މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1257 ވަނަ ޞަފްޙާ

ރައްޔިތުން އަބަދުވެސް ބޭނުންވާނީ ރަނގަޅު ބަދަލެއް ގެނައުމަށް: ރައީސް

ރައްޔިތުން އަބަދުވެސް ބޭނުންވާނީ ރަނގަޅު ބަދަލެއް ގެނައުމަށް: ރައީސް

ރައްޔިތުން އަބަދުވެސް ބޭނުންވާނީ ރަނގަޅު ބަދަލެއް ގެނައުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ އަހިންސަ (ނަން-ވަޔަލެންސް) ދުވާހާއި ގުޅިގެން ދެއްވި މެސެޖުގަ އެވެ. އެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ ގެނެވޭ ބަދަލެއްގެ ފޮނިމީރުކަން ގުޅިފައި އޮންނަނީ އެގެނެވޭ ބަދަލަކުން ރައްޔިތުންގެ ތެރޭގައި އޮންނަ ޞުލްޙަ މަސަލަސްކަމާ ކަމަށެވެ. އަދި އަމާންކަމެއްގެ މައްޗަށް ކަމަށެވެ. މީގެ އިތުރުން ގަދަބާރާއި ތަޅާފޮޅުމާއި އަނިޔާވެރިކަމުގެ ތެ...

މުޙައްމަދު އަފްރާޙް
ބ. އަތޮޅުގައި "އަލުން ބަލުން" ރީސޭލް މާކެޓް ފަށައިފި

ބ. އަތޮޅުގައި "އަލުން ބަލުން" ރީސޭލް މާކެޓް ފަށައިފި

ހަތް ނަމޫނާ ރަށާއި ސޮނެވާ ނަމޫނާއާއި ގުޅިގެން ބ. އަތޮޅުގައި “އަލުން ބަލުން” ރީސޭލް މާކެޓް ފަށައިފިއެވެ. ބ. އަތޮޅުގެ ހަތް ‘ނަމޫނާ’ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އިސްނަގައިގެން، އެ ރަށްރަށުގެ ކައުންސިލްތަކާއި ސޮނެވާ ނަމޫނާ ޖަމިއްޔާ އާއި ގުޅިގެން “އަލުން ބަލުން” ރީސޭލް މާކެޓެއް ފަށައިފިއެވެ. މި މާކެޓް ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މި މާކެޓްގެ ތެރެއިން މާޅޮސް، ދަރަވަންދޫ، ކިހާދޫ، ދޮންފަނު، ކުޑަރިކިލު، ކަމަދޫ އަދި ކެންދޫ ރައްޔިތުންނަށް ކުރިން ބޭނުންކުރެވިފައިވާ […]

އިބްރާހިމް އަސްވާޤް
އަޒްހާން ކަމަށް ބެލެވޭ މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

އަޒްހާން ކަމަށް ބެލެވޭ މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޛުހާން (ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ)ގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު މިއަދު ފެނިފައިވާއިރު، އެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅު ވެއްޖެއެވެ. އަޛުހާން ޚަބަރެއްނުވެ، ގެއްލުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެންނެވެ. އެކަން އޭނާގެ ޢާއިލާއިން ފުލުހުންނާ ހިއްސާކޮށްފައި ވަނީ ޖެހިގެންއައި 19 ވަނަ ދުވަހުގެ ރޭ 7:00 ހާއިރުއެވެ. ހޯދަމުންދާ އަޛްހާނާ ބެހޭގޮތުން ފުލުހުން […]

ޔުމްނާ ޢަލީ
މިނީ ބަހުގެ ހިދުމަތުން މާދަމާއިން ފެށިގެން އަގު ނަގާނެ

މިނީ ބަހުގެ ހިދުމަތުން މާދަމާއިން ފެށިގެން އަގު ނަގާނެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލޭގައި ފެށި މިނީ ބަހުގެ ޙިދުމަތުން މާދަމާއިން ފެށިގެން އަގު ނަގަން ނިންމައިފިއެވެ. މި ހިދުމަތް ފާއިތުވި ހަތަރު ހަފްތާއިން ފެށިގެން އެމްޓީސީސީއިން އައީ ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން ހިލޭ ދަތުރުތައް ކުރީ ބަސް ރޫޓުތަކަށް ކަސްޓަމަރުންނާއި ބަސްތައް އަހުލުވެރިކުރުވުމަށެވެ. ބަހުގެ ހިދުމަތުން އެމްޓީސީސީން ނަގާނީ ޓިކެޓަކަށް ހަތް ރުފިޔާއެވެ. ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކަށް އާރުޓީއެލް މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓުން ލިބ...

