެއް، އުޅެނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބާއްވަން

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތްކުރަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބޭއްވުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ތުހުމަތުކުރަށްވައިފިއެވެ. އަންނަ ރިޔާސީ ރޭހުގައި ވެސް ވާދަކުރަށްވާނެކަން މިހާރު ވެސް ޢިއުލާންކުރަށްވާފައިވާ އުމަރު މި ތުހުމަތު ކުރަށްވާފައި ވަނީ މިއަދު އާންމުކުރެއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި އުމަރު ވިދާޅުވީ، މި ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ ހަމައެކަނި ޚަރަދު ޚަރަދު ކުޑަކ...

ޔުމްނާ ޢަލީ
އެންމެ ފަހުވަގުތު ޔުނައިޓެޑް މޮޅުވިއިރު، ހީރޯއަކީ މެގުއާ

އެންމެ ފަހުވަގުތު ޔުނައިޓެޑް މޮޅުވިއިރު، ހީރޯއަކީ މެގުއާ

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ފަހުވަގުތު ޔުނައިޓެޑުން ކާމިޔާބުކޮށް މުބާރާތުގެ ފަސްވަނަ ބުރުން ޖާގަ ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ރޭ ޔުނައިޓެޑް މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ލެސްޓާއިންނެވެ. މި ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ޖަހައިދިނި ޑި ކޯޑޯވާ ރެއިޑްއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔަކީ މި ނަތީޖާއިން ލެސްޓާ ކުރީގައި އޮވެގެންނެވެ. […]

އިބްރާހިމް ޚަލީލް
މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް

މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް

ހދ. މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން މިއަދު ކުރިއަށް އެބަދެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 16:00 އާއި ހަމައަށެވެ. މިއަދު ބައި އިލެކްޝަންގައި މަކުނުދޫ ކައުންސިލް މެމްބަރެއް ހޮވުމަށް ވޯޓުލުން ކުރިއަށްދާއިރު، ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރަކު ހޮވުން ވެސް މީގެ ތެރޭ ހިމެނިގެން ކުރިއަށް އެބަދެއެވެ. މަކުނުދ...

ޔުމްނާ ޢަލީ
އެމެޒޯންގެ ކްލައުޑް ވިޔަފާރި ދަށްވެ ހިއްސާގެ އަގަށް އަސަރުކޮށްފި

އެމެޒޯންގެ ކްލައުޑް ވިޔަފާރި ދަށްވެ ހިއްސާގެ އަގަށް އަސަރުކޮށްފި

ދުނިޔޭގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެޒޯންގެ ވިޔަފާރިގެ 4 އިންސައްތަ ދަށަށް ގޮސް ހިއްސާގެ އަގަށްވެސް ނޭދެވޭ އަސަރުކޮށްފިއެވެ. އެކުންފުނީގެ ހިއްސާގެ އަގު ދަށަށް ގޮސްފައިވަނީ ކުންފުނީގެ ކްލައުޑް ކޮމްޕިއުޓިންގ ވިޔަފާރީގެ ކުރިއެރުން އިންވެސްޓަރުން އުންމީދުކުރި މިންވަރަށްވުރެ ދަށްވުމާ ގުޅިގެންނެވެ. އެމެޒޯންގެ ކްލައުޑް ޔުނިޓް ކަމުގައިވާ އެމެޒޯން ވެބް ސަރވިސަސް (އޭޑަބްލިއުއެސް) ގެ އާމްދަނީ 19 އިންސައްތަ އިތުރުވެ 28.79 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. ނަމަވެސް މިއީ އެނަލި...

އަޙްމަދު ދާއޫދު
ފަލަސްތީނުގެ މިނިވަން ދައުލަތެއް ސައޫދީގައި ގާއިމް ކުރެވިދާނެ: ނަތަންޔާހޫ

ފަލަސްތީނުގެ މިނިވަން ދައުލަތެއް ސައޫދީގައި ގާއިމް ކުރެވިދާނެ: ނަތަންޔާހޫ

ފަލަސްތީނުގެ ދައުލަތެއް އެމީހުންގެ އަމިއްލަ ވަޠަނުގެ ބަދަލުގައި ސައޫދީ އަރަބިއްޔާގައި ޤާއިމުކުރެވިދާނެކަމަށް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފިއެވެ. އޭނާ މިހެން ބުނެފައި ވަނީ ފަލަސްތީނުގެ މިނިވަންކަމާއި އަމިއްލަވަންތަކަމުގެ ޙައްޤު އެއްކޮށް ނަފީކުރަމުންނެވެ. ބުރާސްފަތި ދުވަހު އިސްރާއީލުގެ ޗެނަލް 14 އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނީ، “ސައޫދީ އަރަބިއްޔާގައި ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރެވިދާނެކަމަށާއި، އެމީހުންގެ އަތުގައި ވަރަށް ގިނަ ބިން އެބ...

އަޙްމަދު ދާއޫދު