މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,423 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 561 ވަނަ ޞަފްޙާ

މާލޭގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ

މާލޭގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ

މާލޭގެ ގެއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ މާލޭ މާފަންނުގައި ހުންނަ ނިއުޕްލާޒާގައި ކަމަށެވެ. ނިއުޕްލާޒާގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނައިރު މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:11 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. ނިއު ޕްލާޒާގައި އަލިފާން ރޯވިއިރު އިއްޔެ ހެނދުނު ވަނީ މާލޭގެ މާލޭގެ މ. ހައުސް ޕްލާޒާގަ...

ޔުމްނާ ޢަލީ
ސްޓެލްކޯގެ ޓަވަރަކުން ވެއްޓި މީހަކު ނިޔާވެއްޖެ

ސްޓެލްކޯގެ ޓަވަރަކުން ވެއްޓި މީހަކު ނިޔާވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯގެ ޓަވަރަކުން ވެއްޓި 31 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ޓަވަރުގެ ބިއްދޮށް ފަޅިއަށް ވެއްޓިފައި އޮއްވާ ފެނުނު މީހާއަކީ ހ. ގިނިރާހިއާގެ، އިބްރާހީމް ޝަރަފް (31 އަހަރު) އެވެ. އޭނާ ވެއްޓިފައި ވަނީ ސްޓެލްކޯ މުވައްޒަފުންނަށް ޚާއްޞަކޮށް އަޅާފައިވާ މި ޓަވަރުތަކުންކުރެ، ސީ ޓަވަރުގެ ބާރަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ފެނުނު އިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން […]

ޔުމްނާ ޢަލީ
ޑަބްލިޔުޑީސީތަކަށް އުޖޫރަ ކަނޑައެޅުމާއި ރޯދަ އިނާޔަތް ދިނުމާ ގުޅޭ ބިލެއް

ޑަބްލިޔުޑީސީތަކަށް އުޖޫރަ ކަނޑައެޅުމާއި ރޯދަ އިނާޔަތް ދިނުމާ ގުޅޭ ބިލެއް

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުމާއި، ރަމަޟާން އެލަވަންސް ދިނުމާގުޅޭ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މިކަންކަން ހިމަނައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު އެވެ. މި ބިލުގައި ބުނެފައިވާ ގޮތުން ބިލު ހުށަހެޅި މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ޑ...

ޔުމްނާ ޢަލީ
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލައިނުގަތް

އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލައިނުގަތް

“ގެދޮރުވެރިޔާ” ސްކީމުގެ މައްސަލާގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ. އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ “ގެދޮރުވެރިޔާ” ސްކީމްގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގުގެ ތެރެއިން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މި މަހުގެ 18ވަނަ ދުވަހާ ހަމައަށެވެ. އެ މައްސަލަ އިސްތިއުނާފްކުރަން އަކްރަމް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށ...

ހުސައިން ހަބީބް
ރޯދަ އުމުރާއަށް ދާ އުމުރާވެރިންގެ ކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކުރަނީ

ރޯދަ އުމުރާއަށް ދާ އުމުރާވެރިންގެ ކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކުރަނީ

1446 ވަނަ އަހަރުގެ ރަމަޟާން އުމުރާއަށް ދާ ކޮންމެ ދިވެހި އުމުރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކުރަށްވައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ، 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ދާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ބީއެމްއެލް ޑެބިޓް […]

ޔުމްނާ ޢަލީ
ކޯރާޑިއަކުން ހަމަލަދިން މާރާމާރީ: އެކަކު ޝަރިއަތް ނިމެންދެން ބަންދަށް

ކޯރާޑިއަކުން ހަމަލަދިން މާރާމާރީ: އެކަކު ޝަރިއަތް ނިމެންދެން ބަންދަށް

ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ދެ މީހުންގެ ތެރެއިން އެކަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމައިފިއެވެ. މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކުރަމުން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވަނީ، މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ރުސްތުމް އިބްރާހީމް 3 ދުވަހަށް ބަންދުކުރުމަށާއި، ސައިފުﷲ ފައިޞަލް ތަޙްޤީޤު ނިމެންދެން އަދި ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދު...

