ތުރުކީގެ ޓްރެބްޒޮން ސިޓީ ސަލާހުގެ ފަހަތުން: އިގުތިސޯދަށާއި ފުޓުބޯޅައަށް ބޮޑު އިންގިލާބެއް
މިދިޔަ އޮގަސްޓު މަހު އިނގިރޭސިވިލާތުގެ ލިވަޕޫލް ދޫކޮށް ތުރުކީގެ ޓްރެބްޒޮންސްޕޯއަށް ބަދަލުވި މިސްރުގެ މަޝްހޫރު ފުޓުބޯޅަ ތަރި މުހައްމަދު ސަލާހުގެ ސަބަބުން، އެ ގައުމުގެ ޓްރެބްޒޮން ސިޓީގެ ފުޓުބޯޅައަށާއި އިގުތިސޯދަށް ވަނީ ބޮޑު އިންގިލާބެއް އައިސްފައެވެ. ޓްރެބްޒޮން ސިޓީއާ އެއް ގަޑިއިރަށް ވުރެ ދުރުގައި އޮންނަ އުސް ފަރުބަދަމަތީ އަވަށެއްގެ ހިލަގަނޑެއްގެ މަތީގައި އިނދެ ނަގާފައިވާ ފޮޓޯއެއް ސަލާހު މިދިޔަ މަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ހިސާބުން ފެށިގެން، އޭނާ އިން ގޮތަށް ފޮޓޯ ނެގުމަށް ސަޕޯޓަރުން […]