ޗައިނާއިން އެމެރިކާގެ އެމެރިކާގެ ޓެކް ކުންފުނި ގޫގުލްއާ ދެކޮޅަށް ފިޔަވަޅު އަޅައިފިއެވެ. ގޫގުލްގެ އިތުރުންވެސް އެމެރިކާއަށް ނިސްބަތްވާ އެހެން ދާއިރާތަކުގެ ކުންފުނިތަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. މިގޮތުން ގޫގުލްގެ އިތުރުން، ދަނޑުވެރިކަމުގެ އާލާތްތައް އުފައްދާ ކުންފުނިތަކާއި އަދި ކެލްވިން ކްލައިން ފަދަ ފެޝަން ބްރޭންޑްތަކުގެ ވެރިފަރާތްތަކަށް އަމާޒުކޮށް ފިޔަވަޅު އަޅާފައިވެއެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ މުދަލަށް އައު ޓެރިފްތަކެއް ތަޢާރަފުކުރުމާ ގުޅިގެނ...
އަޙްމަދު ދާއޫދު
މިހާތަނަށް ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް ހދ. އަތޮޅާއި އާއި ތ. އަތޮޅު ފަދަ އަތޮޅުތަކުގައި އިންވެސްޓްކުރުމަށް ލުއިތައްދީ، ރިސޯޓު ހަދަން ފެށުމަކީ އަމާޒެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން މިއަދު ދެއްވި ޚިޠާބުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރީ މި ދިޔަ 2024ވަނަ އަހަރުކަން ފާހަގަކުރަށްވާފައެވެ. އެ...
ޔުމްނާ ޢަލީ
ހއ.އަތޮޅުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢެއް މިއަހަރު ފަށްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން މި އަހަރު ދިވެހި ސަގާފަތާއި ތަރިކަ ވަކިކޮށް ދެނެގަނެވޭނެ ޔުނިފޯމް ފްރޭމްވޯކްތައް އުފައްދަން ފަށާނެ ކަމަށެވެ. ހަމައެހެންމެ، ތަރިކައިގެ ދާއިރާ ޑިޖިޓައިޒުކުރުމުގެ ސިޔާސަތުގެ ދަށުން އުސްގެކޮޅާއި ކަޅުއޮށްފުންމިއާއި އުސްގ...
ޔުމްނާ ޢަލީ
އާސެނަލްގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ނިއުކާސަލުން އިނގިރޭސި ލީގު ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު އާސެނަލްގެ އެމިރޭޓްސްގެ ދަނޑުގައި ކުޅުނުއިރު، އެ މެޗު ނިއުކާސަލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ. ދެވަނަ ލެގުގެ މެޗު ރޭ ނިއުކާސަލްގެ ދަނޑުގައި ކުޅުނުއިރު، ރޭ މެޗު ވެސް ނިއުކާސަލުން ވަނީ 2-0 ގެ ނަތީޖާއިން އާސެނަލްގެ މައްޗަށް ކުރި ހޯދާފައެވެ. ވުމާއިއެކު ނިއުކާސަލަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބިފައިވަނީ 4-0 […]
އިބްރާހިމް ޚަލީލް
ޣާޒާއިން ފަލަސްތީން ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ އެތައް ހާސް އަހަރެއްވި ޤައުމީ ހަޔާތުގައި ދިވެހި ކާބަފައިން އަޅުގަނޑުމެންނާ ހަވާލު ކުރި އެންމެ ދުވަސްވީ އަމާނާތަކީ ދިވެހި ދައުލަތުގެ ސިޔާދަތު ނުވަތަ ދިވެހީންގެ ކަންކަން ދިވެހީންގެ މަޞްލަޙަތާއި ސަލާމަތަށް ޓަކައި...
ޔުމްނާ ޢަލީ
މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނުހުންނާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ޤައުމުގެ އަމަން އަމާންކަމާއި، ލޯ އެންޑް އޯޑަރ ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ގެނެސްދިނުމަކީ ސަރުކާރުން ވަރަށް އިސްކަންދެއްވާ ކަމެއްކަމަށެވެ. އެ ރޮނގުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާކަން ފާހަގަކުރަށްވަމުން...