ޔުމްނާ ޢަލީ
އީސީގެ ރައީސަކަށް ޒާހިދު، ނައިބަކަށް ސޮލާހްގެ ނަން

އީސީގެ ރައީސަކަށް ޒާހިދު، ނައިބަކަށް ސޮލާހްގެ ނަން

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އީސީގެ ރައީސްކަމުގެ މަގާމާއި ނައިބުކަމަށް އައްޔަނު ކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވި ދެ ނަން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާއި، އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިޞްލާޙުގެ ދަށުން، އެ ދެ ކޮމިޝަންގެ ރަ...

ޔުމްނާ ޢަލީ
ނުދަންނަ ޓީމެއްގެ އަތުން ބަލިވެ ލިވަޕޫލް ކަޓައިފި

ނުދަންނަ ޓީމެއްގެ އަތުން ބަލިވެ ލިވަޕޫލް ކަޓައިފި

އިނގިރޭސި ވިލާތުގެ ދެވަނަ ޑިވިޝަން/ޗެމްޕިއަންޝިޕްގެ ފުލުގައި އޮތް ޕްލައިމައުތު އަތުން ބަލިވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އެފްއޭ ކަޕުން ކަޓައިފިއެވެ. މުބާރާތުގެ ހަތަރުވަނަ ބުރުގެ މި މެޗު ރޭ ކުޅެފައިވަނީ ޕްލައިމައުތުގެ ދަނޑުގައެވެ. ލިވަޕޫލް މި މެޗަށް ނުކުތީ އެންމެ ފަހުން އެ ޓީމް ކަރަބޯ ކަޕްގައި ޓޮޓެންހަމްއާއި ދެކޮޅަށް ކުޅުނު ފުރަތަމަ އެގާރާގައި ހިމެނޭ ދިހަ ކުޅުންތެރިން ނުލައެވެ. އެންމެން ހައިރާން ކޮށްލުމަށް ފަހު ރޭ ލިވަޕޫލް މައްޗަށް ޕްލައިމައުތުން ކުރި […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ތިން ސްކޫލެއްގެ ދަރިވަރުންނަށް މަސްވެރިކަމުގެ ކެރިއަގައިޑެންސް ސެޝަނެއް

ކުޅުދުއްފުށީ ތިން ސްކޫލެއްގެ ދަރިވަރުންނަށް މަސްވެރިކަމުގެ ކެރިއަގައިޑެންސް ސެޝަނެއް

ކުޅުދުއްފުށީގެ ތިން ސްކޫލެއްގެ ދަރިވަރިވަރުންނަށް މަސްވެރިކަމުގެ ދާއިރާއާއި ގުޅޭ ކެރިއަރ ގައިޑެންސް ސެޝަން ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި، ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލުގެ އިތުރުން އޭއީސީގެ ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ޖުމްލަ 56 ދަރިވަރަކު ބައިވެރިވެ ވަނީ ސެޝަން ފުރިހަމަ ކޮށްފައެވެ. މި މަހު ހަތަރުވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ […]

އިބްރާހިމް ޚަލީލް
ނެދަލެންޑްސް ސަރުކާރު މުވައްޒަފުންނަށް ޑީޕްސީކް ބޭނުންކުރުން މަނާ

ނެދަލެންޑްސް ސަރުކާރު މުވައްޒަފުންނަށް ޑީޕްސީކް ބޭނުންކުރުން މަނާ

ނެދަލެންޑްސްގެ ސަރުކާރުން އެ ޤައުމުގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް ކަމަށްވާ ޑީޕްސީކް ބޭނުންކުރުން މަނާކޮށްފިއެވެ. އެ ޤައުމުގެ ލޯކަލް މީޑިއާތަކުން ހާމަކުރާ ގޮތުގައި ނެދަލެންޑްސްގެ ސްޓޭޓް ސެކްރެޓަރީ ފޮރ ކިންގްޑަމް ރިލޭޝަންސް އެންޑް ޑިޖިޓަލައިޒޭޝަން ޒޯލްޓް ޒަބޯ މި މަނާކުރުން ތަންފީޒުކޮށްފައިވަނީ ޖާސޫސް ކުރުމުގެ ފުރުސަތު އޮތުމުގެ ސަބަބުންނެވެ. ޑީޕްސީކްއިން އަމިއްލަ މަޢުލޫމާތުތައް ރައްކާކޮށް ޗައިނާގެ ސަރުކާރާ ހިއްސާކުރާކަމުގެ ތުހުމަތުތަކާ ގުޅި...