އަޙްމަދު ވަހީދު
އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެއް ބައިވެރިޔާކަން ސާބިތުކޮށްދީފި: ރައީސް

އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެއް ބައިވެރިޔާކަން ސާބިތުކޮށްދީފި: ރައީސް

އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެއް ބައިވެރިޔާކަން އެކި ފަހަރުމަތިން ސާބިތުކޮށްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާ އިޙްތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނަ...

މުޙައްމަދު އަފްރާޙް
ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން ހއ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ހޭންޑްބޯޅަ މުބާރާތުގެ ޤުރުއަތުލައިފި

ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން ހއ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ހޭންޑްބޯޅަ މުބާރާތުގެ ޤުރުއަތުލައިފި

ހއ. ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022”  ގެ ގުރުއަތު ލައިފިއެވެ. ކަނބަލުންނަށް ހާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޓީމްތައް ބައިވެރި ކުރުމުގެ ފުރުޞަތު ދީފައި ވަނީ ސަރުކާރު މުއައްސަސާތަކުގެ އިތުރުން ކުލަބް ޖަމިއްޔާތަކަށެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ބައިވެރިވެފައިވެއެވެ. އެ ޓީމްތަކަކީ ބާވީސް ސްޕޯޓްސް ކުލަބް، އެފްސީ ފްރިގޭޓާ، އެޗްއާރުއެފް އެއާޕޯޓް، އިހަވ...

އިބްރާހިމް ޚަލީލް
އަޛުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައި: ފުލުހުން

އަޛުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައި: ފުލުހުން

ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޛުހާން (ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ)ގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. އަޛުހާން ޚަބަރެއްނުވެ، ގެއްލުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެންނެވެ. އެކަން އޭނާގެ ޢާއިލާއިން ފުލުހުންނާ ހިއްސާކޮށްފައި ވަނީ ޖެހިގެންއައި 19 ވަނަ ދުވަހުގެ ރޭ 7:00 ހާއިރުއެވެ. ހޯދަމުންދާ އަޛްހާނާ ބެހޭގޮތުން ފުލުހުން ވިދާޅުވީ، ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު […]

ޔުމްނާ ޢަލީ
މަހްލޫފް، ޗެކްކުރި ކައްދޫ އެއާޕޯޓު ސެކިއުރިޓީ އޮފިސަރަކު ސަސްޕެންޑް ކޮށްފި

މަހްލޫފް، ޗެކްކުރި ކައްދޫ އެއާޕޯޓު ސެކިއުރިޓީ އޮފިސަރަކު ސަސްޕެންޑް ކޮށްފި

ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު، ޗެކްކުރި ކައްދޫ އެއަރޕޯޓުގައި މައްސައްކަތްކުރާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރެއް ސަސްޕެންޑް ކޮށްފައިވާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ. ނަން ހާމަނުކުރުމަށް އެދި ‘’ތިލަދުން’’ އާއި މަޢުލޫމާތު ހިއްސާކުރި ފަރާތުން ބުނީ މިނިސްޓަރު މަހްލޫފް، ސެކިރުޓީ ޗެކުކުރުމަށް މައްސައްކަތް ކުރި ސެކިއުރިޓީ އޮފިސަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އެ މުވައްޒަފު ސަސްޕެންޑް ކޮށްފައިވަނީ އެއާޕޯޓުގެ އެއްވެސް އޮޕަރޭޝަނަލް މަސައްކަތެއްގައި ބައިވެރިނުވެވޭ ގޮތަށް ކަމަށް ވެސް އެ...

މުޙައްމަދު އަފްރާޙް
ހައިކޯޓުން މިފަހަރު ވެސް ހުނޫ ބަންދެއް ނުކުރި

ހައިކޯޓުން މިފަހަރު ވެސް ހުނޫ ބަންދެއް ނުކުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ޓިކްޓޮކް ތަރި ހުނޭސާ އާދަމް (ހުނޫ) ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލުމުގައި ގޯހެއް ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ. ހުނޫ އާއި އިތުރު ބައެއްގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ދައުވާ އުފުލާފައިވާތީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން ހުނޫ ދޫކޮށްލި އެވެ. އެ މައްސަލާގައި ފުރަތަމަ ހައިކޯޓުން އަންގާފައި އޮތީ އޭނާ ދޫކޮށްލުން ގޯސް ވިޔަސް، ބަންދާ މެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް […]

ޔުމްނާ ޢަލީ
ހުޅުދޫ ބަނދަރުގެ 93 އިންސައްތަ ނިންމާލައިފި

ހުޅުދޫ ބަނދަރުގެ 93 އިންސައްތަ ނިންމާލައިފި

ސ. ހުޅުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 93 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެމްޓީސީސީން ބުނިގޮތިގައި މި މަޝްރޫއުގެ، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 114 މީޓަރުގެ ބޭރ...