ޔުމްނާ ޢަލީ
ސްޕެނިޝް ކަޕް / ކޮޕަ ޑެލް ރޭ ކުއާޓާ ފައިނަލުގައި ރޭ ލެގަނޭސްއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އެ ޓީމްގެ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާ ޖެހި ލަނޑުން 3-2 ގެ ނަތިޖާއިން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުން ރެއާލް ޖާގަ ހޯދައިފިއެވެ. ކުރިއަށް ވަރުގަދަ މެޗުތައް ހުރުމާއި އަދި އަނިޔާގެ މައްސަލަތަކާއި ގުޅިގެން ރެއާލުގެ ފުރަތަމަ އެގާރާގައި އާންމުކޮށް ކުޅޭ ގިނަ ކުޅުންތެރިން ރޭ […]
އިބްރާހިމް ޚަލީލް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ދިވެހި އުންމަތުގެ ހާލާއި، މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަން ކަށަވަރުކުރުން ކަމަށެވެ. ”ވަކިން ޚާއްޞަކޮށް ސައްތައިން...
ޔުމްނާ ޢަލީ
މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް، އޭނާގެ ލޯބިވެރިޔާ ޕައުލާ ހަރޑްއާ ބެހޭގޮތުން ފުރަތަމަ ފަހަރަށް މީޑިއާއަށް ވާހަކަ ދައްކަވައިފިއެވެ. ޓުޑޭ ޝޯގައި ދެއްވި އިންޓަވިއުއެއްގައި 69 އަހަރުގެ ބިލް ގޭޓްސް ވިދާޅުވީ އޭނާ މިހާރު އުފަލުގައި އުޅުއްވާ ކަމަށާއި، ޕައުލާއާއެކު އޮލިމްޕިކްސްއަށް ދިއުމާއި އެހެނިހެން ގިނަ ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. ޕައުލާ ހަރޑަކީ ހެޔޮއެދޭ ފަރާތެއްގެ ގޮތުގައާއި ޑިވެލޮޕަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އޭނާ ކުރިން ކައިވެނިކުރައްވާފައިވަނީ އޮރަކަލްގެ ކުރީގ...
އަޙްމަދު ދާއޫދު
މިއަހަރަކީ ނަތީޖާ ނެރުމުގެ އަހަރު ކަމަށާއި، ކުރިއަށް އޮތީ އެ މޫސުންކަމަށް ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާން މަޖިލީހަށް އިއްވައިދެއްވަން ފެއްޓުވުމުގެ ގޮތުން ވާހަކަފުޅު ފައްޓަވަމުންނެވެ. ރައީސް ވާހަކަފުޅު ފައްޓަވާފައި ވަނީ، ރައީސް ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙައްމަދު އަމީންދޮށިމޭނާ ކިލެގެފާނުގެ ހިކުމަތްތެރި ބަސްކޮޅަކުންނެވެ. އެއީ ހިތްވަރާއި އަޒުމާއި އެކު މަސައްކަތުގެ ނަތީޖާއާއި ހަމައަށް ވާސިލްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހިތްވ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިއުޒީލަންޑްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ. ނިއުޒީލަންޑްގެެ ޤައުމީ ދުވަސް، ވައިޓެންގްއީ ޑޭގެ ތަހުނިޔާ ރައީސް ފޮނުއްވީ އެޤައުމުގެ އިސްވެރީންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކެއްގައެވެ. މިގޮތުން ރައީސް ވަނީ އެ ޤައުމުގެ ގަވަނަރ ޖެނެރަލް އޮފް ނިއުޒީލަންޑް، ނިއުޒީލަންޑް އޯޑަރ އޮފް މެރިޓް (ޖީ.އެން.ޒީ.އެމް)، ކިންގްސް ސަރވިސް އޯޑަރ (ކޭ.އެސް.އޯ) ހަރ އެކްސަލަންސީ ޑޭމް ސިންޑީ ކީރޯ އަށާއި، ނިއުޒީލަންޑްގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ކްރިސްޓޮފަރ...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ބޭންކެއްގެ ބްރާންޗެއް އަޅަން ބޭނުންވާ، ބޭންކަކަށް ހިލޭ ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި ކައުންސިލްގެ 166 ވަނަ އާންމު ބައްދަލުވުމުގައެވެ. ހަނިމާދޫގައި ބޭންކެއްގެ ބްރާންޗެއް ގާއިމްކުރަން ބޭނުންވާ ބޭންކަކަށް 3000 އަކަފޫޓުގެ ބިމެއް 50 އަހަރު ދުވަހުގެ މުއްދަތަށް ހިލޭ ދޫކުރުމަށް ކައުންސިލުގެ ޖަލްސާއިން ނިންމާފައިވަނީ ބައިވެރިވި 5 މެމްބަރުންގެ އިއްތިފާގުންނެވެ. މިކަމާއި ގުޅޭގޮތުން މި ނޫހަށް...