އަޙްމަދު ދާއޫދު
ފުރުސަތުގެ ބޭނުންހިފާ ބާސާއިން ފަރަގު ކުޑަކޮށްފި

ފުރުސަތުގެ ބޭނުންހިފާ ބާސާއިން ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ފަސޭހަކަމާއިއެކު ސެވިއްޔާ ބަލިކޮށް ބާސާއިން ފުރުސަތުގެ ބޭނުން ހިފައިފިއެވެ. ރޭ ސެވިއްޔާ ދަނޑުގައި ބާސާ މޮޅުވީ 4-1 ގެ ނަތީޖާއިންނެވެ. ލީގުގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑް ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރި މެޗު އެއްވަރުވެފައި އޮތުމުން ރޭ މެޗު ކާމިޔާބު ކޮށްގެން އެ ދެ ޓީމާއި ދެމެދު ޕޮއިންޓްގެ ގޮތުން އޮތް ފަރަގު ކުޑަކުރުމުގެ ފުރުސަތުގެ ބޭނުން ބާސާއިން މިވަނީ ވަރަށް ފުރިހަމައަށް ހިފާފައެވެ. ޕޮއިންޓް […]

އިބްރާހިމް ޚަލީލް
އިސްރާއީލް ސިފައިން ޣައްޒާއިން އަނބުރާ ގެންދަން ފަށައިފި

އިސްރާއީލް ސިފައިން ޣައްޒާއިން އަނބުރާ ގެންދަން ފަށައިފި

ޣައްޒާގެ ނެޓްޒަރިމް ކޮރިޑޯއިން އިސްރާއީލީ ސިފައިން އަނބުރާ ގެންދަން ފަށައިފިކަމަށް އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު އާދީއްތަ ދުވަހު ރިޕޯޓުކޮށްފިއެވެ. މިއީ ފަލަސްތީނުގެ ހަމާސް ޖަމާޢަތާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކޭއޭއެން އިން ބުނާ ގޮތުގައި ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް މިއަދު ނިމޭނެ ކަމަށް ލަފާކުރެވެއެވެ. ނެޓްޒަރިމް ކޮރިޑޯއަކީ ޣައްޒާ ސްޓްރިޕް އުތުރާއި ދެކުނަށް ވަކިކޮށް، ގެދޮ...

އަޙްމަދު ދާއޫދު
ލާޒިމްނޫން ތަނެއްގައި ހެލްމެޓް އަޅަައިގެން އުޅޭނަމަ ހުއްޓުވަައި ފާސްކުރަނީ

ލާޒިމްނޫން ތަނެއްގައި ހެލްމެޓް އަޅަައިގެން އުޅޭނަމަ ހުއްޓުވަައި ފާސްކުރަނީ

ކުށްކުރުމުގެ ނިޔަތުގައި ލާޒިމްނޫން ތަންތަނުގައި ހެލްމެޓް އަޅައިގެން އުޅޭތީ، އެފަދަ މީހުން ހުއްޓުވައި ބަލައި ފާސްކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ފުލުހުން ރޭ ނެރުނު ބަޔާނެއްގައެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ހެލްމެޓް އެޅުން ލާޒިމްނޫން ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަން ފާހަގަކުރެވިފައިވެއެވެ. އަދި މިފަދަ މީހުން ޚިދުމަތްދޭ ތަންތަނާއި ވިޔަފާރިކުރާ ތަންތަނަ...

ޔުމްނާ ޢަލީ
ޔުކްރެއިންގެ ހަނގުރާމަ ނިންމުމާ ގުޅޭގޮތުން ޓްރަމްޕް ޕުޓިންއާ ވާހަކަދައްކައިފި

ޔުކްރެއިންގެ ހަނގުރާމަ ނިންމުމާ ގުޅޭގޮތުން ޓްރަމްޕް ޕުޓިންއާ ވާހަކަދައްކައިފި

ޔުކްރެއިންގެ ހަނގުރާމަ ނިންމުމާ ގުޅޭގޮތުން ޓްރަމްޕް ޕުޓިންއާ ވާހަކަދައްކައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ޔުކްރެއިންގެ ހަނގުރާމަ ނިންމުމާ ގުޅޭގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިންއާ ފޯނުން ވާހަކަދައްކަވާފައިވާ ކަމަށެވެ. މިއީ 2022 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އެމެރިކާގެ ރައީސަކާއި ޕުޓިންއާ ދެމެދު ސީދާ ބޭއްވުނު ކަމަށް އެނގިފައިވާ ފުރަތަމަ މުޢާމަލާތެވެ. ނިއު ޔޯކް ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ ޕުޓިންއާއެކު ކިތައް ފަހަރު ވާހަކަދެއްކ...

