ފަލަސްތީނަށް އެހީވުމަށް އއ. ހިމަންދޫ އިންޖީނުގޭ މުވައްޒަފުންގެ ފަރާތުން 126،560 ރުފިޔާ ހަދިޔާކޮށްފިއެވެ. ސްޓެލްކޯ އިން ބުނީ ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު، ހިމަންދޫ ކައުންސިލް، ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމްޢިއްޔާތަކާ ގުޅިގެން، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ހަރަކާތެއް ހިންގާފައިވާ ކަމަށެވެ. “ހެލްޕް ޣައްޒާ – ދިވެހިން ހަނދާނެއް ނުނެތޭ” ގެ ނަމުގައި ހިންގުނު ޚައިރާތީ ހަރަކާތުން ޖުމްލަ 260,800 ރުފިޔާ (ދެލައްކަ ފަސްދޮޅަސްހާސް އަށްސަތޭކަ ރުފި...
ޔުމްނާ ޢަލީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ސީޕްލޭން ޓަރމިނަލް ކައުންޓަރު ކައިރީގައިހުރި ފޮށިގަނޑެއް ވަގަށްނެގި މީހަކު ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ވައްކަން ކުރި މީހާގެ ވީޑިއޯ މީސްމީޑިއާގައި އާންމުކޮށް ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ އެއަރޕޯޓް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި ހޯދަމުން އަންނަ މީހެއްކަމަށެވެ. އެމީހާ ވަނީ 23 ނޮވެންބަރު 2024 ވަނަ ދުވަހުގެ ވަގުތެއްގައި ވީއައިއޭގެ ސީޕްލޭން ޓަރމިނަލް ކައުންޓަރު ކައިރީ...
ޔުމްނާ ޢަލީ
އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އޮކްޓޫބަރު, 2021 ގައި މޭރީ މަރާލި މައްސަލާގައި ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގެ ދައުވާ އެވެ. ދައުލަތުން ބުނަނީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ތެރޭގައި މޭރީ […]
ހުސައިން ހަބީބް
ފަލަސްޠީނު ރައްޔިތުން އެބައިމީހުންގެ ބިމުން ބޭރުކޮށްލުމަށް ރޭވޭ އެއްވެސް ރޭވުމަކަށް ތާއީދެއް ނުކުރާނެކަމަށް ސައޫދީން ބުނެފިއެވެ. ސައޫދީ އަރަބިއްޔާއިން މިކަން ހާމަކޮށްފައިވަނީ އެގައުމުގެ ބޭރުގެ ކަންތައްތަކާބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ ފަލަސްޠީނު ރައްޔިތުން އެބައިމީހުންގެ ބިމުން ބޭރުކޮށްލުމަށް ރޭވޭ އެއްވެސް ރޭވުމަކަށް އެ ޤައުމުން ތާއީދު ނުކުރާނެކަމަށެވެ. އަދި 1967 ގެ ބޯޑަރުތަކުގެ ތެރޭގައި، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ބަލައިގެން ފަލަސްޠީނުގެ މ...
އަޙްމަދު ދާއޫދު
ވޭޕް ބޭނުންކުރުމާއި ގުޅޭ މައްސަލަތަކުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ޖޫރިމަނާކުރެވުނު އަދަދު ޖުމްލަ 160,500 ރުފިޔާއަށް އަރައިފިއެވެ. ފުލުހުން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިއިރު ވޭޕުގެ މައްސަލަތަކުގައި މިހާތަނަށް ޖޫރިމަނާކޮށްފައި ވަނީ 29 މީހުންނެވެ. މި ގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން 22 އަށް 6 މައްސަލައެއްގައި 6 މީހަކު ޖޫރިމަނާ ކޮށްފަވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 30,000 ރުފިޔާގެ ޖޫރިމަނާއެއް ކޮށްފަވެއެވެ. ހަމަ އެ އަހަރުގެ ޑިސެމްބަރު […]
ޔުމްނާ ޢަލީ
ސްޕެނިޝް ކަޕް/ ކޮޕަ ޑެލް ރޭ ކުއާޓާ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑާއި ލެގަނޭސް ބައްދަލުކުރާ މެޗުގައި، އަނިޔާގެ ސަބަބުން އެ ޓީމްގެ އެޓޭކިންގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޖޫޑް ބެލިންހަމްއާއި ކިލިއަން އެމްބާޕޭއަށް އަށް ނުކުޅެވޭނެކަމަށް ރެއާލްގެ ކޯޗް ކާލޯ އަންޗެލޮޓީ ބުނެފިއެވެ. ރެއާލަށް އަނިޔާގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ކަމަވިންގާ، ރުޑިގާ، ޑޭވިޑް އަލަބާ ހިމެނެއެވެ. މީގެއިތުރުން އެ ޓީމްގެ ފުލް ބެކް […]
އިބްރާހިމް ޚަލީލް
މާދަމާއަކީ ސަރުކާރު ބަންދު ނަމަވެސް، ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. މާދަމާ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވަނީ ރިޔާސީ ބަޔާން އިއްވަވާ ދުވަހަށްވާތީއެވެ. މިއަހަރަށް މަޖިލިސް ހުޅުވާ ދުވަހަކީ މާދަމާކަމަށްވުމާއެކު، މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވާފައެވެ. މާދަމާގެ މަޖިލީހުގެ ޖަލްސާގައި އޮންނާނީ ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމެވެ. އިމިގްރޭޝަނުން މިއަދު ބުނީ މާލެ ސަރަހ...
