ގއ. ކޫއްޑޫގައި އިމާރާތެއްގެ މަތިން ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެ އެވެ. މިފްކޯއިން މަސް ފެކްޓްރީ ހިންގާ ކޫއްޑޫގައި ހުރި އިމާރާތެއްގެ މަތިން އެމީހާ ވެއްޓިފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހު އެވެ. އަދި އޭނާއަށް އެ އަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު، އިތުރުފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ. އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗް ގައި ފަރުވާދެމުން ދަނިކޮށް އިއްޔެ އިރުއޮއްސި ހައެއް ޖަހާކަން ހާއިރު އެވެ. އެއީ އުމުރުން 41 […]
މުޙައްމަދު އަފްރާޙް
ނިރުބަވެރި، ހަނގުރާމަވެރި ޖަމާއަތްްތަކުގެ ލިސްޓު އަލުން މުރާޖައާ ކުރުމަށް ފަހު އާންމުކޮށްފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ “ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު” ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހު ކަމަށެވެ. އެ ލިސްޓުގައި ވަނީ ޓެރަރިސ...
މުޙައްމަދު އަފްރާޙް
ހދ. އަތޮޅުގެ ސިއްހީ މަރުކަަޒަށް ދިމާވެފައިވާ ދަތިތައް ބަޔާންކޮށް، އެކަންކަން ހައްލުކޮށް ދިނުމަށް އެދި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަތްޕުޅަށް އިއްޔެ ރިޕޯޓެއް އަރުވައިފިއެވެ. މި ރިޕޯޓަކީ ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ރައީސް އައްޔަނު ކުރައްވާފައިވާ އިސްވެރިންގެ އިސް ނެންގެވުމުގެ މަތިން އެކުލަވާލައިފާ ރިޕޯޓެކެވެ. މި ރިޕޯޓު ރައީސް އަތްޕުޅަށް އެރުވީ ޞިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރަތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވެވި ބ...
ތިލަދުން
ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާނާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލަށް ޓެރަރިޒަމްގެ ދައުވާ ކޮށްފި އެވެ. ގަލޮޅު ދަނޑުގައި އޮތް ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ތިން ބޭފުޅުންގެ އިތުރު އިތުރު 15 މީހަކަށް ވެސް ދައުލަތުން އިއްޔެ ވަނީ ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. ފަޒްލޫނާއި އާދަމް ނިޝާނަށް ކުރަނީ ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. […]
ހުސައިން ހަބީބް
ރާއްޖޭގެ އިޤުތިޞާދު ހަލުވި ދުވެލީގައި ކުރިޔަށް ގެންދިޔަ މައި އިންޖީނަކީ ފަތުރުވެރިކަމުގެ ސިނާޢަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެެއްޖެ އެވެ. ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފުރަތަމަ ފަހަރަށް ބޭއްވި މިޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެތައްހާސް ވަޒީފާއެއް އަލަށް އުފެއްދިއްޖެ ކަމަށެވެ. 17 ނޮވެމްބަރު 2018 އިން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ރާއްޖޭގައި އަލަށް 33 ރިސޯޓާއި 471 ގ...
މުޙައްމަދު އަފްރާޙް
ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ އެންމެ ބޮޑު މިސްކިތްކަމަށްވާ މަސްޖިދުލް ހަޟާރާތުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ރޭ ބަޔަކު އެތަނަށް ގެއްލުންދީފިއެވެ. މިކަމާއި ގުޅިގެން މިއަދު ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހުކުރު މިސްކިތުގެ މަރާމާތު މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ރޭގެ ވަގުތެއްގައި މިސްކިތުގެ ތަޅުމަށް ބަޔަކު ވަނީ ގެއްލުންދީފައިވާ ކަމަށެވެ. މިސްކިތު ތަޅުންމަތީގައި ސިމެންތި އޮލަ ލައިފައި ނުހިކި ހުއްޓާ ތަޅުންމައ...