އަޙްމަދު ދާއޫދު
ނަތަންޔާހޫ ދެއްކި ވާހަކަ ރާއްޖެއިން ކުށްވެރިކޮށްފި

ނަތަންޔާހޫ ދެއްކި ވާހަކަ ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ދައުލަތެއް އެމީހުންގެ އަމިއްލަ ވަޠަނުގެ ބަދަލުގައި ސައޫދީ އަރަބިއްޔާގައި ޤާއިމުކުރެވިދާނެކަމަށް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނިބުނުން ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ބުރާސްފަތި ދުވަހު އިސްރާއީލުގެ ޗެނަލް 14 އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ވަނީ “ސައޫދީ އަރަބިއްޔާގައި ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރެވިދާނެކަމަށާއި، އެމީހުންގެ އަތުގައި ވަރަށް ގިނަ ބިން އެބަހުރިކަމަށް” ބުނެ ބޮޑާކަމާއި ކިބުރުވެރިކަން ދައްކާލާފައެވ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއި ގުޅޭ ތަމްރީނެއް

ކުޅުދުއްފުށީގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއި ގުޅޭ ތަމްރީނެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާއާއި ގުޅިގެން އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރީ ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުން 6 ވަނަ ދުވަހަށް، ޖުމްލަ ފަސް ދުވަހަށެވެ. ކުޅުދުއްފުށީ އެންއޯސީ އިމާރާތުގައި ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ މަސްވެރިކަމާއި ބެހޭ ވުޒާރާގެ ފަންނީ ތަޖުރިބާކާރު ބޭފުޅުންނެވެ. ވެ...

އިބްރާހިމް ޚަލީލް
އުރީދޫއިން ސެމްސަންގް އީސިމް ވެއާބަލްސް ތައާރަފްކުރަނީ

އުރީދޫއިން ސެމްސަންގް އީސިމް ވެއާބަލްސް ތައާރަފްކުރަނީ

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެމްސަންގް އީސިމް ވެއާބަލްސް ތައާރަފްކުރުމަށް ތައްޔާރުވެއްޖެ އެވެ. ކަސްޓަމަރުންނަށް ކައިރީގައި ފޯނު ބޭނުން ނުކޮށް  ސްމާޓްވޮޗުން ސީދާ ގުޅާލެވޭ ގޮތަށް، ފުރުސަތު ފަހިކޮށްދޭ ހިދުމަތެކެވެ އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް-ހަމާދީ ވިދާޅުވި ގޮތުގައި، މި އައު ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ކޯލްކުރުމާއި، މެސެޖް ފޮނުވުމާއި، މިއުޒިކް ސްޓްރީމްކުރުމުގެ އިތުރުން ފޭވަރިޓް އެޕްލިކޭޝަންތަކާ ގުޅިފައި ތިބެވޭނެއެވެ. އަދި މި ޚިދުމަތުގެ ސަބަބުން ކަ...

އިބްރާހިމް އަސްވާޤް
މުޅި ލަންކާއިން ކަރަންޓް ކެނޑިއްޖެ

މުޅި ލަންކާއިން ކަރަންޓް ކެނޑިއްޖެ

ކުއްލިއަކަށް މުޅި ސްރީލަންކާއިން ކަރަންޓު ކެނޑިފައިވާ ކަމަށް އެ ޤަައުމުގެ މީޑިއާއިން ބުނެފިއެވެ. ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ) އާއި ހަވާލާދީ ލަންކާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ މި މައްސަލަ ހައްލުކޮށް، ވީހާވެސް އަވަހަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. “މިހާރު މުޅި ލަންކާއިން ކަރަންޓު ކެނޑިފައި މިވަނީ ނޭޝަނަލް ގްރިޑުގައި ހުރި ބެލެންސް ގެއްލިގެން” ކަމަށް އެ ޤައުމުގެ ހަކަތައިގެ ވުޒާރާއިން ބުނެފައިވެއެވެ. ކަރަންޓު އަނބުރާ ދިނުމުގެ މަސައްކަތް ކުރިއަށްދާ...

ޔުމްނާ ޢަލީ