ޔުމްނާ ޢަލީ
ސްޕެނިޝް ލީގު ކަޕް ނުވަތަ ކޮޕަ ޑެލް ރޭ ކުއާޓާ ފައިނަލުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން އެތުލެޓިކޯ ޖާގަ ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ގެޓާފޭ އަތުން އެތުލެޓިކޯ މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. އަމިއްލަ ދަނޑުގައި އެތުލެޓިކޯއިން ވަނީ ގެޓާފޭއާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ލީޑަކާއިއެކުއެވެ. އެ ޓީމަށް ފުރަތަމަ […]
އިބްރާހިމް ޚަލީލް
މާލޭގައި މަސްތުވެގެން ހުރެ ހަމަނުޖެހުން ހިންގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ 00:05 ހާއިރު މުރަނގަމަގުގައި ހުންނަ ޝޮޕީޒް ފިހާރަ ކައިރީގައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ލ. ކުރެންދޫ / ދިލާސާގޭ، އިބްރާހިމް ޒާހީ ސުލައިމާން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާ ހިނގާފައިވާއިރު، މާލޭގައި އިއްޔެ އާއި ރޭ ވަނީ ނުރައްކާތެރި […]
ޔުމްނާ ޢަލީ
ވަޓްސްއެޕް މެދުވެރިކޮށް ބޭނުންކުރެވޭ ޗެޓްޖީޕީޓީއަށް އައު އަޕްގްރޭޑްތަކެއް ގެނެސްފިއެވެ. މިގޮތުން މިހާރު ޗެޓްޖީޕީޓީއަށް ފޮޓޯއާއި އަޑު މެސެޖް ވެސް ފޮނުވޭނެއެވެ. އޯޕަން އޭއައި އިން ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗެޓްޖީޕީޓީގެ ރަސްމީ ފޯނު ނަންބަރެއް ތަޢާރަފުކޮށްފައެވެ. މިއީ މީހުންނަށް ވަޓްސްއެޕްގައި ސޭވްކޮށްގެން ސީދާ އޭއައި ޗެޓްބޮޓާ މުޢާމަލާތްކުރެވޭ ގޮތަށް ހަދާފައިވާ ޚިދުމަތެކެވެ. ފުރަތަމަ ތަޢާރަފުކުރިއިރު މި ޚިދުމަތުގައި ހަމައެކަނި ލިޔުމުން މުޢާމަލާތްކުރެވޭ ގޮތަށް އޮތް ނަމަވެސް، މިހާރު ވަނީ...
އަޙްމަދު ދާއޫދު
ސްވީޑަންގެ އޮރެބްރޯ ސިޓީގައި ހުރި ބޮޑެތި މީހުންގެ ތަޢުލީމީ މަރުކަޒެއްގައި އަންގާރަ ދުވަހު ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި މަދުވެގެން 10 މީހުން މަރުވެއްޖެއެވެ. މިއީ ސްކެންޑިނޭވިއަން ޤައުމުތަކުގެ ތާރީޚުގައި ހިނގާފައިވާ އެންމެ ނުރައްކާތެރި ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިސްބަރގްސްކާ ސްކޫލުގައި ހިނގި މި މާރާމާރީ ފެށުނީ މެންދުރުފަހު 12:33 ގައެވެ. އެންމެ ފުރަތަމަ ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މަދުވެގެން 5 މީހުންނަށް...
އަޙްމަދު ދާއޫދު
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ރޯދަމަހަށް ސާފުކޮށް ޒީނަތްތެރިކުރުމުގެ ތެރޭގައި އުފެދޭ ކުނި މަގުތަކަށް ނުނެރުމަށް އީޕީއޭ އިން އިލްތިމާސްކޮށްފިއެވެ. އީޕީއޭ އިން މިއަދު ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ރޯދަމަހަށް ސާފުކޮށް ޒީނަތްތެރިކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާކަމާއި، މިގޮތުން އުފެދޭ ކުނި ރަށްރަށާއި، ސިޓީތަކުގެ މަގުމައްޗަށާއި...