އިބްރާހިމް ޚަލީލް
ގއ. ނިލަންދޫ އާއި ގއ. ދާންދޫގައި ސަރުކާރުން ތަރައްޤީކުރި އައުޓްޑޯ ވޮލީކޯޓު، ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަހްމަދު މަހްލޫފް ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ. މި ދެރަށުގެ އައުޓްޑޯ ވޮލީކޯޓުތައް ހުޅުވާފައިވަނީ މިނިސްޓަރ މަހްލޫފު، ގއ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ. ދާންދޫ ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ޚާއްސަ ވޮލީ މެޗެއް ކުޅެފައިވާއިރު، މި މެޗުގައި މިނިސްޓަރ މަޙްލޫފް އާއި ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދު الله ވަނީ ބައިވެރިވެވަޑައިގެންފަ އެ...
މުޙައްމަދު އަފްރާޙް
ކުރިޕްޓޯ.ކޮމް އިން ރިފަންޑުގެ ގޮތުގައި 100 ޑޮލަރު ފޮނުވަންޖެހޭ ކަސްޓަމަރަކަށް 10.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ފޮނުވިއްޖެ އެވެ. މިއީ ޔޫއެސް ޑޮލަރުން ބަލާނަމަ 7.2 މިލިއަން އެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއްސަތޭކަ އެގާރަ މިލިއަން ދެ ލައްކަ ސާޅިސް ހާސް ރުފިޔާ އެވެ. ކްރިޕްޓޯ.ކޮމް އަށް އޮޅިގެން މިހާބޮޑު އަދަދެއް ފޮނުވިފައިވަނީ އޮސްޓްރޭލިއާގެ މެލްބަންގައި ދިރިއުޅޭ އަންހެނަކަށެވެ. އެ ފައިސާ އަންހެން މީހާއަށް ޓްރާންސްފާ ކުރެވިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށް ރިޕޯޓުތައް […]
މުޙައްމަދު ވަސީމް
ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކޮށް މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 27 ފަރާތަކަށް ދީފި އެވެ. މި އެވޯޑުތައް ދީފައިވަނީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމީ ޖަލްސާގަ އެވެ. އެގޮތުން ބެސްޓް ރިސޯޓު އެވޯޑާއިއެކު ހަ އެވޯޑެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހަވާލުކޮށްދެއްވާފަ އެވެ. އެ އެވޯޑުތަކަކީ: ބެސްޓް ރިސޯޓް: ވަން އެންޑް އޮންލީ ރީތީރަށް ބެސްޓް ގެސްޓްހައުސް: ސަބާ ސަމާ ސުއިޓް ބެސްޓް ސަފާރީ ވެސަލް: ގުރަހަލި […]
މުޙައްމަދު އަފްރާޙް
ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށު އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 57 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް […]
އަޙްމަދު ވަހީދު
ކުރިޔަތް އޮތް ދުވަސްތަކުގައި ޞިއްޙީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވައިފި އެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރަތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މި ބައްދަލުކުރެއްވުމުގެ ބައިވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މުޅި ރާއްޖޭގެ ޞިއްޙީ...
މުޙައްމަދު އަފްރާޙް
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހު ކުުރުމަށް މަޝްވަރާތައް ފަށައިފި އެވެ. އެޓަރނީ ޖެނެރަލް (އޭޖީ) އޮފީހުން ވިދާޅުވީ މި މަޝްވަރާތަކުގެ ތެރެއިން ބަންޑާރަ ނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތު، ޖޭއެސްސީ އާއި ސުޕްރީމް ކޯޓާ ބައްދަލުކޮށްފައިވާ ކަމަށެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް މުރާޖައާކޮށް ރާއްޖޭގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެކުލަވާލަން ޖެހޭ ގާނޫނު އެކުލަވާކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރިން...