އަޙްމަދު ވަހީދު
ބޯހިމެނުމުގެ މަސައްކަތް ނިންމާލައިފި

ބޯހިމެނުމުގެ މަސައްކަތް ނިންމާލައިފި

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގެ ބޯހިމެނުން ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ހާމަކުރައްވައިފި އެވެ. އެމްބީއެސް އިން ބުނީ އެ މަސައްކަތް ރާއްޖޭގެ ހުރިހައި ސަރަހަައްދެއްގައި ނިންމައިލިޔަސް ގާތްގަޑަކަށް 900 އެއްހާ ތަނުގެ މައުލޫމާތު އަދިވެސްނުލިބޭ ކަމަށެވެ. އޭގެ ސަބަބެއްކަމަށް އެމްބީއެސް އިން ބުނީ ތަޅުލާފައި ހުރުމާއި ގުޅޭނެ ގޮތް ނުވުން ކަމަށެވެ. އަދި މައުލޫމާތުދޭ ވަރުގެ މީހަކާ ދިމާނުވުމާއި ރަށުން ބޭރުގައިވުމުން ވެސް މައުލޫމާތު ނުލިބުމުގެ ސަބަަބެއް ކަމަށް...

މުޙައްމަދު އަފްރާޙް
އެމްޕީއެލްގެ ކޮންޓެއިނާ ހޭންޑްލިން އިކުއިޕްމެންޓްސް އިތުރުކުރުމުގެ މަސައްކަތް ފަށައިފި

އެމްޕީއެލްގެ ކޮންޓެއިނާ ހޭންޑްލިން އިކުއިޕްމެންޓްސް އިތުރުކުރުމުގެ މަސައްކަތް ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކޮންޓެއިނަރ ހެންޑްލިންގ އިކުއިޕްމެންޓްސް އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ. އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އޭރުން ޕޯޓުގެ އެފިސެންސީ ކޮންމެވެސް ވަރަކަށް އިތުރުކުރެވޭނެ ކަމަށެވެ. އެގޮތުން އެއް ޓަގާއި ހަތަރު ރީސްޗެކަރ އަދި ފަސް ފޯކްލިފްޓް މިއަހަރުގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޝާހިދު ވިދާޅުވި އެވ...

މުޙައްމަދު އަފްރާޙް
މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ފ. މަގޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަންޑް ވޯލްޖެހުމުގެ މަސައްކަތެވެ. ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުގައެވެ. މި މަޝްރޫއުގެ ދަށުން މަގޫދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިމެނޭ ގޮތަށް 47.8 ހެކ...

އަޙްމަދު ވަހީދު
މިލައުތުރު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތު ބައްދަލުވުން ކާމިޔާބު ކަމާއެކު ނިންމާލައިފި

މިލައުތުރު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތު ބައްދަލުވުން ކާމިޔާބު ކަމާއެކު ނިންމާލައިފި

ށ. އަތޮޅުގެ ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތައް ލާމަރުކަޒީ ގާނޫނަށާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކަށް އަހުލުވެރި ކުރުމަށް އެ އަތޮޅު ކައުންސިލުން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފިއެވެ. ”މިލައުތުރު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތު ބައްދަލުވުން” ނަމުގައި ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ތިން ދުވަހުގެ މުއްދަތަށް ގެންދިޔަ މި ބައްދަލުވުމުގައި އެ އަތޮޅުގެ 14 ރަށުން، ކޮންމެ ރަށެއްގެ އަންހެނުން ކޮމިޓީގެ ރައީސާއި ކައުންސިލ...

