ރާއްޖޭގެ ފަތުރުވެރިކަމަށް ބައި ގަރުނު ހޭދަވެގެން ދިޔައިރު، އެ ބައި ގަރުނު ނިމިގެން ދިޔައީ ޓޫރިޒަމް ނެތް ހދ.ގެ ގޮތުގައި ކަމަށާއި އަދި އެ އުއްމީދުގައި އިތުރުވި މާޔޫސްކަމުގައި ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް މި އަހަރު 50 އަހަރު ފުރޭނެއެވެ. ސަރުކާރުން ވަނީ މި ސިނާއަތުގެ ޚިދުމަތްތެރިންގެ އަގުވަޒަންކޮށް، ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން މި ދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑް […]
އަލީ އާދިލް
ހޮނިހިރުދުވަހުގެރޭ އާރުސީޑީ މަޔޯކާ އާއި ދެކޮޅަށް ކުޅުނުމެޗުން މޮޅުވެ ބާސާ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ބާސާ ތާވަލުގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ އިތުރަށް އެއްމެޗު ކުޅެގެންނެވެ. މިރޭ އޮސަސޫނާ އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ރެއާލްއަށް އަބުރާ ތާވަލުގެ އެއްވަނައަށް އެރޭނެއެވެ. މަޔޯކާގެ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި […]
އަލީ ރިޔާޟް
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ހެއްކާބެހޭ ޤާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ. އެޓަރނީ ޖެނެރަލް ގެ އޮފީހުން ވިދާޅުވީ އެ ބިލުް ރައީސް އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަޞްދަރު ހާމަކުރުމަށް ލާޒިމުކުރާ ޙާލަތްތައް މިހާރު އެ ޤާނޫނުގައި އޮތް...
މުޙައްމަދު އަފްރާޙް
އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަ ފަޅުވެރިން ރޭ މާލެ ގެނެސްފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނެފި އެވެ. މިބޯޓު އިންޑިއާގެ ޓުޓްކޮރިން އިން ފުރާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެބޯޓުން ޖުމްލަ 7 މީހުން ދަތުރުކުރި އެވެ. އޭގެ ތެރެއިން އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެމްއެންޑީއެފް […]
އިބްރާހިމް އަސްވާޤް
މީލާދީން 500 ވަނަ އަހަރު ފާރިސްކަރައިގައި އުޅުނު ނަޒާހަތްތެރިކަމެއް ނެތް ފަނޑިޔާރެކެވެ. ނަމަކީ ސިސާމްނެސް އެވެ. އޭނާގެ އަނިޔާވެރިކަން ކޮޅުންލައިގެން ދިޔައެވެ. ނަމަވެސް އިންސާފު އައިސް އޭނާއާ ވެސް އަރާ ހަމަކުރިއެވެ. އޭނާގެ މައްޗަށް ކުރެވުނު ހުކުމަކީ ދިރިހުއްޓައި އޭނާގެ ހަށިގަނޑުން ހަންގަނޑު ދަމައިގަތުމެވެ. މީލާދީން 16 ވަނަ ގަރުނުގެ ކުރެހުމެއްގައި އެ މަންޒަރު ސިފަކޮށްދީފައިވެއެވެ. ސިސާމްނެސްއަކީ ފާރިސް ކަރައިގެ ރަސްގެފާނު ކެމްބިސެސް llގެ ދުވަސްވަރު އުޅުނު ޝާހީ ފަނޑިޔާރެކެވެ. ކޯޓުގައި ރިޝްވަތު ނަގަ...
ޢަބްދުﷲ ސަޢީދު
ބޮލުގައި ރިހުމަކީ އަހަރުމެންގެ ތެރެއިން އެންމެ ސިއްޙީގޮތުން ދުޅަހެޔޮމީހާއަށްވެސް ދިމާވެފައިވާނޭ ކަމެއްކަން ޔަޤީނެވެ. މިއީ ވަރަށް ގިނައިން ދޭތެރެ ދޭތެރެއިން ގިނައިން މީހުންނަށް ދިމާވާކަމެކެވެ. އެހާމެ އާންމުކަމެއް ކަމުގައިވުމުން މިކަމަށް ދެވިގެންދާ ސަމާލުކަންވެސް އެހާމެ ކުޑަކަމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަމެކެވެ. ބައެއްމީހުން ބޮލުގައި ރިހޭތަނުން ޕެނެޑޯލް ގުޅައެއްކާލައެވެ. އަނެއްބަޔަކު އަވަހަށް އެނދަށް އަރާ އޮށޯންނައިރު، ބައެއްމީހުން އެއްވެސް ކަމެއް ނުކޮށް، ހިނދުކޮޅަކުން ފިލައިގެންދާނޭކަމުގެ އުނ...