މުޙައްމަދު އަފްރާޙް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެއާލުން މި ސީޒަންގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް ނިމުން އަތުވެއްޖެއެވެ. ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމިފައި ވަނީ 1-1 ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. ރޭގެ މެޗަށް ރެއާލް ނުކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމްގެ އެއް ނަމްބަރު ކީޕަރު ކޯޓުއާއާއި އިތުބާރު މިޑްފީލްޑަރ ލުކާ މޮޑްރިޗް ޓީމުގައި ނެތެވެ. ރޭގެ މެޗުގައި ރެއާލުގެ ގޯލު ބަލަހައްޓާފައި ވަނީ […]
އިބްރާހިމް ޚަލީލް
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަނީ ގިނަ އަދަދެއްގެ ބޭބީ ސްޓްރޯލާތަކެއްގައި ކުޑަކުދިން ނިންދަވާފައި ތިބި ތަނެވެ. އެ މަންޒަރުން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެކުދިން ބޭބީ ސްޓްރޯލާތަކުގައި އެކަނި މަގުމަތީގައި ނިންދަވާފައި ތިބުމެވެ. އެ ވީޑިއޯތަކުން ގާތްގަނޑަކަށް 15 ވަރަކަށް ކުދިން އެ ސަރަހައްދުގައި އެކަނިމާއެކަނި ނިންދަވާފައި ތިބިތަން ފެނެއެވެ. ވީޑިއޯ އާއި ގުޅޭގޮތުން ޕޯސްޓު ކުރި އެމެރިކާ އަންހެނަކު ބުނީ އެއީ ޑެންމާކުގެ މަގުތައް ކަމަށާއި އެ ގައުމުގައި އެއީ އާންމު ކަމެއް […]
މުޙައްމަދު ވަސީމް
ކުޅުދުއްފުށީ ކުލަބް ކޮރަލްސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ” ފާރޮށި އިންޓައޮފީސް ކޮރަލްސް ފުޓްބޯލް ޓޯނަމަންޓް 2022″ ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ) އިން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ކޮރަލްސް ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުލަބް ކޭސީޕީއާއި ކުލަބް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އެވެ. މި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ކޭސީޕީއެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާފައި […]
އިބްރާހިމް ޚަލީލް
އައްޑޫ ސިޓީގެ ހިތަދޫން ގެއްލިގެން ހޯދަމުންދިޔަ އުބައިދުﷲ ހަސަން (28އ) ފެނިއްޖެ އެވެ. ފުލުހުން ވިދާޅުވީ އައްޑޫސިޓީ ހިތަދޫން ގެއްލިގެން ހޯދަމުންދިޔަ އުބައިދުﷲ ހަސަނާ އާއި ގުޅިގަފައިވަނީ މަސްދޯންޏެއްގައި ހުއްޓައި ކަމަށެވެ. ފުލުހުން ވިދާޅުވީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ ހޯދުމަށް ކުރި މަސައްކަތުގައި އެހީވެދިން އެންމެ ހާފަރާތްތަކަށް ފުލުހުން ޝުކުރު އަދާކޮށްފައިވެއެވެ. އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ 2022 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ކަމަށާއި އެންމެ ފަހުން ފެނުނުއިރު ލައ...
އިބްރާހިމް އަސްވާޤް
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއު މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ސިޓީން ކާމިޔާބުކުރި އިރު، ސިޓީގެ ފޯވާޑް ކުޅުންތެރިން ކަމަށްވާ ހާލަންޑާއި ފިލް ފޮޑެން ހެޓްރިކް ހަދައިފިއެވެ. ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-3 ގެ ނެތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިފައިވާއިރު، ފުރަތަމަ ހާފުގައި ސިޓީން ހަތަރު ލަނޑު ކާމިޔާބުކޮށް، ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް […]
އިބްރާހިމް ޚަލީލް
އައްޑޫ ސިޓީގެ ހިތަދޫންވެސް ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ފުލުހުން ވިދާޅުވީ އައްޑޫސިޓީ ހިތަދޫން ގެއްލިގެން ހޯދަމުންދަނީ އުބައިދުﷲ ހަސަން (28އ) ކަމަށެވެ. އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ 2022 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ކަމަށާއި އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއްކަމަށް ފުލުހުން ވިދާޅުވި އެވެ. “އެންމެ ފަހުން ފެނިފައިވަނީ 2022 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ހިތަދޫ ގުރައިޝާމަންޒިލް ގެ ކައިރިން” ފުލުހުން ކުރި […]
އިބްރާހިމް އަސްވާޤް