ޔުމްނާ ޢަލީ
''ކެލާ ޔޫތު ފޯރަމްގެ ވޮލީ މުބާރާތް 2022'' ފަށައިފި

''ކެލާ ޔޫތު ފޯރަމްގެ ވޮލީ މުބާރާތް 2022'' ފަށައިފި

ހއ. ކެލާ ޔޫތު ފޯރަމުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ ”ކެލާ ޔޫތު ފޯރަމްގެ ވޮލީ މުބާރާތް 2022” އިއްޔެ ފަށައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ދެ ބަޔަކަށެވެ. އެއީ އަންހެން ބަޔާއި ފިރިހެން ބަޔެވެ. މިއީ އެ ޖަމިއްޔާއިން އަންހެން ބޭފުޅުންނަށް ބާއްވާ 4 ވަނަ މުބާރާތެވެ. ފިރިހެން ބޭފުޅުންނަށް ބާއްވާ 6 ވަނަ މުބާރާތެވެ. މި މުބާރާތުގެ އަންހެން ބައިގައި އިއްޔެ ބައްދަލުކުރީ ވަށަފަރު ޓީމާއި ދިއްދޫ ރިއަލް ޓީ ސްޕޯޓްސް ކްލަބެވެ. މި […]

ޔުމްނާ ޢަލީ
ފުނައްޑޫ މަސް ފެކްޓްރީގެ މަސައްކަތް އަލުން ފެށުން ލަސްވާތީ، އެކަން ބަލައިދިނުމަށް އެދި މައްސަލަ ހުށަހަޅައިފި

ފުނައްޑޫ މަސް ފެކްޓްރީގެ މަސައްކަތް އަލުން ފެށުން ލަސްވާތީ، އެކަން ބަލައިދިނުމަށް އެދި މައްސަލަ ހުށަހަޅައިފި

ތ. ފުނައްޑޫ މަސް ފެކްޓްރީގެ މަސައްކަތް އަލުން ފެށުން ލަސްވާތީ، އެކަން ބަލައިދިނުމަށް އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ނައިބު ރައީސް އަދި އެ ޕާޓީގެ ޕީޖީ ލީޑަރ، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަކަށް މައްސަލަ ހުށަހަޅުއްވައިފިއެވެ. މިމައްސަލައިގައި ރިޔާޟް ސިޓީ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ އަށާއި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ. އެމްއެންޕީން ބުނީ މި މައްސަލަ ހުށަހެޅީ...

އަލީ އާދިލް
ހދ. އަތޮޅު ޤުރްއާން މުބާރާތުގެ ބައިވެރިންނަށް މެހްމާންދާރީ އަދާކުރަން ނޮޅިވަރަމް ތައްޔާރު

ހދ. އަތޮޅު ޤުރްއާން މުބާރާތުގެ ބައިވެރިންނަށް މެހްމާންދާރީ އަދާކުރަން ނޮޅިވަރަމް ތައްޔާރު

ހދ. އަތޮޅު ޤުރްއާން މުބާރާތުގެ ބައިވެރިންނަށް މެހްމާންދާރީ އަދާކުރުމަށް ނޮޅިވަރަމް ތައްޔާރުވެފައިވާ ކަމަށް ނޮޅިވަރަމް ކައުންސިލުން ވިދާޅުވެއްޖެއެވެ. ހދ. އަތޮޅުގެ މި އަހަރުގެ ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި، ޕްރޮޕޯސަލް ހުށަހެޅުމަށް ޝައުޤުވެރިކަންހުރި ކައުންސިލްތަކަށް ހދ. އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން މިފަހަރުގެ މުބާރާތް ބާއްވަން ޕްރޮޕޯސަލް ކާމިޔާބުކޮށްފައި ވަނީ ނޮޅިވަރަމް ކައުންސިލުންނެވެ. ނޮޅިވަރަމް ކައުންސިލް މެންބަރު އަދި އެ ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ...

ޔުމްނާ ޢަލީ
"ކޯވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ޕްރޮގްރާމަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް

"ކޯވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ޕްރޮގްރާމަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް

“ކޯވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް” ޕްރޮގްރާމަށް ހުށަހެޅުމުގެ މުއްދަތު މި އޮކްޓޯބަރ މަހުގެ 31 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފި އެވެ. އިިކޮނޮމިކް މިނިސްޓްރީއާއި ވޯލްޑްބޭންކް ގުޅިގެން “ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް”ގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މަގުސަދަކީ ކޮވިޑް-19އާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މާލީ އަދި ތަމްރީން އެހީ ފޯރުކޮށްދިނުމެވެ. މި އެހީއަށް ހުށަހެޅޭ ދާއިރާތަކުގެ ތެރޭގައި ކާބޯތަކެތި އ...

މުޙައްމަދު އަފްރާޙް