ތާރީޚުގައި ފުރަތަމަ ފަހަރަށް އެލް ކްލެސިކޯގައި ވާދަކުރާ ދެ ޓީމުގެ ސްކޮޑުގައި މުސްލިމް 8 ކުޅުންތެރިން
ސްޕެނިޝް ލަލީގާގެ ވާދަވެރި ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި އެފްސީ ބާސެލޯނާ ބައްދަލުކުރާ އެލް ކްލެސިކޯ މެޗަށް ނެގި މެޗުޑޭ ސްކޮޑުތަކުން ޖުމްލަ 8 މުސްލިމް ކުޅުންތެރިން ފެނި، ތާރީޚީ ރެކޯޑެއް ގާއިމުވެއްޖެއެވެ. މިއީ އެލް ކްލެސިކޯގެ ދިގު ތާރީޚުގައި އެއް މެޗެއްގެ ދެ ޓީމުގެ ސްކޮޑުން އެއްފަހަރާ މިހާ ގިނަ އަދަދަކަށް މުސްލިމް ކުޅުންތެރިން ފެނުނު ފުރަތަމަ ފަހަރެވެ. މި ކުރިމަތިލުމަށް ދެ ޓީމުން އިއުލާނުކުރި ސްކޮޑަށް ބަލާއިރު، ކޮންމެ ޓީމެއްގައިވެސް މުސްލިމް ހަތަރު […]