ހިލަ ބޭލުމަށް ދަތިވާތީ މަކުނުދޫ އެއާޕޯޓު ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އެދިއްޖެ
ހދ. މަކުނުދޫ އެއާޕޯޓް އެޅުމަށް ހިއްކާފައިވާ ފަސްގަނޑުގައި ޖެހުމަށް ގެންނަ ހިލަ ބޭލުމަށްޓަކައި ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި އަޅާފައިވާ ޑިންގީ، އޮޑި އަދި ދޯނިފަހަރުތައް ވީ އެންމެ އަވަހަކަށް ނެގުމަށް މަކުނުދޫ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ. މަކުނުދޫ ކައުންސިލުން ޢާންމުކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއާޕޯޓް މަޝްރޫޢަށް ބޭނުންވާ ހިލަ ބޭލުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް މީގެ ކުރިން 18 ފެބުރުވަރީ 2026 ގައި ވެސް ވަނީ އަންގާފައެވެ. ނަމަވެސް،...