އިބްރާހިމް ޚަލީލް
ޗައިނާއިން އެމެރިކާއަށް އަމާޒުކޮށްގެން ޓެރިފް ކަނޑައަޅައި، ގޫގުލް ފަދަ އެމެރިކާގެ ބައެއް ކުންފުނިތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފިއެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ އިމްޕޯޓް މުދާ ތަކަށް ފުޅާ ދާއިރާއެއްގައި ޓެރިފް ކަނޑައެޅުމުން، އެކަމަށް ދިން ރައްދެކެވެ. ނަމަވެސް ރައީސް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ މަޝްވަރާކުރައްވާނެކަމަށް ބުނެފައިވާތީ، ޗައިނާއަށް ވަގުތީ ލުޔެއް ލިބިދާނެކަމަށް އިންވެސްޓަރުން ލަފާކުރެއެވެ. މިކަމާ ގުޅިގެން ސްޓޮކް މާކެޓްތަކާއި ތެލުގެ އަގުތައް...
އަޙްމަދު ދާއޫދު
ހއ. ހޯރަފުށީގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަން އުޅުނު ދިވެހި ފިރިހެނަކު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުގެ ރޭ 23:21 ހާއިރުއެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަން އުޅުނު މީހާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާ ގުޅިގެން، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އޭނާ ހައްޔަރުކޮށްފައިކަމަށް ފުލުހުން ބުންޏެވެ. މައްސަލައ...
ޔުމްނާ ޢަލީ
މިރޭ މާލޭ އައިޖީއެމްއެޗް ކައިރީގައި މަރުތޭލަކުން މީހެއްގެ ބޮލުގައި ޖަހާ ޒަހަމްކޮށްލައިފިއެވެ. ފުލުހުން ބުނީ އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު މަރުތޭލަކުން ހަމަލާދީ ޖަހަމްކޮށްލާފައިވާ މައްސަލައެއްގެ މިރޭ 08:41 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހަމަލާގައި ޒަހަމްވި މިހާއަށް އައިޖީއެމްއެޗްގައި މިހާރު އަންނީ ފަރުވާ ދެމުންނެވެ. މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމ...
އިސްމާއިލް މޫސާ
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާއާ ދިމާކޮށް މަޖިލިސް ހިމެނޭ ސަރަހައްދުގައި އިހުތިޖާޖު ކުރަން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއިން ނިންމައިފިއެވެ. މަޖިލިސް ހުޅުވައި ރިޔާސީ ބަޔާން އިއްވުމަށް ބުރާސްފަތި ދުވަހަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފަ ވާއިރު، މިއީ ރައީސް މުއިއްޒު އެ މަޖިލީހުގައި އިއްވާ ދެވަނަ ރިޔާސީ ބަޔާނެވެ. އިހުތިޖާޖުކުރަނީ ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން ކަމަށް އެމްޑީޕީއިން ބ...
އިސްމާއިލް މޫސާ
ށ.ފަރުކޮޅުގެ ގޮނޑުދޮށުންނާއި، ތުނޑިން އަދި ފަޅުތެރެއިން އުދެއްޔާއި ފަކީރާ ބޭނުން ކޮށްގެން ވެލިނެގުމުގެ އިތުރުން، ޕަންޕު ބޭނުންކޮށްގެން އެކިފަރާތްތަކުން ގިނަ އަދަދެއްގެ ވެލި ނަގަމުންދާކަމުގެ ޝަކުވާ ލިބިފައިވާތީ ދިވެހިފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއެކު އީޕީއޭ އިން އެ މައްސަލަ ބަލަމުންދާކަމަށް މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން މިއަދު ބުނެފިއެވެ. އާއްމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލިނެގުމަށް އަތޮޅުގެ ކޮންމެ ދާއިރާއަކަށް ވެސް ވަކި ސަރަހައްދުތަކެއް އީޕީއޭއިން ކަނޑައަޅ...
އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގެ ޖޫލިއެޓް ހިނގުމުގެ ހުޅަނގުކޮޅުގައިވާ ކަރަންޓު ކޭބަލަކަށް ލިބުނު ގެއްލުމުގެ ސަބަބުން ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު މައްސަލައަށް މިހާރު ވަނީ ވަގުތީ ހައްލެއް ގެނެވި، މުޅި ރަށަށް އަލުން ކަރަންޓު ދީފި އެވެ. ފެނަކަ ކޯޕަރޭޝަނުގެ ކުޅުދުއްފުށި ބްރާންޗުން މިއަދު ބުނެފައިވަނީ، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ކަރަންޓު ކެނޑޭނެ ސަރަހައްދުތަކުގެ މަޢުލޫމާ...
އިބްރާހިމް އަސްވާޤް