އިބްރާހިމް ޚަލީލް
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޣައްޒާ ޕްލޭނަށް އދ އާއި ހަމާސްއިން ފާޑުކިޔައިފިއެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމަށްފަހު، އެ ސަރަހައްދު އެމެރިކާއިން ހިންގަން ބޭނުންވާ ކަމަށެވެ. އަދި އެ ސަރަހައްދު ތަރައްގީކޮށް “ދުނިޔޭގެ މީހުން” އެތަނުގައި ދިރިއުޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ޚިޔާލާ ގުޅިގެން އދ.ގެ ފަލަސްތީނު ސަރަހައްދުގެ ޚާއްސަ ރެޕޯޓަރު ފްރަންޗެސްކާ އަލްބަނީސް ވިދާޅުވެފައިވަނީ ޓްރަމްޕްގެ މި ޕްލޭނަކީ “ގާނޫނާ ޚިލާ...
އަޙްމަދު ދާއޫދު
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ހ. ކުއްޅަވައްދޮށުގޭ 3ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އެހެންވެ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ޔުމްނާ ޢަލީ
އުމުރާ ދަތުރުތަކަށް މީހުން ގެންދާނެ ކަމަށް ބުނެ މީހުންގެ ފައިސާ ނަގައި މަކަރާއި ހީލަތް ހަދައި، ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއްގައި މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ހަތް ދަޢުވާއެއް އުފުލައިފިއެވެ. މި ދަޢުވާތައް އުފުލިކަން ހާމަކޮށް ޕީޖީ އޮފީހުން މިއަދު ބުނީ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫފްއިން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާ ކުރުމަށް މިއަދު (5 ފެބްރުވަރީ 2025) […]
ޔުމްނާ ޢަލީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މުހައްމަދު ރިޝްވާން މިއަދު އައްޔަންކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށް ހ، ހަބަރުގެ، މުހައްމަދު ރިޝްވާން ހަމަޖައްސާފައިވާ ކަމަށެވެ. ރިޝްވާނަކީ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ މައި ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ކުރީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވާފައިވާ، ކުރީގައި ފުލުހުންގެ ތެރޭގައި ޚިދުމަތްކުރަށްވާފައިވާ ބޭފުޅެކެވެ. ފ...
ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް 2 އިން ވަނީ މީހަކު ރޭގެ ވަގުތެއް ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ / ވެހި، އަމަން ޢަލީ ޚާލިދު (24އ) އެވެ. އަމަން ޢަލީ ޚާލިދު ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގެ ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު، ފުލުހުން ފެނުމުން އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުން މަސްތު...
ޔުމްނާ ޢަލީ
ރަމަޟާން އުމްރާއަށް ދާ މީހުން މިމަހު 28 ގެ ކުރިން ވެކްސިން ފުރިހަމަކުރުމަށް ދަމަނަވެށިން އިލްތިމާސްކޮށްފިއެވެ. ދަމަނަވެށިން މިއަދު ނެރުނު ޢިއުލާނެއްގައި ވަނީ 1446 ވަނަ އަހަރުގެ ރަމަޟާންމަހު އުމްރާ އަށް ދާ މީހުން މި ފެބްރުއަރީ މަހުގެ 28 ގެ ކުރިން އުމްރާ ވެކްސިން ޖަހާ ނިންމުމަށް އެދޭ ކަމަށެވެ. އެއްވެސް ސަބަބަކާހުރެ ރަމަޟާން މަސް ފެށުމުގެ ކުރިން ވެކްސިން ނުޖެހޭ ފަރާތްތަކުން ރަމަޟާން މަހުގެ ރޭތަކުގެ ތެރެއިން ދަމަނަވެށިން ޚިދުމަތް ދިނުމަށް ކަނޑައަޅާ ގަޑިތަކުގައި […]
ޔުމްނާ ޢަލީ