އަންޖުމް އިސްމާޢީލް މުޙައްމަދް
ފްރާންސް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނުމެޗުން 2-1 ގެ ނަތީޖާއިން ނައިސް ބަލިކޮށް ޕީއެސްޖީ އަލުން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ. މި މެޗަށް ޕީއެސްޖީ ނުކުތީ ފުރަތަމަ 11 ގައި ހުނަރުވެރި ފޯވާޑް ކެއިލިން އެމްބާޕޭ ނުލައެވެ. ފަހުން ބެންޗުގައި އިދެ ކުޅެންނުކުމެ ގޯލެއްޖަހައި އެމްބާޕޭ ވަނީ ޕީއެސްޖީ މޮޅުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ގޯލު 29 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ ލިއޮނަލް މެސީ އެވެ. މެސީ ވަނީ އެންމެފަހުން ގައުމީ […]
އަލީ ރިޔާޟް
އިޓަލީ ލީގުގައި ހޮނިހިރުދުވަހުގެރޭ ކުޅުނު މެޗުން ފަހަތުން އަރާ 2-1 ގެ ނަތީޖާއިން އިންޓަމިލާންގެ މައްޗަށް ރޯމާއިން ކުރިހޯދައިފިއެވެ. މިއީ 2019 ވަނަ އަހަރު ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ފަހުން އިންޓަމިލާންގެ މައްޗަށް ރޯމާއިން ކުރި ހޯދި ފުރަތަމަ ފަހަރެވެ. ރޭ މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޖެކޯ ވަނީ އިންޓަމިލާންއަށް ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. ވީއޭއާރު ބެލުމަށްފަހު ވަނީ މީ އޮފްސައިޑް ގޯލެއްކަމަށް ނިއްމާފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ބަރެއްލާގެ […]
އަލީ ރިޔާޟް
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޗެލްސީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ލިވަޕޫލްގެ އެންފީލްޑްގައި މިރޭ ބްރައިޓަންއާއި ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ބްރައިޓަންއިން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ހަތަރުވަނަ މިނެޓުގައި ވެލްބެކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޓްރޮސާޑް ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު […]
އިބްރާހިމް ޚަލީލް
ހދ.ހަނިމާދޫގެ ޒުވާނުން އިސްނަގައިގެން ހަނިމާދޫ ލީގް 2022/2023 ގެ ނަމުގައި ފުޓްބޯޅަ ލީގެއް އެ ރަށުގައި ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މުބާރާތް ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައިވާއިރު ފުރަތަމަ ބުރު ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ އޮކްޓޯބަރ އަދި ނޮވެމްބަރ ގައެވެ. މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އަހަރުގެ […]
އިބްރާހިމް ޚަލީލް
ދުނިޔޭގެ އެންމެ ދިގު އަންހެން މީހާ ފުރަތަމަ ފަހަރަށް ފްލައިޓެއްގައި ދަތުރު ކޮށްފި އެވެ. ގިނިސް ބުކް އޮފް ވޯލްޑްރް ރެކޯޑުގެ އެ ޝަރަފު އޮންނަނީ ތުރުކިޔާއަށް ނިސްބަތްވާ ރުމޭސާ ގެލްގީ އަތުގައި އެވެ. އޭނާ މިރެކޯޑު ހޯދީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އޭގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން އޭނާއަށް ލިބިފައި އޮތީ އެންމެ ދިގު ފުރާވަރު އަންހެން ކުއްޖާގެ ރެކޯޑެވެ. ރިޕޯޓުތައް ބުނާގޮތުގައި ރުމޭސާ އިސްކޮޅުން ދިގު ކަމުން އޭނާއަށް ދަތުރުފަތުރު […]
މުޙައްމަދު ވަސީމް
ބައިނަލްއަގުވާމީ ކޮފީ ދުވަހާ ގުޅިގެން އެސްޓީއޯ އިން ހިލޭ ކޮފީ ލިބޭ ހަރާކާތެއް ފަށައިފިއެވެ. އެސްޓީއޯ އިން މި ހަރަކާތް ކުރިއަށްގެންދަނީ ލިލީ އެންޓަޕްރައިސް އާއި ސިޓީ އިންވެސްޓްމެންޓް އަދި އަނާ އިންވެސްޓްމެންޓް ގުޅިގެންނެވެ. އެގޮތުން ކޮފީ ބުއިމަށް ލޯބިކުރާ ފަރާތްތަކަށް ހިލޭ ކޮފީ ލިބޭ ހަރަކާތެއް މިއަދު ވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ފަށައިފައެވެ. މިއަދު ހަވީރު 4:00ގައި ފެށި މިހަރަކާތް ކުރިއަށްދާނީ މިރޭ 10:00 އާ ހަމައަށެވެ. އެސްޓީއޯ އިން މައުލޫމާތު ދޭ ގޮތުގައި […]
އަޙްމަދު ވަހީދު
ޗައިނާގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތާއި ގުޅިގެން އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ، ޤައުމުގެ ކުރިމަގު އިތުރަށް ތަރައްޤީކުރުމަށް އާ އަޒުމެއްގައި ޗައިނާގެ ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ 73 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ޝީ ޖިންޕިންގއަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގަށް ރައީސ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމު ކުރިއެރުވުމަށް ވޯލްޑް ބޭންކުން 9 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ. ވޯލްޑް ބޭންކުން ފާހަގަ ކޮށްފައިވާ ގޮތުގައި ޅަފަތުގެ ތައުލީމާއި އަސާސީ ތައުލީމާއި އަދި ފަށާ ސާނަވީ ތައުލީމު ރާއްޖެއިން އެންމެންނަށް ފޯރުކޮށްދީފައި ވީނަމަވެސް، މަތީ ސާނަވީ ތައުލީމު ހާސިލުކުރާ މިންވަރާއި އަދި އެ ލެވެލްގައި ދެ ޖިންސުގެ ދެމެދުގައި އޮތް ފަރަގު ބޮޑުވުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި އުނގެނުމުގެ ނަތީޖާ މެދުމިންވަރެއްގައި ހުރިއިރު، އަތޮޅުތަކުގެ މެދުގައި...
އަޙްމަދު ވަހީދު
ކުލި ނުދެއްކުމުގެ ސަބަބުން މާލީ ގޮތުން ދަތިވެ، މަޝްރޫއުތައް ހިންގަން ދަތިވާ ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލުން އިމާރާތްކުރި ފްލެޓުތައް ނިންމައި، މުވައްޒަފުންނަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކާރުން ހިންގި މަޝްރޫއުތަކަށް ފައިސާ ދައްކައިގެން އަމިއްލަ ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެ ތަންތަނަށް ގަވައިދުން ފައިސާ ނުދައްކާ 31-41 ޕަސެންޓު މީހުން އުޅެމުންދާ ކަމ...
މުޙައްމަދު އަފްރާޙް
އިނގިރޭސި ލީގުގައި ނޯތު ލަންޑަން ޑާބީ މެޗު 3-1 ގެ ނަތީޖާއިން ޓޮޓެންހަމް މައްޗަށް އާސެނަލް ކުރިހޯދައިފިއެވެ. ފޯރިގަދަ ކުޅުމެއްފެނިގެން ދިޔަ މި މެޗުގައި އާސެނަލް ގޯލު ހުޅުވައިލަދިނީ ގާނާގެ މިޑްފީޑަރ ތޯމަސްޕާޓޭ ގެ ރީތި ގޯލަކުންނެވެ. މެޗަށްފަހު އާސެނަލްގެ ކޯޗު އާޓެޓާވެސް ވަނީ މި ގޯލުގެ ރީތިވާހަކަ ދައްކާފައެވެ. އޭރިޔާ ބޭރުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ބޯޅަ ވަށްދާލީ މެޗުގެ 20 ވަނަ މިނެޓުގައި ބެންވައިޓް ޖައްސާލި ބޯލައަކުންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި […]
އަލީ ރިޔާޟް
ށ. މާއުނގޫދޫ އާއި އެކު 4 ރަށެއްގެ ބައި އިލެކްޝަން މިއަދު ފަށައިގެން ކުރިއަށް އެބަ ދެއެވެ. އެގޮތުން ށ. މާއުނގޫދޫ ގައި ކުރިއަށްދަނީ ކައުންސިލަށް މެމްބަރަކު އިންތިޚާބު ކުރުމެވެ. އަދި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫގައި ކުރިއަށް ދަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުމެވެ. މި ބައި އިލެކްޝަންސްތަކުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ފަށާފައިވާއިރު، ހަވީރު 4 ޖެހުމާއި […]
މުޙައްމަދު އަފްރާޙް
މި އޮކްޓޯބަރު މަހުގެ ތިނެއް ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު އާންމުކުރެއްވި ދެންނެވުމެއްގައި ވިދާޅުވީ، މި އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީއާއި، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާއަރުއްވާފައިވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވަން ރައީސް ނިންމަވާފައިވާ ކަމަށެވެ. ވަޒީރުނ...
ޔުމްނާ ޢަލީ